ޓީމު ވަރުގަދަކުރާނެ ކަމުގެ ޔަގީންކަމާ އެކު ފަބްރެގަސް އަށް ކޯމޯގެ ކޯޗުކަން ހަވާލުކޮށްފި

Jul 20, 2024, 1:09 PM
ޓީމު ވަރުގަދަކުރާނެ ކަމުގެ ޔަގީންކަމާ އެކު ފަބްރެގަސް އަށް ކޯމޯގެ ކޯޗުކަން ހަވާލުކޮށްފި

ރޯމް (ޖުލައި 20) - އެކާވީސް އަހަރަށް ފަހު، އިޓަލީގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ކްލަބް، ކޯމޯގެ ކޯޗުކަން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅެ، ވަގުތީގޮތުން އެ ޓީމާ ހަވާލުވި، ސެސްކް ފަބްރެގަސް އަށް ދީފި އެވެ.

ފަބްރެގަސް، 37، މިދިޔަ ސީޒަނުގައި ކޯމޯއާ ހަވާލުވީ ހަތަރު އަހަރުގެ ޑީލެއްގަ އެވެ. އަދި އެ ޓީމަށް އޭނާ ރަނގަޅު ކުޅުމެއް ދެއްކުމަށް ފަހު، ސީޒަނުގެ ފަހު ބައިގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހުނެވެ.

އެ ގޮތުން، ފަބްރެގަސް ވަނީ ނޮވެމްބަރާއި ޑިސެމްބަރު މަހު، ވަގުތީ ގޮތުން ޓީމާ ހަވާލުވެހުރެ، ފަސް މެޗު އެ ޓީމަށް ކޯޗުކޮށްދީފަ އެވެ. ފަހުން، ވޭލްސްގެ ކޯޗު، އޮސިއޯން ރޮބާޓްސް، ކޯމޯއާ ހަވާލުވުމުން، ފަބްރެެގަސް ހުރީ އެސިސްޓަންޓް ކޯޗަކަށެވެ.

ކުރިން އާސެނަލާއި ބާސެލޯނާ އަށް ކުޅުނު ފަބްރެގަސް ބުނީ، ކޯމޯގެ މެނޭޖްމަންޓުން އޭނާއާ ކޯޗުގެ ޒިންމާ ހަވާލުކުރުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"މި މަގާމު އަހަންނަށް ދޭން ޓީމުގެ މެނޭޖްމަންޓުން ނިންމީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ކްލަބްގެ މެނޭޖްމަންޓުން ބޭނުންވާ މިސްރާބަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް. އަހަރެމެންނަށް ދެވިދާނެ މިސްރާބު މިހާރު ވެސް ފެންނަން ފަށައިފި،" ފަބްރެގަސް ބުންޏެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކޯމޯގެ ކޯޗުކަން ފަބްރެގަސް އަށް ދިން އެންމެ ބޮޑު ސަބަބަކީ، މަޝްހޫރު ކުޅުންތެރިންނާ އެކު، އެ ޓީމުގެ ހައިބަތު ބޮޑުކުރުމަށެވެ. އެ ގޮތުން، ފަބްރެގަސްގެ މަޝްވަރާގެ މަތިން ކޯމޯ އިން ވަނީ ކުރިން ލިވަޕޫލާއި ބާސެލޯނާ އަދި ވިޔަރެއާލަށް ކުޅުނު ސްޕެއިންގެ ކީޕަރު، ޕެޕޭ ރެއިނާގެ ސޮއި ހޯދައިފަ އެވެ. މީގެ އިތުރުން، ވިޔަރެއާލާއި ލިވަޕޫލަށް ކުޅުނު ވާތުބެކް އަލްބާޓޯ މޮރޭނޯ އާއި އިޓަލީގެ ކްލަބްތަކަށް ކުޅުނު ފޯވާޑް، ލޫޝިއާނޯ ބެލޮއްޓީ ވެސް މޮންޒާއާ ވަނީ ގުޅިފަ އެވެ.

ކޮންޓްރެކްޓް ހަމަވުމުން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވާ ފްރާންސްގެ ޑިފެންޑަރު، ރަފައެލް ވަރާން ވެސް، ކޯމޯއާ ގުޅުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox