ވުލްވްސްގެ ކެޕްޓަން ރުބެން ނެވޭސް 55 މިލިއަން ޑޮލަރަށް ސައުދީ އަށް

Jun 18, 2023, 6:33 PM
ވުލްވްސްގެ ކެޕްޓަން ރުބެން ނެވޭސް 55 މިލިއަން ޑޮލަރަށް ސައުދީ އަށް

ލަންޑަން (ޖޫން 18) - ވުލްވްސް ކެޕްޓަންކަން ކުރަމުން އަންނަ ޕޯޗުގީސް ގައުމީ ޓީމުގެ މިޑްފީލްޑަރު، ރުބެން ނެވޭސް، 55 މިލިއަން ޑޮލަރުގެ ފީ އަކަށް ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިއްޖެ އެވެ.

ކުޅިވަރު ހަބަރުތައް ގެނެސްދޭ އެންމެ އިތުބާރު ހިފޭ ދެ މަސްދަރު ކަމަށްވާ، ސްކައި ސްޕޯޓްސް އާއި ބީބީސީން ރިޕޯޓްކުރާ ގޮތުގައި ނެވޭސް، 26، ވުލްވްސް ދޫކޮށްލާނީ އެ ކްލަބުން މިހާތަނަށް ކުޅުންތެރިއަކު ވިއްކާލާ އެންމެ އަގުބޮޑުކޮށެވެ. އެ ގޮތުން، ނެވޭސްގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި، ވުލްވްސް އިން އޭނާ ވިއްކާލަން ކީ އަގު ޖުމްލަ އެކު، 55 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުން އަންނަނީ ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. އެ ގޮތުން ޖެނުއަރީ މަހު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ސައުދީގެ އަލް ނަސްރަށް ސޮއިކޮށްފަ އެވެ. މި މަހު، ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ، ސައުދީގެ އަލް އިއްތިފާގަށް ސޮއިކުރިއިރު، އެ ޓީމުން ޗެލްސީގެ އެންގޯލޯ ކާންޓޭ ވެސް ގެންދާނެކަން ވަނީ ވަރަށް ބޮޑަށް ޔަގީންވެފަ އެވެ.

ނެވޭސް، އަލް ހިލާލް އަށް ސޮއިކުރިއިރު، އެ ޓީމުން އަންނަނީ ޔޫރަޕްގެ އެހެން ކުޅުންތެރިންތަކެއް ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލްގެ ލޫކަ މޮޑްރިޗާއި ލެސްޓާ ސިޓީގެ ރިޔާދު މާރޭޒް ހިމެނެ އެވެ.

ޕޯޓޯ ދޫކޮށް 2017 ވަނަ އަހަރު ވުލްވްސް އަށް ބަދަލުވެ، ނެވޭސް ވަނީ އެ ޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިނުމުގެ އިތުރުން، ލީގުގައި ވުލްވްސް އަކީ ފައިތިލަ ސާބިތުކޮށްދެވޭނެ ޓީމަކަށް ހަދައިދީ ޔޫރޮޕާ ލީގުުގައި ވެސް ރަނގަޅު ވާދައެއް ކޮށްފަ އެވެ.

ވުލްވްސް އަށް 253 މެޗުން 30 ގޯލު ޖަހައިދިން، ނެވޭސް ހޯދަން މިދިޔަ އަހަރުތަކުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ، ލިވަޕޫލް އަދި ބޮރޫޝިއާ މުންޗެންގްލަޑްބެކް އިން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، ނެވޭސް ނިންމީ އޭރު ވުލްވްސްގައި މަޑުކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox