އަފީފް ވިދާޅުވީ ޖަލްސާ ނިންމާލަނިކޮށް ފޯނަށް ގުޅުއްވީ ރައްޓެއްސެއް ކަމަށް

ރިޔާސަތުގައި މެންބަރު އަފީފް؛ ޖޫން 14 ގައި ބޭއްވި ޖަލްސާ ނިންމާލަނިކޮށް އަފީފަށް ގުޅުއްވީ ރައްޓެއްސެއް ކަމަށް ވިދާޅުވި / ފޮޓޯ: މަޖިލިސް

ރިޔާސަތުގައި މެންބަރު އަފީފް؛ ޖޫން 14 ގައި ބޭއްވި ޖަލްސާ ނިންމާލަނިކޮށް އަފީފަށް ގުޅުއްވީ ރައްޓެއްސެއް ކަމަށް ވިދާޅުވި / ފޮޓޯ: މަޖިލިސް

ޖޫން 14, ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިއަށް ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ލިބިވަޑައިގަތީ ރައްޓެއްސެއްގެ ކޯލެއް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އަފީފު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތަޅުމުގައި ވަޑައިގެން ނެތުމުންނެވެ. އެފަދަ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވަން އަފީފާ ހަވާލުކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު އަދި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ވެސް ވައްދާފައިވަނިކޮށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިއަށް އަފީފަށް ފޯނު ކޯލެއް ލިބިވަޑައިގަތެވެ. އޭރު ރިޔާސަތުގެ މައިކު ނިއްވާލައްވާފައި ނެތުމުން އަފީފްގެ އަޑު ލައިވް ފީޑަށް ވަނީ އަރައިފަ އެވެ.

Advertisement

ފޯނަށް ޖަވާބު ދެއްވައި އަފީފް ވިދާޅުވީ "އާދެ، މި ނިންމާލަނީ، މި ނިންމާލަނީ, ނިންމާލަނީ،" ކަމަށެވެ. އެއަށް ފަހު މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ އަފީފް ޖަލްސާ ނިންމާލެއްވި އެވެ.

މިއަދު ކުރިއަށްދާ މަޖިލިހުގެ ޖަލްސާގައި އިންތިހާބުތަކުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބިލު މަޖިލިހުގެ މުޅި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރެއްވަމުން، އެމްޑީޕީގެ ގިނަ މެންބަރުން ގެންދެވީ ރިޔާސަތުގައި އިންނެވި އަފީފަށް ފާޑުވިދާޅުވަމުންނެވެ.

އެ ގޮތުން އެންމެ ފަހުން ބޭއްވި މަޖިލިހުގެ ޖަލްސާ ނިންމަވައިލައްވަން ކޮންމެވެސް ބޭފުޅެއްގެ އޯޑަރު އަފީފަށް ލިބިވަޑައިގަތް ކަމަށް ވިދާޅުވެ ބައެއް މެންބަރުން އަޑުގަދަ ވެސް ކުރެއްވި އެވެ. އެހެންވެ އޭނާއަށް ލިބިވަޑައިގަތީ ކޮން ކޯލެއް ކަން މިއަދު ވިދާޅުވެދެއްވި އެވެ.

"އަޅުގަނޑަށް އެ ދުވަހު ގުޅުއްވީ މަޖިލިހުގެ ރައީސެއް ވެސް ނޫން، އަދި ރައީސުލްޖުމްހޫރިއްޔާއެއް ވެސް ނޫން، ރައްޓެއްސަކު ގުޅުއްވީ، އޭރު އަޅުގަނޑު ޖަލްސާ ނިންމާލަން އުޅެނިކޮށް، ރައްޓެއްސަކު ގުޅުއްވީ، އެހެންވެ އަޅުގަނޑު މި އުޅެނީ ޖަލްސާ ނިންމާލަން ކަމަށް ވެސް ބުނީ،" އަފީފް ތަފްސީލުކޮށްދެއްވި އެވެ.

މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވަނިކޮށް މައިކް އަތުލައި ހަޅޭލަވަމުން ގެންދެވި އިރު ވެސް އެއްވެސް މެމްބަރެއްގެ ނަން މިއަދު އަފީފް އިއްވާފައި ނުވެ އެވެ. އަފީފު އަޅައިނުލައްވާތީ، އެމްޑީޕީގެ ބައެއް މެމްބަރުން ތަކުރާރުކުކޮށް އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެ އެވެ.

މަޖިލިސް ޖަލްސާތައް އާދައިގެ މަތިން ކުރިއަށް ނުދާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. ނަޝީދާއި އީވާ ވެސް ރިޔާސަތާއި ހަވާލު ނުވާތީ އިންނަވަނީ އަފީފެވެ. އޭގެ ސަބަބުން, އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް މަޖިލިސް ތެރޭގައި އިހުތިޖާޖު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox