ޑެހެއާގެ ކޮންޓްރެކްޓް އާ ނުކޮށް ޔުނައިޓެޑުން އޮނާނާ ގަންނަނީ!

Jul 4, 2023, 10:36 AM
ޑެހެއާގެ ކޮންޓްރެކްޓް އާ ނުކޮށް ޔުނައިޓެޑުން އޮނާނާ ގަންނަނީ!

މެންޗެސްޓާ (ޖޫން 17) - މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދޫކޮށްލަން ނިންމައި، އިންޓަ މިލާންގެ ކީޕަރު އަންދްރޭ އޮނާނާ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށައިފި އެވެ.

މިދިޔަ 12 އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާގެ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އޭނާ އަށް އާ ކޮންޓްރެކްޓެއް ދޭންވެސް ޔުނައިޓެޑުން ތައްޔާރުވި އެވެ.

ޔުނައިޓެޑުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށް އާ ކޮންޓްރެކްޓެއް ދޭން ޔުނައިޓެޑުން ބޭނުންވީ މުސާރަ ކުޑަކޮށްފަ އެވެ. ކުރިން ހަފްތާ އަކު 350،000 ޕައުންޑްގެ މުސާރައިގެ ބަދަލުގައި ހަފްތާއަކަށް 200،000 ޕައުންޑްގެ މުސާރައަކަށް އާ ކޮންޓްރެކްޓުގައި ސޮއިކުރަން ޑެހެއާ ވެސް ހުރީ ތައްޔާރަށެވެ. ނަމަވެސް ފަހު ވަގުތު ޔުނައިޓެޑުން ހުށަހެޅި ކޮންޓްރެކްޓްގައި ޑެހެއާގެ މުސާރަ މާބޮޑަށް ކުޑަކޮށްފައިވާތީ ޑެހެއާ އާ ކޮންޓްރެކްޓްގައި ސޮއިކުރަން ބޭނުން ނުވީ އެވެ.

Advertisement

މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ "ގޯލްޑަން ގްލޯވް" ހޯދި ކީޕަރު އެކުލަބުގައި ބަހައްޓަން ކޯޗު އެރިކް ޓެންހާގް ތާއިދު ނުކުރާކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. އޭނާ ބޭނުންވަނީ އާ ސީޒަނަށް ޔުނައިޓެޑަށް އެހެން ކީޕަރެއް ގެންނާށެވެ.

ޔުނައިޓެޑުން ފާރަލަމުން އަންނަ ކީޕަރަކީ އިންޓަ މިލާންގެ ކީޕަރު އަންދްރޭ އޮނާނާ އެވެ. އިންޓަ މިލާން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކީޕަރު އޮނާނާ ހޯދުމަށް ޔުނައިޓެޑުން ޝައުގުވެރިވާކަމަށް އިންޓަ މިލާނުންވަނީ ޔަގީންކޮށްދީފަ އެވެ.

އިންޓަގެ ސީއީއޯ ބެޕޭ މަރޮއްޓާ ވިދާޅުވީ ޔުނައިޓެޑުން އޮނާނާ ހޯދަން ޝައުގުވެރިވާކަމަށް ބުނެފައިވާކަމަށާއި، އެހެންނަމަވެސް އެއްވެސް ރަސްމީ ބިޑެއް ކޮށްފައި ނުވާކަމަށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން އޮނާނާ ގަންނަން ގަސްތުކުރަނީ ބޯނަސްތައް ނުހިމެނޭ ގޮތަށް 49 މިލިއަން ޑޮލަރުގެ ބިޑެކެވެ. ނަމަވެސް އިންޓަ އިން އޮނާނާ ވިއްކާލަން ބޭނުންވަނީ މަދުވެގެން 55 މިލިއަން ޑޮލަރަށެވެ.

އެތްލެޓިކޯ މެޑްރިޑް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް 2011 ވަނަ އަހަރު ބަދަލުވި ޑެހެއާ އަކީ ޔުނައިޓެޑުގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ކުޅުންތެރިއެކެވެ. ނަމަވެސް ކޯޗު ޓެންހާގު އޭނާގެ ޕްލޭންގައި ޑެހެއާ ބޭނުން ނުކުރަން ނިންމާފައިވާތީ މިހާރު ޑެހެއާގެ ވިސްނުން ހުރީ އެހެން ކުލަބަކަށް ބަދަލުވުމަށެވެ. ޑެހެއާ ހޯދުމަށް ސައުދީ ލީގުގެ ދެ ކުލަބަކުން ޝައުގުވެރިވާކަމަށް ބެލެވެ އެވެ.

ޑެހެއާގެ ބަދަލުގައި ގެންނަން މަސައްކަތްކުރާ އިންޓަގެ އޮނާނާ ނުލިބިއްޖެ ނަމަ ދެން އެކުލަބުން ބޭނުންވާ ކީޕަރުންގެ ލިސްޓުގައި އުޅެނީ ބަޔާން މިއުނިިކްގައި ހުރި ސްވިޒަލެންޑްގެ ޔެން ސޮމާ ނުވަތަ ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އަންނަ ޑިއޮގޯ ކޮސްޓާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox