އިތުބާރު ނެތް ކަމުގެ މައްސަލަތައް ނަގަން މަޝްވަރާއެއް ނުކުރެވޭ: އަސްލަމް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން އެއްވެސް މަޝްވަރާއެއް ނުކުރެވޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމުގައި ނަޝީދަށް ހުރެވޭ ގޮތަކަށް ކުރިއަށްދިޔުމާ މެދު މެމްބަރުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދާ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް އަނބުރާ ނެގުމުގެ މަޝްވަރާ ޕީޖީ ގްރޫޕުގައި ނުކުރެވެ އެވެ. އަދި އެފަދަ ކަމެއް ނިންމޭނީ ޕީޖީ ގްރޫޕުގެ ނިންމުމަކުން ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޕާލިމެންޓަރީ ގްރޫޕުގެ އެއްވެސް ބޭފުޅަކު އަދި މިވީ ހިސާބަށް އެކަމާ ގުޅޭ ގޮތުން، މިއިން އެއްވެސް މައްސަލައެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާދީފައި ނުވޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އެހާ ހިސާބަށް ދިޔަ އެއް ސަބަބަކީ ނަޝީދަށް ބައެއް މެމްބަރުންނާ ޒާތީ ގޮތުން މުއާމަލާތް ކުރެވިފައި ހުރުމެވެ. އަދި ބައެއް ބޭފުޅުންނާ ގުޅޭ ގޮތުން ފުރައްސާރައަށް ވާ ގޮތަށް ވެސް މުއާމަލާތްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެންވެ، ނަޝީދު މަޖިލީހުގެ ރައީސްގެ ގޮތުގައި ބަހައްޓަން ބައެއް މެމްބަރުންގެ ވަރަށް ބޮޑެތި ކަންބޮޑުތަކެއް އެބަ ހުރި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ހަމަ ޕާސަނަލީ ދެކޭ ގޮތުގައި މި ގައުމު، މި ދައުލަތަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމެއް ރައީސް ނަޝީދު އިތުރަށް މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން ކުރިއަށްދާން އަޅުގަނޑުމެން ނިންމާ ނިންމުމަކީ ދިވެހި ރައްޔިތުންނަށް ރަނގަަޅު ގޮތެއް ކަމުގައި އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް، މަޖިލީހުގެ މަސައްކަތް ވަނީ މުޅިން ހުއްޓިފަ އެވެ. މަޖިލިސް ހުއްޓުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ ގުޅިގެން ނަޝީދު ނިންމެވި ނިންމެވުމެއްގެ ސަބަބުންނެވެ. އެމަނިކުފާނު ނިންމެވީ މަޖިލީހުގެ ރިޔާސަތު ބެލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގައި އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނަޝީދު ކަނޑައެޅުއްވި ގޮތަށް، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

އެހެން ނަމަވެސް އެގޮތަށް ރިޔާސަތު ހަވާލުކުރާ މެމްބަރަކަށް ވިދިވިދިގެން ތިން ޖަލްްސާއަށް ވުރެ އިތުރަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ. އެކަން އެހެން އޮތް އިރު ރިޔާސަތު ބަލަހައްޓަވާނެ މެމްބަރަކާ ގުޅޭ ގޮތުން ނަަޝީދު އާ ނިންމެވުމެއް ނުނިންމަވަ އެވެ. އެހެންވެ މަޖިލީހުގައި މިއަދު އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox