މައްސަލަތައް ބަހައްޓާފައި މަޖިލިސް ޗުއްޓީއަށް!

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. ފޮޓޯ: އަބްﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާ. ފޮޓޯ: އަބްﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބައެެއް މުހިއްމު މައްސަލަތައް ނިންމާފައި ނޫނީ ޗުއްޓީއަށް ނުދާން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެދިފައި ވަނިކޮށް މަޖިލީހުގެ ދައުރު ނުސީދާކޮށް ނިންމާލައި ޗުއްޓީއަށް ދާން ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.

މީގެ ކުރިން މަޖިލީހުގެ ފަހު ދައުރެއް ނިމޭ އިރު، ކުރެވުނު މަސައްކަތްތަކުގެ ތަފާސާސް ހިސާބުތައް ދެއްވައި، ޗުއްޓީގެ ދިގުމިން ވެސް އެމަނިކުފާނު ހާމަކުރައްވަ އެވެ. މަޖިލީހުގެ ޗުއްޓީ ފެށޭކަން ރަސްމީކޮށް އިއުލާނުވެސް ކުރައްވަ އެވެ. އޭގެ ބަދަލުގައި މިއަދު ވިދާޅުވީ "މިދައުރުގެ ފަހު ޖަލްސާ ނިމުނީ" ކަމަށެވެ.

"ދެހާސް ތޭވީސް ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ނިމުނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަަމަށް ކަނޑައަޅަން އެމްޑީޕީން ހުށަހެޅުމުން، ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދުވަސްކޮޅަކު ހުންނެވުމަށް ފަހު މިއަދު ރިޔާސަތަށް ވަޑައިގެންނެވި އިރު މިއަދަށް އެޖެންޑާ ކުރެއްވީ އެންމެ މައްސަލަ އެކެެވެ. އެއީ މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ލުމާ މެދު މެމްބަރުންގެ ހިޔާލުފާޅުކުރުމުގެ ބަހުސެކެވެ.

ދައުރު ދަންމައިލަން އެމްޑީޕީން އެދުނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު އުޒުރުވެރިވެވަޑައިގެންނެވި ޔަސް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތް، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ (ހ)ގެ ދަށުން ހެއްދެވުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.

އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާތައް ނުބާއްވަވައި ހުންނަވާފައި 22 ޖޫން ، 2023 ގައި (މިއަދު) ޖަލްސާއެއް ބާއްވަން ނިންމަވައި ހަަމަ އެކަނި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުން ހިމެނޭނެނެ ގޮތް ކަނޑައެޅުމުގެ މައްސަލަ އެޖެންޑާ ކުރުމަކީ އަސް ލަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދާ ހިލާފަށް ނަޝީދު ކުރެއްވި ކަމެކެވެ.

"...ޖަލްސާގެ އެޖެންޑާގައި އަންނަނިވި މައްސަލަތަކާއި ވަކިން ހާއްސަކޮށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ހިމަނުއްވައި، މިމައްސަލަތަކަށް ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިދައުރު ދަންމައިލުމުގެ ފުރުސަތު ދިނުމަށް އެދި ދަންނަވަމެވެ،" ސިޓީގައި އަސްލަމް ވިދާޅުވި އެވެ.

ނިންމަން އެދުނު މައްސަލަތައް

  1. ކޮމިޓީތައް އެކުލަވައިލުމުގެ މައްސަލަ
  2. އޭޖީ އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަކިކުރުމުގެ މައްސަލަ
  3. މަޖިލީހުގެ ގަވައިދު ބަދަލުކުރުމުގެ މައްސަލަ
  4. އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުން
  5. މަޖިލީހުގެ ރައީސާއި ނައިބުރައީސް ވަކިކުރުމުގެ މައްސަލަ

މީގެ ތެރެއިން ރިފްއަތާއި ޝާހިދު ވަކިކުރުމުގެ މައްސަލަ ފިޔަވައި އެހެން މައްސަލަތަކަކީ އެމްޑީޕީން ހުށަހެޅި މައްސަލަތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox