ނޭޕާލް ކެޓުމުގެ ޒިންމާ ނެގިޔަސް ވިންޗެންޒޯ އަށް މުސްތަގުބަލާ މެދު ޔަގީންކަމެއް ނުދެވުނު

ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިންޗެންޒޯ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިންޗެންޒޯ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެ، މުބާރާތުން ކެޓުމުގެ ޒިންމާނަގާ ކަމަށް ބުނެ، ނޭޕާލް ކޯޗުގެ މަގާމުގައި ދެމިނުހުންނާނެ މޭރުމަކުން އެ ޓީމާ ހަވާލުވެ ހުރި އިޓަލީގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ ވާހަކަ ދައްކައިފި އެވެ.

މިދިޔަ މާޗް މަހު، ނޭޕާލާ ހަވާލުވި ކޯޗު ވިންޗެންޒޯގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި ނޭޕާލް ކުޅުނު ފުރަތަމަ މެޗުން ވަނީ ކުވެއިތު އަތުން 3-1 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ރޭ އިންޑިއާ އަތުން 2-0 އިން ބަލިވެ، ނޭޕާލް ވަނީ މުބާރާތުން ކަޓައިފަ އެވެ.

ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިންޗެންޒޯ ބުނީ ފުރަަތަމަ ހާފުގައި ނޭޕާލުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ގޯލު ޖަހާނެ ދެ ފުރުސަތެއް ވެސް ހޯދައި، އެކަން ނުކުރެވުނީ ކަމަށެވެ. އަދި ދެ ވަނަ ހާފުގައި ނޭޕާލްގެ މެދުން ކުޅެމުން އައި، އަންޖަން ބިސްޓާ ބަދަލުކުރަން ޖެހުނު ހިސާބުން އެ ޓީމު ކުޅެމުން އައި ގޭމަށް ބަދަލެއް ގެންނަން ޖެހި އެ ހިސާބުން އިންޑިއާ އަށް މޮޅުވާން ފުރުސަތު ފަހިވީ ކަމަށް ވިންޗެންޒޯ ފާހަގަކުރި އެެވެ.

މުބާރާތުން ކެޓުމުގެ ޒިންމާ ނަގަންތޯ ވިންޗެންޒޯ ގާތުގައި ނޭޕާލްގެ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ އެ މަގާމުގައި ހުންނައިރު، ނުކުންނަ ކޮންމެ ނަތީޖާއެއްގެ ވެސް ޒިންމާ ނަގާނެ ކަމަށެވެ.

"މެއި 15 ގައި އަހަރެން ކަލްކަތާގައި ހުރީ. އޭރު އިންޑިއާ އިން ދިޔައީ ޓީމުގެ ތައްޔާރީތަކުގެ ކޭމްޕެއް ފަށަމުން. މާނަ އަކީ މަހަކަށް ވުރެ ގިނަ ދުވަސްކުރިން އިންޑިއާގެ ތައްޔާރީތައް ފަށައިފިއޭ، އަހަންނަށް ޓީމު (ނޭޕާލް ޓީމު) ލިބުނީ މި މަހު 11 ގައި، އެއިރު، ރޯހިތު ޗާންދު ނުލިބޭ، އޭނަ ހުރީ އިންޑޮނޭޝިއާގައި، ތައްޔާރީ ފަށައިގެން ރިކަވަރީއާ އެހެނިހެން ކަންކަމަށް ބަލައި، ފިލިޕީންސް މެޗު ވެސް ކުޅެފައި، ފުލް ޓްރެއިނިން ލިބުނީ ހަތަރު ވަރަކަށް ސެޝަން،" ވިންޗެންޒޯ ބުންޏެވެ.

"މިސާލަކަށް ވިސްނާލަބަލަ އަހަންނަށް މި ޓީމު އެއް މަސް ކުރިން ލިބުނު ނަމަ މިރޭ (ރޭ) އިންޑިއާ ކޮންކަހަލަ ޓީމަކާ ވާދަކުރަން ޖެހޭނީ،"

ކުރިން އިންޑިއާގެ އައި ލީގުގެ ގޯކުލަމް ކެރަލާ އަށް ދެ ސީޒަނުގައި ކޯޗުކޮށްދިނުމަށް ފަހު ފަހުން، އިންޑިއާގެ ސުޕަ ލީގުގެ ނޯތު އީސްޓް ޔުނައިޓެޑަށް އިރުޝާދުދިން ވިންޗެންޒޯ ހޯދަން އައި ލީގާއި ސުޕަ ލީގުގެ ޓީމުތަކުން އަންނަނީ ވާހަަކަ ދައްކަމުންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ވިންޗެންޒޯ ނޭޕާލާ އެކު ފެންނާނެ ފަހު ފަހަރަށް ވެދާނެތޯ އެހުމުން، އޭނާ ބުނީ މިއީ ޓްރާންސްފާގެ ދުވަސްވަރު ކަމަށާއި ކޯޗުންނާ އަބަދުވެސް ޓީމުތަކުން ވާހަކަ ދައްކާނެ ކަމަށެވެ. އެ ގޮތުން އޭނާ އަށް ވެސް ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ ވާހަކަ ދެކެވޭ ކަަމަށް ވިންޗެންޒޯ ވަނީ ބުނެފަ އެވެ.

"އަހަންނަކީ ކޮންމެ މަސައްކަތެއް ކުރިޔަސް މޮޅުވާން ބޭނުންވާ މީހެއް، އެއީ އަހަރެންގެ މިޒާޖުގައި ހުރި ކަމެއް. މޮޅުނުވެވެންޏާ އަހަންނަށް އެންމެ ރަނގަޅު މަަސައްކަތެއް ނުކުރެވޭނެ. ދެން ތި ކުރި ސުވާލަށް ޖަވާބު ދޭ ކަމަށް ވަންޏާ ބުނެވޭނީ ނޭނގެއޭ ސީދާ ވާނެ ގޮތެއް ބުނަން، އަހަންނަކީ މޮޅުވާން މަސައްކަތް ކުރާ މީހެއް،" ބެލީޒް ކޯޗެއްގެ ގޮތުގައި ވަގުތީ ގޮތުން މަސައްކަތްކޮށްްފައިވާ ވިންޗެންޒޯ ބުނެފައިވެ އެވެ.

ވިންޗެންޒޯ ވަނީ ނޭޕާލްގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިން ކުރިމަގެއް ހޯދައިދޭން އިންޑިއާ އައި ލީގުގެ ކްލަބްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ބުނެފަ އެވެ. މާލީ ހާލަތު ގޯސް ފައްތަރެއްގައި އޮތުމުން ނޭޕާލްގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ފުޓްބޯޅަ ރަސްމީކޮށް ނުކުޅެ، ގިނަ ލާރި ލިބޭ އެހެން މަސައްކަތެއް ކުރަން ފަށާ ކަމަށް ވިންޗެންޒޯގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ގްރޫޕް ސްޓޭޖުގައި ނޭޕާލަށް ބާކީ އޮތީ ޕާކިސްތާން މެޗެވެ. އަންގާރަ ދުވަހު ހަވީރު ކުޅޭ އެ މެޗާ ބެހޭގޮތުން ވިންޗެންޒޯ ބުނީ ބޭނުންވަނީ ރަނގަޅު ރޫހެއްގައި އެ މެޗު ކުޅެ، ނޭޕާލް ސަޕޯޓަރުންނަށް އުފާވެރިކަމެއް މި މުބާރާތުން ގެެނެސްދިނުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox