ތާވަލުގެ ފުލުގައި އޮތް ވުލްވްސް އިން ފަހު ވަގުތު ލިވަޕޫލަށް ލަނޑުދީފި

Mar 4, 2026, 4:22 AM
ތާވަލުގެ ފުލުގައި އޮތް ވުލްވްސް އިން ފަހު ވަގުތު ލިވަޕޫލަށް ލަނޑުދީފި

ބާމިންހަމް (މާޗް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އިން އިތުރު ވަގުތުގެ ތެރޭގައި ޖެހި ގޯލުން 2-1 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މިއީ މި ފަހަރު ލީގުގައި އިތުުރު ވަގުތުގެ ތެރޭގައި ގޯލު ވަދެގެން ލިވަޕޫލަށް މެޗު ގެއްލުނު ފަސް ވަނަ ފަހަރެވެ. އަނެއްކޮޅުން ވުލްވްސް އިން މި ވަނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުގައި ވެސް ތަފާތު ހިތްވަރެއް ދައްކައި ނަތީޖާ ނެރެފަ އެވެ. އެ ގޮތުން، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ފަަހަތުން އަރައި 2-2 އިން އެއްވަރުކުރިއިރު، ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އަތުން 2-0 އިން މޮޅުވި އެވެ.

ވުލްވްސްގެ މޮލިނެއުސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލާ އަމާޒުކޮށް މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ލިވަޕޫލްގެ ކާޓިސް ޖޯންސް، ގޯލުގެ ރޮނގުމަތިން ގޯލަށް ވާއްދާލަން މަސައްކަތްކުރި ބޯޅަ އެ ޓީމުގެ ކޯޑީ ގަކްޕޯ ފައިގައި ޖެހިފައި ގޯލަށް ވަންނަ ގޮތެއްނުވި އެވެ.

Advertisement

މެޗުގައި ވުލްވްސް އިން ގޯލާ ސީދާކޮށް ފޮނުވާލި ފުރަތަމަ ހަމަލާއިން ލީޑުނެގި އެވެ. މެޗުގެ 78 ވަަނަ މިނިޓްގައި މި ލަނޑު ޖެހީ ރޮޑްރީގޯ ގޯމޭސް އެވެ. އޭނާ ވަނީ ދާދި ފަހުން އެސްޓަން ވިލާ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. ވުލްވްސް އިން ލީޑުނެގިތަނާ އިރުކޮޅެއްގެ ތެރޭގައި، ލިވަޕޫލަށް އެއްވަރުކޮށްދޭން ރިއޯ އެންގުމޯހާ ޖެހި ޝޮޓް ދަނޑީގައި ޖެހިފައި ބޭރުވީ ވުލްވްސް ކީޕަރު ޖޯސޭ ސާ އަތުގައި ޖެހިފަ އެވެ.

ލިވަޕޫލުން އެއްވަރުކުރީ، 83 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ލަނޑުންނެވެ. މިއީ، ވުލްވްސްގެ ކުޅުންތެރިއަކު ހެދި ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ސަލާހު ޖެހި ލަނޑެކެވެ. އޭގެ ފަހުން، ސަލާހަށް ކައުންޓަ އެޓޭކުގައި ރަނގަޅަށް ފައިނަލް ޕާސް ނުދެވިގެން ފުރުސަތެއް ގެއްލުނުއިރު، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ސާ އަތަށެެވެ.

އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ވުލްވްސްގެ ބްރެޒިލް މިޑްފީލްޑަރު، އަންޑްރޭ ޖެހި ޝޮޓެއް ލިވަޕޫލްގެ ޖޯ ގޯމޭޒް ފައިގައި ޖެހިފައި ގޯލަށް ވަދެ، ވުލްވްސް އަށް މި ފަަހަރު ލީގުގައި ތިން ވަނަ މޮޅު ލިބުނީ އެވެ.

ވުލްވްސްގެ އޮތީ 30 މެޗުން 16 ޕޮއިންޓެވެ. ރޭގެ މެޗުން މޮޅުވެގެން ތިން ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ލިވަޕޫލުން ބަލިވުމާ އެކު، ލީގުގެ ފަސް ވަނައިގައި އޮތީ 29 މެޗުން 48 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox