ސައުދީ އަރަބިއްޔާގެ އަލް-އިއްތިފާގުގެ ކޯޗަކަށް ޖެރާޑް ހަމަޖައްސައިފި

Jul 4, 2023, 1:15 AM
ސައުދީ އަރަބިއްޔާގެ އަލް-އިއްތިފާގުގެ ކޯޗަކަށް ޖެރާޑް ހަމަޖައްސައިފި

ރިޔާދު، ސައުދީ އަރަބިއްޔާ (ޖުލައި 4) - ސައުދީ އަަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ކްލަބް، އަލް އިއްތިފާގުގެ ކޯޗަކަށް ލިވަޕޫލުގް ކުރީގެ ކެޕްޓަން، ސްޓީވެން ޖެރާޑް ހަމަޖައްސައިފި އެވެ.

ޖެރާޑް، 43، ވަނީ އަލް އިއްތިފާގާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. މިދިޔަ މަހު ދިން މީޑިއާ އިންޓަވިއުއެއްގައި ޖެެރާޑް ވަނީ އެހެން ގައުމެއްގެ ކްލަބަކާ ހަވާލުވާން ހުށަހެޅުމެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ހާލަތުގެ ގޮތުން އެ ޑީލަށް އެއްބަސްވެވެން ނެތް ކަމަށެވެ. އެކަމަކު، ހިޔާލު ބަދަލުވެ، ޖެރާޑް މި ވަނީ އަލް-އިއްތިފާގާ އެކު ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ.

ޖުމްލަ 16 ޓީމު ވާދަކުރާ ސައުދީ ޕްރޯ ލީގުގައި އަލް-އިއްތިފާގު މިދިޔަ ސީޒަން ނިންމާލީ ހަތް ވަނައިގަ އެވެ. އެއީ ޗެމްޕިއަން، އަލް އިއްތިހާދަށް ވުރެ 35 ޕޮއިންޓް ފަހަތުންނެެވެ.

Advertisement

ޖެރާޑް، ޓީމެއްގެ ކޯޗުކަމާ މި ހަވާލުވީ ރަސްމީކޮށް ވަޒީފާއެއް ނެތި، އަށް މަސް ވަރު ހުރުމަށް ފަހު އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެސްޓަން ވިލާ އިން ވަނީ ނަތީޖާތަށް ދަށްވެ، ޖެރާޑް، އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިކޮށްފަ އެވެ.

ފުޓްބޯޅައިން 2016 ވަނަ އަހަރު ރިޓަޔާކުރުމަށް ފަހު، ލިވަޕޫލް ރިޒާވް ޓީމާ އެކު ކޯޗިން ކެރިއަރު ފެށި ޖެރާޑް، ރަސްމީކޮށް ޓީމެއްގެ ހެޑް ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރު ސްކޮޓްލެންޑްގެ ރޭންޖާސްއާ އެެވެ. އޭނާ ވަނީ އެ ޓީމަށް 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސްކޮޓްލެންޑްގެ ލީގު ތަށި ހޯދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox