"މުލީކޮޅު ރާޅުގަނޑު" ގެ ޗެމްޕިއަންކަން ސްމައިލީ އަށް

Jul 28, 2024, 2:50 AM
"މުލީކޮޅު ރާޅުގަނޑު" ގެ ޗެމްޕިއަންކަން ސްމައިލީ އަށް

ސާފިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި ގައުމީ ސާފިން ލީގުގެ ދެ ވަނަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" ގެ ޗެމްޕިއަންކަން ގދ. ގައްދޫ އިސްމާއިލް ރަޝީދު (ސްމައިލީ) ހޯދައިފި އެވެ.

ސްމައިލީ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޔޫސުފް ކަޔާން ހަމްދާން ރަޝީދު ދެ ޕޮއިންޓްގެ ތަފާތުން ބަލިކޮށްގެންނެވެ.

އިއްޔެ ކުރިއަށްދިޔަ ފައިނަލް ހީޓު ސްމައިލީ ކާމިޔާބުކުރީ 13.00 ސްކޯ ކޮށްގެންނެވެ. ކަޔާން އަށް ލިބުނީ 11.00 ސްކޯ އެކެވެ. ފައިނަލް ހީޓުގައި ސްމައިލީ އެންމެ ރަނގަޅަށް އެޅީ ދެ ވަނަ އަދި ތިން ވަނަ ރާޅުގަ އެވެ. އޭނާގެ ދެ ވަނަ ރާޅުން ވަނީ 7.50 ސްކޯ ކޮށްފަ އެވެ. އަދި ތިން ވަނަ ރާޅުގައި ވަނީ 5.50 ސްކޯކޮށްފަ އެވެ.

ކަޔާން އެންމެ ރަނގަޅަށް ސްކޯ ކުރީ ފުރަތަމަ އަދި ދެ ވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުން އޭނާ ވަނީ 2.33 ސްކޯކޮށްފަ އެވެ. އަދި ދެވަނަ ރާޅުގައި 8.67 ސްކޯކުރި އެވެ.

މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އިނާން އަބްދުލް ހަންނާން އެވެ. އޭނާ ފައިނަލް ކާމިޔާބުކުރީ ޔާސީން އަހުމަދު ނާޝިދު ބަލިކޮށްގެންނެވެ.

ފައިނަލުގައި އިނާން ވަނީ 10.50 ސްކޯކޮށްފަ އެވެ. ޔާސީން އަށް ސްކޯކުރެވުނީ 7.67 އެވެ.

އިނާން އެންމެ ރަނގަޅަށް ސްކޯކުރީ ދެ ވަނަ ރާޅު އަދި ފަސްވަނަ ރާޅުގަ އެވެ. ދެ ވަނަ ރާޅުގައި އޭނާ ވަނީ 5.00 ސްކޯކޮށްފަ އެވެ. އަދި ފަސް ވަނަ ރާޅުގައި 5.50 ސްކޯކުރި އެވެ. ޔާސީން އެންމެ ރަނގަޅަށް ސްކޯކުރީ ދޭއް އަދި ތިން ވަނަ ރާޅުގަ އެވެ. ދެވަނަ ރާޅުގައި އޭނާ ވަނީ 3.50 ސްކޯ ކޮށްފަ އެވެ. އަދި ތިންވަނަ ރާޅުގައި 4.17 ސްކޯކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox