ހޫދު ބަލިކޮށް ގާމާދޫކޮޅު މުބާރާތް ކާމިޔާބުކުރީ އިބޫ

ހޫދު ބަލިކޮށް ގާމާދޫކޮޅު މުބާރާތް ކާމިޔާބުކުރީ އިބޫ

ދިވެހި ސާފް ލީގުގެ މި އަހަރުގެ ތިން ވަނަ އިވެންޓު ކަމަށްވާ "ގާމާދޫކޮޅު"ގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހުސައިން އަރީފް (އިބޫ) ހޯދިއިރު ޖޫނިއާ ބައިގެ ޗެމްޕިއަންކަން ކަޔާން އަބްދުﷲ އަރީފް ހޯދައިފި އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މި މަހުގެ 14 ވަނަ ދުވަހު ކ. ހިންމަފުށީގައި ފެށި ގާމާދޫކޮޅު ސާފިން މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އީބޫ ހޯދީ ފައިނަލުގައި ހޫދު އަހުމަދު ބަލިކޮށްގެންނެވެ. ފައިނަލް ހީޓުގައި ޗެމްޕިއަން އިބޫ ވަނީ ދެ ރާޅުން 15.66ގެ ސްކޯއެއް ހޯދާފަ އެވެ. ހޫދު އަށް ހޯދުނީ 11.73ގެ ސްކޯއެކެވެ.

އިބޫ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި އާދަމް މުއީން އިބްރާހީމްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސެމީ ފައިނަލުގައި އިބޫ 16.00ގެ ސްކޯއެއް ހޯދިއިރު، މުއީން އަށް ހޯދުނީ 11.00ގެ ސްކޯއެކެވެ. ކުއާޓާ ފައިނަލުގައި 12.83ގެ ސްކޯއަކާއިއެކު އިބޫ ވަނީ ހަސަން ނާސިހުގެ މައްޗަށް ކުރި ހޯދާފަ އެވެ. ނާސިހުއަށް މި ހީޓުގައި ލިބުނީ 11.50ގެ ސްކޯއެކެވެ.

ފައިނަލުގައި ދެން ވާދަކުރި ހޫދު ސެމީ ފައިނަލުގައި މޮޅުވީ އިސްމާއިލް މިގްލާލް އަތުންނެވެ. ސެމީގައި ހޫދު 17.17ގެ ސްކޯއެއް ހޯދިއިރު، އިސްމާއިލް އަށް ލިބުނީ 7.37ގެ ސްކޯއެކެވެ. ކުއާޓާ ފައިނަލުގައި ހޫދު މޮޅުވީ އިބްރާހިމް އައިމަން އާރިފް އަތުންނެވެ.

2022 ވަނަ އަހަރުގެ ގާމާދޫކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން ހޯދީ އަހުމަދު އާގިލް (އައްމަޑޭ) އެވެ. މިއަހަރުގެ މުބާރާތުގެ ފަސްވަނަ ބުރުގައި ވާދަކޮށް އައްމަޑޭގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުއާޓާ ފައިނަލުގައި އައްމަޑޭ ވާދައެއް ނުކުރެ އެވެ.

ގާމާދޫކޮޅުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ކަޔާން އަބްދުﷲ އަރީފް ހޯދީ ފައިނަލުގައި ޔަސީން އަހުމަދު ނާޝިދުގެ މައްޗަށް 5.27ގެ ތަފާތަކުން ކުރި ހޯދައިގެންްނެވެ. ފައިނަލް ހީޓުގައި ކަޔާން 12.77ގެ ސްކޯއެއް ހޯދިއިރު، ޔަސީން އަށް ހޯދުނީ 7.50ގެ ސްކޯއެކެވެ.

ޗެމްޕިއަންކަން ހޯދި ކަޔާން ފައިނަލުން ޖާގަ ހޯދީ މި މުބާރާތުގައި ރަނގަޅު ފޯމެއްގައި ހުރި މުހައްމަދު އިނާން އަބްދުލްހަންނާން ބަލިކޮށްގެންނެވެ. ސެމީ ފައިނަލް ހީީޓުގައި ކަޔާން 11.83ގެ ސްކޯއެއް ހޯދިއިރު، އިނާން އަށް ހޯދުނީ 10.06ގެ ސްކޯއެކެވެ.

ޔަސީން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ޝާނިފް ޝަފީގް ބަލިކޮށްގެންނެވެ. ޔަސީން 11.84ގެ ސްކޯއެއް ހޯދިއިރު، ޝާނިފް އަށް ސެމީގައި ހޯދުނީ 8.53ގެ ސްކޯއެކެވެ.

ގައުމީ ސާފް ލީގުގައި ހިމެނެނީ ޖުމްލަ ފަސް އިވެންޓެވެ. ބާކީ އޮތީ އަންނަ ޖުލައި މަހުގެ 28 އިން އޮގަސްޓު 5އަށް ރ.ކިނޮޅަހުގައި އޮންނަ ހުރާކޮޅު ރާޅުގަނޑު އެވެ. އަދި މި އަހަރުގެ ވެސް އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް މާލޭގައި އޮންނާނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox