ގޯތި ލިސްޓަަށް 600 ޝަކުވާ، ގިނައީ މައުލޫމާތު ސާފުކުރުމުގެ ހުށަހެޅުންތައް

ހުޅުމާލޭގެ ހުސްބިމެއް; ގޯތި ލިސްޓަށް މިހާތަނަށް 600 ޝަކުވާ ލިބުނު -- ފައިލް ފޮޓޯ: އަދަދު

ހުޅުމާލޭގެ ހުސްބިމެއް; ގޯތި ލިސްޓަށް މިހާތަނަށް 600 ޝަކުވާ ލިބުނު -- ފައިލް ފޮޓޯ: އަދަދު

ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުން ވަގުތީ ލިސްޓަށް މިހާތަނަށް 600 ޝަކުވާ ހުށަހަޅައިފި އެވެ.

ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން 'އަދަދު' އަށް މިއަދު ވިދާޅުވީ މިހާތަނަށް 600 އެއްހާ ޝަކުވާ ލިބިފައިވާއިރު, އޭގެ ތެރޭގައި މާ ބޮޑެތި ޝަކުވާތަކެއް ނެތް ކަމަށެވެ. އަދި, ގިނައިން ހުށަހަޅާފައިވަނީ މައުލޫމާތު ސާފު ކުރުމުގެ ހުށަހެޅުންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 600 އެއްހާ އެއްޗެހި [ޝަކުވާ]. މާބޮޑު ޝަކުވާއެއް ނޫން ހުރީކީ. ދެން މައުލޫމާތު ސާފުކުރުން އޮތީ ގިނައިން," އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި ފޯމްތަކާއި ޖޮއިންޓް ފޯމުތައް ހިމެނޭ ގޮތުން ގޯތި ލިބޭ މީހުންގެ ލިސްޓްގައި 10،314 މީހުން ހިމެނެ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށަހެޅި، 12،794 ފޯމު ވަނީ ޝަރުތު ހަމަވެފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ގޯތި ލިސްޓަށް މިހާތަނަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި މައުލޫމާތު ސާފު ކުރުމަށް ހުށަހެޅި ހުށަހެޅުންތައް ގިނައިރު, ގޯތި ދިނުމުގައި ޕޮއިންޓް ދިނުމުގެ އުސޫލެއް ސަރުކާރުން އާންމުކޮށްފައެއް ނުވެ އެވެ.

އަކްރަމް ވިދާޅުވީ ގޯތި ލިސްޓުގައި ޕޮއިންޓު ދީފައިވާނީ އާއިލާގެ ބޮޑުމިނާއި, ގޯތީގެ ބޮޑުމިން ފަދަ ކަންކަމަށް ބަލާފައި ކަމަށެވެ. އަދި ޕޮއިންޓު ލިބުނު ގޮތެއް އެދޭ މީހަކަށް ކިޔައިދޭނެ ކަމަށެވެ. ނަމަވެސް, ވަކި ވަކި ކަންކަމަށް ޕޮއިންޓު ދޭނީ ކިހާވަރަކަށްތޯ ކަނޑައަޅާފައިވާ އެއްވެސް ލިޔުމެއް އާންމުކޮށްފަ އެއް ނުވެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދެނީ ހުޅުމާލޭގެ އިތުރުން, ހިއްކުމުގެ މަރުހަލާގައި އޮތް ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ހުޅުމާލެއިން 2,200 ގޯތި, ގުޅީފަޅުން 2,000 ގޯތި އަދި ގިރާވަރުން 2,000 ގޯތި ދޭނެ އެވެ. މިހާރު ގޯތި ލިބޭނެ ކަމަށް ލިސްޓުގައި ބުނެފައިވާ މީހުންނަށް ގޯތި ދެނީ ކޮންތަންތަނަކުން ކަމެއް އަދި ހާމައެެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox