ޕްރެޝަރު ބޮޑުވެ ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފި

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ: ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި ބޮޑުވަޒީރުކަމުން ވެސް އިސްތިއުފާ ދެއްވަން ވަނީ ނިންމަވާފައި -- ފޮޓޯ: އޭޕީ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ: ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި ބޮޑުވަޒީރުކަމުން ވެސް އިސްތިއުފާ ދެއްވަން ވަނީ ނިންމަވާފައި -- ފޮޓޯ: އޭޕީ

ޕްރެޝަރު ބޮޑުވެ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އޭނާ ނިސްބަތްވާ ލިބެރަލް ޕާޓީގެ ލީޑަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރޫޑޯ ވިދާޅުވީ ޕާޓީގެ ލީޑަރުކަމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން ބޮޑުވަޒީރުކަމުގައި ހުންނަވާނެ ކަމަށެވެ.

ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމާ އެކު ބޮޑުވަޒީރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާނެ ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.

Advertisement

"އަހަރެން ގަސްތުކުރަނީ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދޭން. ބޮޑުވަޒީރުކަމުން އިސްތިއުފާ ދޭނީ ޕާޓީގެ ލީޑަރަކަށް ބޭފުޅަކު އައްޔަނު ކުރުމުން. އަހަރެން މިހާރު ވާނީ ލިބެރަލް ޕާޓީގެ ރައީސަށް ވެސް ޕްރޮސެސް ކުރިއަށް ގެންދަން ދަންނަވާފައި،" ކެނެޑާގެ ރައީސް ވިދާޅުވި އެވެ.

އަންނަ އޮކްޓޯބަރު، 20 ގައި ކެނެޑާގެ އާންމު އިންތިހާބު ބާއްވާކަން ފާހަގަކުރައްވާ ޓްރޫޑޯ ވިދާޅުވީ އެ އިންތިހާބުގައި އޭނާއަކީ އެންމެ ރަނގަޅު ޗޮއިސްއަށް ނުވެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޓްރޫޑޯއަށް ޕާޓީ ތެރެއިން ވެސް ޕްރޮޝަރު ބޮޑުވާން ފެށީ މިދިޔަ ޑިސެމްބަރުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލޭންޑް އޭނާއާ ހިޔާލު ތަފާތުވެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކްރިސްޓިއާ އިސްތިއުފާ ދެއްވުމާ ގުޅިގެން ކެނެޑާގެ ކެބިނެޓަށް ޓްރޫޑޯ ގެންނެވި ބޮޑެތި ބަދަލުތަކާ ގުޅިގެން ވެސް ލިބެރަލް ޕާޓީގެ މެންބަރުންގެ މެދުގައި އޮތީ ހިޔާލުތަފާތުވުންތަކެއް އުފެެދިފަ އެވެ.

ޓްރޫޑޯ ކެނެޑާގެ އާންމު އިންތިހާބު 2015 ގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވުމަށްފަހު، 2019 ގެ އިތުރުން 2021 ގައި ވެސް އިންތިހާބު ކާމިޔާބުކޮށް މަގާމު ދިފާއު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox