ހުލާސާކޮށް އިއްޔެ: އަސްލަމް ވިދާޅުވީ އިތުބާރު ނެތް މައްސަލަތައް ނަގަން މަޝްވަރާ ނުކުރެވޭނެ ކަމަށް

Jun 21, 2023, 12:50 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމުގައި ނަޝީދަށް ހުރެވޭ ގޮތަކަށް ކުރިއަށްދިޔުމާ މެދު މެމްބަރުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދާ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް އަނބުރާ ނެގުމުގެ މަޝްވަރާ ޕީޖީ ގްރޫޕުގައި ނުކުރެވެ އެވެ. އަދި އެފަދަ ކަމެއް ނިންމޭނީ ޕީޖީ ގްރޫޕުގެ ނިންމުމަކުން ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޕާލިމެންޓަރީ ގްރޫޕުގެ އެއްވެސް ބޭފުޅަކު އަދި މިވީ ހިސާބަށް އެކަމާ ގުޅޭ ގޮތުން، މިއިން އެއްވެސް މައްސަލައެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާދީފައި ނުވޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އެހާ ހިސާބަށް ދިޔަ އެއް ސަބަބަކީ ނަޝީދަށް ބައެއް މެމްބަރުންނާ ޒާތީ ގޮތުން މުއާމަލާތް ކުރެވިފައި ހުރުމެވެ. އަދި ބައެއް ބޭފުޅުންނާ ގުޅޭ ގޮތުން ފުރައްސާރައަށް ވާ ގޮތަށް ވެސް މުއާމަލާތްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެންވެ، ނަޝީދު މަޖިލީހުގެ ރައީސްގެ ގޮތުގައި ބަހައްޓަން ބައެއް މެމްބަރުންގެ ވަރަށް ބޮޑެތި ކަންބޮޑުތަކެއް އެބަ ހުރި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ހަމަ ޕާސަނަލީ ދެކޭ ގޮތުގައި މި ގައުމު، މި ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމެއް ރައީސް ނަޝީދު އިތުރަށް މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން ކުރިއަށްދާން އަޅުގަނޑުމެން ނިންމާ ނިންމުމަކީ ދިވެހި ރައްޔިތުންނަށް ރަނގަަޅު ގޮތެއް ކަމުގައި އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް، މަޖިލީހުގެ މަސައްކަތް ވަނީ މުޅިން ހުއްޓިފަ އެވެ. މަޖިލިސް ހުއްޓުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ ގުޅިގެން ނަޝީދު ނިންމެވި ނިންމެވުމެއްގެ ސަބަބުންނެވެ. އެމަނިކުފާނު ނިންމެވީ މަޖިލީހުގެ ރިޔާސަތު ބެލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގައި އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނަޝީދު ކަނޑައެޅުއްވި ގޮތަށް، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

އެހެން ނަމަވެސް އެގޮތަށް ރިޔާސަތު ހަވާލުކުރާ މެމްބަރަކަށް ވިދިވިދިގެން ތިން ޖަލްްސާއަށް ވުރެ އިތުރަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ. އެކަން އެހެން އޮތް އިރު ރިޔާސަތު ބަލަހައްޓަވާނެ މެމްބަރަކާ ގުޅޭ ގޮތުން ނަަޝީދު އާ ނިންމެވުމެއް ނުނިންމަވަ އެވެ. އެހެންވެ މަޖިލީހުގައި އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

މަޖިލީހުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައިގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ؛

މީހަކު އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރީ. ދެން އޭނާ ހިފައި ހައްޔަރުކޮށްގެން ގެންގޮސްފަ އެތާ ބައިންދާކަށެއް އެއްވެސް ގާނޫނަކު ނެތް. ދެން ކީއްތޯ ކުރާނީ؟ މަސައްކަތް އަލުން ފެށޭނީ މަޖިލީހުގެ ރައީސް އެކަން ކުރީމަ،"

ދުވަހުގެ ފޮޓޯ

އިއްޔެ ބޭއްވި ބުރުުނު ޝިކާރު 2023 ގެ ބޮޑީބޯޑިން މުބާރާތުގެ ފައިނަލްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އިއްޔެ ބޭއްވި ބުރުުނު ޝިކާރު 2023 ގެ ބޮޑީބޯޑިން މުބާރާތުގެ ފައިނަލްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިއްޔެ ބޭއްވި ބުރުުނު ޝިކާރު 2023 ގެ ބޮޑީބޯޑިން މުބާރާތުގެ ފައިނަލްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox