ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި

ދަ ޑިމޮކްރެޓްސް އުފެއްދުމަށް އީސީއަށް ފޯމު ހުށަހެޅުން; އެ ޕާޓީ އުފެއްދުމުގެ ހުއްދަ މިހާރު ވަނީ ދީފަިއ -- ފައިލް ފޮޓޯ: އަދަދު

ދަ ޑިމޮކްރެޓްސް އުފެއްދުމަށް އީސީއަށް ފޯމު ހުށަހެޅުން; އެ ޕާޓީ އުފެއްދުމުގެ ހުއްދަ މިހާރު ވަނީ ދީފަިއ -- ފައިލް ފޮޓޯ: އަދަދު

ދި ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ "ދި ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހަސަން ލަތީފަށް އެ ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

ޑިމޮކްރެޓްސް އުފައްދަން އީސީން ހުއްދަ ދީފައިވަނީ, އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ހިފަހައްޓާފައިވާ ކަމަށް ބުނެ, މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި އޮއްވަ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ, އުފައްދަން ބޭނުންވާ 3000 މެންބަރުންގެ ފޯމު ޖޫން 1، ވަނަ ދުވަހު އީސީއަށް ހުށަހެޅުމަށްފަހު އެ ފޯމުތައް ވެރިފައި ކުރުމުގެ ކަންކަން އީސީން ދެ ހަފްތާ ތެރޭގައި ނިންމުމަށްފަހު އުފެއްދުމުގެ ހުއްދަ ނުދީ ހިފަހައްޓާފައިވާ ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލާގައި ހަސަން ލަތީފް ވިދާޅުވީ, އުފެއްދުމުގެ ހުއްދަ ދިނުމަށް ގާނޫނުން އީސީއަށް ދޭ ތިން މަހަކީ އެއީ ފޯމުތައް ވެރިފައި ކުރުމަށް ދޭ މުއްދަތެއް ކަމަށެވެ. އެހެންކަމުން, އެ މަސައްކަތް ނިމުމުން, އިތުރަށް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދީ ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ނަމަވެސް އޭނާ މިހެން ވިދާޅުވީ, އީދު ބަންދަށްފަހު އަންނަ ފުރަތަމަ ރަސްމީ ދުވަހު, ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން އީސީން ނިންމާފައިވާކަން އެ ކޮމިޝަނުގެ ނައިބު ރައީސް އިއުލާންކުރައްވާފައި ވަނިކޮށެވެ.

ޑިމޮކްރެޓްސްއަށް ހުއްދަ ދޭން ނިންމީ, އެކަމަށް އީސީން ބާއްވަން ޖެހޭ ބައްދަލުވުން ކޯރަމް ހަމަނުވެގެން ނުބޭއްވިގެން މައްސަލަ ހޫނުވެފައި ވަނިކޮށް އޮންލައިންކޮށް އެ ކޮމިޝަނުގެ މެންބަރުންނަށް ގުޅާ މަޝްވަރާ ކުރުމަށްފަހު އެވެ.

ދި ޑިމޮކްރެޓްސް އުފައްދަން ހުށަހެޅީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކެނޑުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ މެމްބަރުންތަކެކެވެ. ޕާޓީ އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ކޮމިޝަނަށް ހުށަހެޅީ ޖޫން 1، ގަ އެވެ. އޭގެ ފަހުން ނަޝީދު ވެސް ދަނީ މިދިޔަ ހަފުތާގައި އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox