ސަބްމެރީން ގޮވަން މެދުވެރިވި ސަބަބު ތަހުގީގު ކުރާނެ ކަމަށް ކެނެޑާއިން ބުނެފި

ކަަނޑު އަޑީގައި ގޮވި ސަބްމެރީން.

ކަަނޑު އަޑީގައި ގޮވި ސަބްމެރީން.

އޮޓާވާ، ކެނެޑާ (ޖޫން 24) - ޓައިޓޭނިކް ކައިރިއަށް ދަތުރު ކުރަނިކޮށް ގެއްލުނު ސަބްމެރީން ގޮވަން މެދުވެރިވި ސަބަބު ތަހުގީގު ކުރާނެ ކަމަށް ކެނެޑާއިން ބުނެފި އެވެ.

އޯޝަންގޭޓް އެކްސްޕެޑިޝަން ކުންފުނީ ޓައިޓަން ސަބްމެރީން ފަސް މީހުންނާ އެކު ގެއްލުނީ އާދީއްތަ ދުވަހު އެވެ. އެ އުޅަނދު "އިމްޕްލޯޑްވެފައިވާ" ކަމަށް އިދާރާތަކުން ބުނީ ބުރާސްފަތި ދުވަހު އެވެ.

ޓައިޓަން ދަތުރު ފެށީ ކެނެޑާގެ ދިދަ ނަގާފައިވާ ޕޯލާ ޕްރިންސް ކާގޯ އުޅަނދުގެ އެހީގަ އެވެ. ދަތުރު ފެށިތާ ދެ ގަޑިއިރެއްހާ އިރު ތެރޭގައި އެ އުޅަނދާ ޓައިޓަންއާ ގުޅުން ކެނޑުނެވެ.

ކެނެޑާއިން ބުނީ ސަބްމެރީންގެ ސަޕޯޓް އުޅަނދުގައި ހުރީ އެ ގައުމުގެ ދިދައަކަށް ވާތީ، އެކަމާ ގުޅޭ ތަހުގީގު އެ ގައުމުން ހިންގާނެ ކަމަށެވެ.

ކަނޑުއަޑީގައި ސަބްމެރީން ގޮވައި ފަސް މީހުން މަރުވި ކަމަށް ނިންމި އިރު، ޓައިޓޭނިކްއާ 1600 ފޫޓު ދުރުން ކަނޑުގެ އަޑިން ސަބްމެރީންގެ ބައިތައް ވެސް ފެނުނެވެ.

އިންގްލޭންޑުން ނިއުޔޯކަށް ކުރި ޓައިޓޭނިކްގެ ފުރަތަމަ ދަތުރުގައި 1912 ވަނަ އަހަރު ގަނޑުފެންގަނޑެއްގައި ޖެހި ބޯޓު އަޑިއަށް ދިޔުމުން 1500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ޓައިޓޭނިކް އޮންނަނީ އެމެރިކާގެ މަސަޗޫސެޓްސްގެ ކޭޕް ކޮޑްގެ އިރުން 900 މޭލު ދުރުން އެޓްލާންޓިކް ކަނޑު އަޑީގަ އެވެ. އެ ބޯޓު ބަލާލަން ދިޔުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ.

އޯޝަންގޭޓް ކުންފުނިން ޓައިޓޭނިކް ބަލަން ދާން މީހެއްގެ އަތުން 250،000 ޑޮލަރު ނަގަ އެވެ. ގެއްލުނު ބޯޓުގައި ތިބީ އިނގިރޭސި ބިލިއަނަރަކާއި، ޕާކިސްތާނަށް އުފަން އިނގިރޭސި މަހުޖަނަކާއި އޭނާގެ ފިރިހެން ދަރި އަދި ފްރާންސްގެ އޯޝަނޮގްރާފަރަކާއި އޯޝަންގޭޓްގެ ފައުންޑަަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox