ފަބްރެގާސް ކުޅުން ހުއްޓާލައި ކޯޗިން އަށް

Jul 2, 2023, 6:30 AM
ފަބްރެގާސް ކުޅުން ހުއްޓާލައި ކޯޗިން އަށް

މެޑްރިޑް (ޖުލައި 2) - ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ސެސް ފަބްރެގާސް ކުޅުން ހުއްޓާލައިފި އެވެ.

ފަބްރެގާސް، 36، ވަނީ ސްޕެއިންގެ ގައުމީ ޓީމާ އެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން ޗެލްސީއާ އެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދިއިރު، ބާސެލޯނާއާ އެކު ސްޕެއިން ލީގު ވެސް ކާމިޔާބުކުރިއެވެ.

"ކުޅުން ހުއްޓާލަން ނިންމިކަން އަހަރެން މިއަދު މި އިއުލާންކުރީ ހިތާމައާއެކު،" ފަބްރެގާސް އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

"އަހަރެންގެ ކެރިއަރުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ."

ބާސެލޯނާގެ އެކެޑަމީ ދޫކޮށް، އުމުރުން އެންމެ 16 އަހަރުގައި ފަބްރެގާސް އާސެނަލް އަށް ބަދަލުވީ 2003 ވަނަ އަހަރެވެ. އާސެނަލް ދޫކޮށް، އެނބުރި ބާސެލޯނާ އަށް ފަބްރެގާސް ބަދަލުވީ 2011 ވަނަ އަހަރެވެ. ބާސާގައި ތިން އަހަރު ހޭދަކުރުމަށް ފަހު، އޭނާ ދެން ބަދަލުވީ ޗެލްސީ އަށެވެ.

ޗެލްސީ ދޫކޮށް 2019 ވަނަ އަހަރު ފަބްރެގާސް ވަނީ ފްރާންސްގެ މޮނާކޯ އަށް ބަދަލުވެފަ އެވެ. ކުޅުން ހުއްޓާލިއިރު، އޭނާ ކުޅެމުންދިޔައީ އިޓަލީގެ ދެ ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކޮމޯ އަށެވެ. ކުޅުން ހުއްޓާލިޔަސް، ފަބްރެގާސް ކޮމޯގެ ޔޫތު ޓީމުތަކާއި ރިޒާވް ޓީމުތަކުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެެވެ.

ފަބްރެގާސް ބުނީ ކޮމޯ އަކީ އޭނާ ވަރަށް މަސައްކަތްކުރާ ހިތްވާ ކްލަބެއް ކަމަށާއި އެ ކްލަބާއެކު ކުރިއަށްދާން ބޭނުްނވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox