ވަގުތީ ލިސްޓުގައި މައްސަލަ އުޅޭނެ، ދާއިމީ ލިސްޓުގައ އެކަންކަން އިސްލާހު ވާނެ: އަކްރަމް

ވަގުތީ ލިސްޓުގައި މައްސަލަ އުޅޭނެ، ދާއިމީ ލިސްޓުގައ އެކަންކަން އިސްލާހު ވާނެ: އަކްރަމް

ވަގުތީ ލިސްޓުގައި މައްސަލަ އުޅޭނެ ކަމަށާއި އެކަންކަން ދާއިމީ ލިސްޓުގައި އިސްލާހު ވާނެ ކަމުގެ ޔަގީންކަން ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ދެއްވައިފި އެވެ.

ދާދި ފަހުން ދިވެއްސަކަށްވި މީހެއްގެ ނަން ގޯތި ލިބުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި އޮތުމާ ގުޅިގެން "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަކްރަމް ވިދާޅުވީ ވަގުތީ ލިސްޓުގައި އަބަދުވެސް މައްސަލަ އުޅޭނެ ކަމަށާއި، ވަގުތީ ލިސްޓެއް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ބޭނުމަކީ ވެސް އެއީ ކަމަށެވެ.

"ވަގުތީ ލިސްޓެއް އާންމު ކުރުމުގެ ބޭނުމަކީ ވެސް އެއީ، ޝަކުވާއަށް ހުޅުވާލުމަށްފަހު އެހެން ހުންނަ ކަންކަން ދެނެގަނެ، އިސްލާހު ކުރުން، ދެމަފިރިންނަށް ވެސް ހުރެދާނެ ގޯތި ދެވިފައި، އެކަންކަން ދާއިމީ ލިސްޓުގައި އިސްލާހު ވާނެ،" އޭނާ ވިދާޅުވި އެވެ.

Advertisement

މީގެ ކުރިން، ހިޔާ ފުލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ވެސް 3068 ޝަކުވާ ހުށަހަޅާފައިވެ އެވެ. ދާއިމީ ލިސްޓު އާންމު ކުރީ އެ ޝަކުވާތައް ބެލުމަށްފަހު އެވެ.

މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސްކީމެއް ތައާރަފުކުރައްވައި ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްތު އާންމުކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިލާފަ އެވެ. ދާއިމީ ލިސްޓު އިއުލާނު ކުރާނީ އެ ޝަކުވާތައް ބެލުމަށްފަހު އެވެ.

އަކްރަމް ވިދަޅުވީ މިހާރުވެސް މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެ މައްސަލަ އެކަންޏެއް ނޫން، އިތުރު މައްސަލަތައް ވެސް އެބަހުރި ފާހަގަކުރެވިފައި، އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" އިންޑިއާ މީހަކަށް ގޯތި ދިންކަމަށް ބުނެ ފެތުރިފައިވާ ވާހަކައަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް މިދިޔަ އަހަރު ސަރުކާރުން ހުޅުވާލިއިރު، ގޯއްޗަށް އެދި ހުށަހަޅާ މީހުންނަކީ މާލެ މީހުންކަން ކަށަވަރު ކުރުމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ރަށެއްގެ ރަށްވެހިކަން ނެތް އަދި އަބަދުވެސް މާލޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ކަމަށް އޭރު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

މިހާރު ފެންމަތިވެގެން އުޅޭ މއ. މަލިކުވިއު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ ގޯތި ލިބުމަށް ޝަރުތުހަމަވާ ކަމަށް އޮތް އޮތުމާއި އެ ނޫން ވެސް އެފަދަ މައްސަލަތައް ދާއިމީ ލިސްޓުގައި ބަދަލުވެގެންދާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި އެނޫން މައްސަލަތައް ވެސް ދާއިމީ ލިސްޓު އިއުލާނު ކުރާއިރު ހުންނާނީ ހައްލުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox