ސާފް 2023: އިންޑިއާ އާއި ކުވެއިތު ސެމީ އަށް، ޕާކިސްތާނާއި ނޭޕާލް ކަޓައިފި

Jun 24, 2023, 3:53 PM
އިންޑިއާގެ ކެޕްޓަން ޗެތުރީ ނޭޕާލްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޑިއާގެ ކެޕްޓަން ޗެތުރީ ނޭޕާލްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި މިރޭ ނޭޕާލް އަތުން 2-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

މިރޭގެ ނަތީޖާއާ އެކު، ކޮންމެ ޓީމަކަށް ބާކީ މެޗެއް އޮއްވައި ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ޖާގަތަށް މި ވަނީ ޔަގީންވެފަ އެވެ. މި ގްރޫޕުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ކުވެއިތާއި އިންޑިއާ ސެމީން ފުރުސަތު ހޯދިއިރު، ދެ މެޗުން ބަލިވި ޕާކިސްތާނާއި ނޭޕާލް މި ވަނީ ކަޓައިފަ އެވެ. މި ގްރޫޕުގެ ފަހު ދެ މެޗު، އަންގާރަ ދުވަހު ކުޅޭއިރު، އެ ތަނުން މުހިންމުވާނީ އަންގާރަ ދުވަހުގެރޭ ކުވެއިތާއި އިންޑިއާ ބައްދަލުކުރާ މެޗެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއް ވަނަ ލިބޭނެ އެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް އިންޑިއާ އާއި ނޭޕާލުން ވެސް ނުކުމެފައިވަނީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް އަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރަތް ކާޑެއް ދައްކާފައިވާތީ، މި މެޗަށް ވަނީ ސަސްޕެންޑްވެފަ އެވެ.

ވިއްސާރައިގެ ތެރޭގައި މިރޭގެ މެޗު ފަށައިގެން ކުޅުނުއިރު، މެޗުގެ 15 ވަނަ މިނިޓްގައި އިންޑިއާ އިން ރަނގަޅު ފުރުސަތެއް ހޯދި އެވެ. އެ ގޮތުން، އެ ޓީމުގެ ފުލްބެކް، އާކާޝް މިޝްރާ އަރިމަތިން ބޯޅަ ހިފައިގެން ވަދެ، އޭރިއާތެރޭގައި ހުސްކޮށް ހުރި ސަހާލް އަބްދުލް ސަމަދު އަށް ދިން ބޯޅަ އޭނާ އެއް ފަަހަރުން ފޮނުވާލިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އަށް ލިބޭ ބޯޅަތައް ހުއްޓުވުމުގައި ނޭޕާލްގެ ދެ ސެންޓްރަލް ޑިފެންޑަރުން ކަމަށްވާ ރޯހިދު ޗާންދް އާއި އަނަންތާ ތަމަންގް ވަނީ ފުރަތަަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންވެ، އިންޑިއާ އަށް މި ހާފުގައި ނޭޕާލުގެ ގޯލަށް އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނެވެ.

ފުރަތަމަ ހާުފުގެ 17 ވަނަ މިނިޓްގައި ނޭޕާލްގެ ދެވެންދުރާ ތަމަންގް އޭރިއާ ރޮނގުމަތިން ވޮލީ އަކުން ފޮނުވާލި ބޯޅަ އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންގް ސާންދޫ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ގުރްޕްރީތު ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ފުރަތަަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ ގޯލު ބެލެހެއްޓީ އަމްރިންދަރު ސިންގް އެވެ.

ނޭޕާލުން ފުރަތަމަ ހާފުގައި ކައުންޓަ އެޓޭކުގައި ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. އެކަމަކު، އޭރިއާތެރެއަށް ބޯޅަ ހިފައިގެންދިއުމަށް ފަހު، ރަނގަޅު ވަގުތު ފޮނުވާނުލެވި، ފުރުސަތު ގެއްލެނީ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އިންޑިއާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ، ނޭޕާލްގެ ފަހަތަށް ބާރު ބޮޑުކުރަން ފެށި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 61 ވަނަ މިނިޓްގައި ޗެތުރީ އިންޑިއާ އަށް ލީޑުނަގައިދިނުމެވެ. އަރިމަތިން މަހޭޝް ސިންގް އަރައި، ގޯލު ކުރިމައްޗަށް ހުސްކޮށްލާފައި ދިން ބޯޅަ ޗެތުރީ ވަނީ އެއް ފަހަރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. މި ގޯލާ އެކު ޗެތުރީ މި ވަނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތަކުގައި ޖުމްލަ އެކު، 22 ގޯލު ހަމަކޮށްފަ އެވެ. އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ރާއްޖޭގެ ތަރި، އަލީ އަޝްފާގު (ދަގަނޑޭ) އަތުގަ އެވެ. ދަގަނޑޭ ވަނީ ސާފް މުބާރާތްތަކުގައި 23 ލަނޑު ޖަހައިފަ އެވެ.

އޭގެ ނުވަ މިނިޓް ފަހުން، މެޗުގެ 70 ވަނަ މިނިޓްގައި އޭރިއާތެރެއިން ޗެތުރީ ފޮނުވާލި ބޯޅައެއް ނޭޕާލް ކީޕަރު ކިރަން ކުމާރު އަތުގައި ޖެހިފައި، ހުރަސްދަނޑީގައި ޖެހިފައި ގޯލު ރޮނގުމައްޗަށް ވެއްޓެން އައި ބޯޅަ މަހޭޝް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

އިންޑިއާ އިން އޭގެ ފަހުން ވެސް އެޓޭކްތަކެއް ކޮށް އިތުރު ގޯލެއް ޖެހޭތޯ ބެލި އެވެ. އެކަމަކު، ބަދަލަކަށް ކުޅެން އެރި ވިންގް ލަލިއަންޒުއާލާ ޗާންގްޓޭ އަށް ލިބޭ ބޯޅަތަކުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. އަނެއްކޮޅުން ބަދަލުތަކެއް ގެނެސްގެން ނޭޕާލުން ވެސް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox