އިންޑިއާއާ ދެކޮޅު ހަރަކާތްތައް ޕީޕީއެމުން ހުއްޓާލަން ޑިމޮކްރެޓުން އެދިއްޖެ

ޕީޕީއެމުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕޭންގެ ހަރަކާތެއް؛ އިންޑިއާ އައުޓް ކެމްޕޭން ހަރަކާތް ޕީޕީއެމުން ހުއްޓާލުމަށް ޑިމޮކްރެޓްސް އިން އެދިއްޖެ

ޕީޕީއެމުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕޭންގެ ހަރަކާތެއް؛ އިންޑިއާ އައުޓް ކެމްޕޭން ހަރަކާތް ޕީޕީއެމުން ހުއްޓާލުމަށް ޑިމޮކްރެޓްސް އިން އެދިއްޖެ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓާލުމަށް، ދާދި ފަހުން އެ ޕާޓީއާއެކު ސިޔާސީ މަޝްވަރާތަކެއް ކުރަމުން އަންނަ، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އިން އެދިއްޖެ އެވެ.

ޑިމޮކްރެޓްސްއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިރުޝާދު ދެއްވައިގެން އެމަނިކުފާނަށް ތާއީދުކުރާ މީހުން އުފައްދާ ޕާޓީއެކެވެ. މީގެ ކުރިން ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓް" ހަރަކާތް ހިންގިއިރު، އެންމެ ބޮޑަށް އެކަމަށް ފާޑުވިދާޅުވި ބޭފުޅަކީ ނަޝީދެވެ.

މި ފަހުން ޕީޕީއެމްއާ ގުޅިގެން ޑިމޮކްރެޓްސްއިން ސިޔާސީ މަޝްވަރާގެ ބައްދަލުވުންތަކެއް ބާއްވާއިރު، އީދު ދުވަހާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސިފަ ހުންނަ މާލިތަކެއް ޕީޕީއެމުން ނެރުމުން ޑިމޮކްރެޓްސް އުފެއްދެވުމުގައި އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފާޑުވެސް ވިދާޅުވި އެވެ.

Advertisement

ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ޕްރެސް ކޮންފެރެންސެއްގައި، ނޫސްވެރިޔަކު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ކުރާ މަސައްކަތުގެ ތެރެއިން ޕީޕީއެމާއެކު ވެސް މަސައްކަތްކުރަން ތައްޔާރަށް ތިިބިއިރު، އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދަން އެއްބަސްވެދާނެތޯ ސުވާލުކޮށްފަ އެވެ.

އޭގެ ޖަވާބުގައި ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، ރާއްޖޭން ދޭދޭ ގުޅުން ބާއްވާ ގައުމުތަކާ ދެކޮޅަށް ސިޔާސީ ހަރަކާތްތައް ހިންގުމަކަށް ތާއީދުނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އުނދަގޫ ވާނެ އެ ސިޔާސީ ޕާޓީއަކާއެކު މަސައްކަތް ކުރަން ވެސް، ތި ފާހަގަ ކުރާ ފަދައިން ޕީޕީއެމުން ހިންގާ ހަރަކާތެއް އިންޑިއާ އައުޓަކީ، އަޅުގަނޑުމެން ބޭނުން ޕީޕީއެމާއެކު ވެސް މަސައްކަތް ކުރަން، އެހެންވެ އަޅުގަނޑުމެން އެދެން އެ ކަން ހުއްޓާލަން،" ހަސަން ވިދާޅުވި އެވެ.

ޕީޕީއެމް އަދި ޑިމޮކްރެޓްސް ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އިތުރު ދައުރަކަށް ހޮވުނަ ނުދިނުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް މަޝްވަރާ ކުރި ނަމަވެސް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެ ޕާޓީން ވެސް ވަކިން ވާދަކުރާނެ ކަމަށް މިއަދު ވަނީ ބުނެފަ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުުނާފު ހައި ކޯޓުގައި ހިނގަމުންދާއިރު، އެ ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި އެމަނިކުފާނަކަށް ވާދައެއް ނުކުރެއްވޭނެ އެވެ.

މީގެ ކުރިން ޔާމީން ވެސް ވަނީ "އިންޑިއާ އައުޓް" ޝިއާރުގެ ޓީޝާޓު ތުރުކުރައްވައިގެން، ރާއްޖޭގެ ރަށްރަށަށް ވެސް ވަޑައިގެންފަ އެވެ. "އަދަދު" ނޫހަށް ޔާމީން ދެއްވި އޭރު އިންޓަވިއުއެއްގައި ވެސް ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބަށް ވުރެ އެމަނިކުފާނަށް އޭރު ބޮޑު މަސައްކަތަށް އޮތީ އެ ކެމްޕޭން ހަރަކާތް ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އިންޑިއާއާއެކު، ރައީސް ސޯލިހުގެ ސަރުކާރުން ގާއިމްކުރާ ދިފާއީ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަން ކަމަށް އަސަރު ކުރާ ކަމަށް އިދިކޮޅުން ބުނެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިންގެ މަރުކަޒުތަކެއް ގާއިމްކުރަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތު ވެސް ކުރެ އެވެ. ނަމަވެސް ދެ ގައުމުގެ ސަރުކާރުން ވެސް އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox