ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހާބީބު: މިވަގުތު މައްކާގައި ހުންނެވި ކޮމިޝަނުގެ މެމްބަރު ޑރ. ޒާހިރާ ވެސް މަޝްވަރާ ކުރެއްވި -- ފޮޓޯ: ފައިލް

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހާބީބު: މިވަގުތު މައްކާގައި ހުންނެވި ކޮމިޝަނުގެ މެމްބަރު ޑރ. ޒާހިރާ ވެސް މަޝްވަރާ ކުރެއްވި -- ފޮޓޯ: ފައިލް

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާމެދު އިލެކްޝަންސް ކޮމިޝަނަށް ގޮތެއް ނުނިންމި، މެމްބަރުންގެ ތެރޭގައި މައްސަލަ ޖެހިފައި އޮތުމަށްފަހު އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން މިއަދު ކޮމިޝަނުގެ މެމްބަރުން އިއްތިފާގުވެއްޖެ އެވެ.

"އަދަދު" އާ ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ ދި ޑިމޮކްރެޓްސްގައި 3000 މެމްބަރުން ހަމަވެއްޖެ ކަމަށް ހުރިހާ މެމްބަރުންނަށް ވެސް އެއްބަސްވެވޭ ކަމަށާއި ހުއްދަ ދޭން ހުރިހާ މެމްބަރުން އެއްބަސްވާ ކަމަށެވެ.

ޑިމޮކްރެޓްސްއަށް ހުއްދަ ދޭން ނިންމީ މިއަދު އޮންލައިންކޮށް ހުރިހާ މެމްބަރުންނަށް ގުޅުމަށްފަހު ކަމަށާއި މިވަގުތު މައްކާގައި ހުންނެވި އެ ކޮމިޝަނުގެ މެމްބަރު ޑރ. މުހައްމަދު ޒާހިރަށް ވެސް އޮންލައިންކޮށް ކޮމިޝަނުން ގުޅި ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް ހަސަން ލަތީފަށް, ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން ނިންމާފައިވާކަން ކޮމިޝަނުން މިހާރު އަންގާފައިވާ ކަމަށެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން ނިންމާފައި މި ވަނީ އެ ޕާޓީ އުފެއްވުމުގެ ހުއްދަ ދޭން އިލެކްޝަން ކޮމިޝަނުން ބާއްވަންޖެހޭ ބައްދަލުވުމެއް ނުބޭއްވިގެން އުޅޭ މައްސަލަ ހޫނުވެފައިވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ފަސް މެމްބަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިއްބެވީ ހަތަރު މެމްބަރުންނެވެ. ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ޖޫން 18، ގައި ބޭއްވި ޖަލްސާގައި ދެކޮޅަށް ވޯޓު ހަމަހަމަވެގެން ގޮތެއް ނުނިންމުނެވެ. އޭގެ ފަހުން ޖޫން 21، ގައި ޖަލްސާއަކަށް ގޮވާލުމުން ކޯރަމް ހަމަނުވެގެން އެ ޖަލްސާ ނުބޭއްވުނެވެ.

ޖޫން 18، ގައި ބޭއްވި ޖަލްސާގައި އެ ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތާއި މުހައްމަދު އާސިފް ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ފޯމުތައް އަލުން ފާސް ކުރުމަށެވެ. އޭގެ ފަހުން ޖޫން 21، ގެ ޖަލްސާއަށް ގޮވާލީ ފޯމުތައް އަލުން ޗެކް ކުރުމަށްފަހެވެ. އެ ޖަލްސާއަށް ނަޝާތާއި އާސިފް ވަޑައެއްނުގަންނަވަ އެވެ.

ދި ޑިމޮކްރެޓްސް އުފައްދަން ހުށަހެޅީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ކެނޑުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ މެމްބަރުންތަކެކެވެ. ޕާޓީ އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ކޮމިޝަނަށް ހުށަހެޅީ ޖޫން 1، ގަ އެވެ. އޭގެ ފަހުން ނަޝީދު ވެސް ދަނީ މިދިޔަ ހަފުތާގައި އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox