12 އަހަރަށް ފަހު ޑެހެއާ ޔުނައިޓެޑް ދޫކޮށްލުމާ ގާތަށް؟

Jun 17, 2023, 5:16 AM
12 އަހަރަށް ފަހު ޑެހެއާ ޔުނައިޓެޑް ދޫކޮށްލުމާ ގާތަށް؟

މެންޗެސްޓާ (ޖޫން 17) - މި މަހުގެ ނިޔަލަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި ސްޕެއިންގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ، 12 އަހަރަށް ފަހު، ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުން އިއްޔެ ނެރުނު އެ ކްލަބުން ކޮންޓްރެކްޓްގައި ދެމިތިބޭނެ ކުޅުންތެރިންގެ ލިސްޓުގައި ޑެހެއާ، 32، ގެ ނަމެއް ނެތެވެ. ލިސްޓް އާންމުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޔުނައިޓެޑުން ވަނީ ޑެހެއާގެ މުސްތަގުބަލާ ބެހޭގޮތުން ބަޔާނެއް ނެރެފަ އެވެ.

ޔުނައިޓެޑުން ބުނީ ޑެހެއާއާ އެކު އާ ކޮންޓްރެކްޓެއްގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެެވެ. އެކަމަކު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެއްބަސްވުން އާ ކުރިޔަސް ޔުނައިޓެޑްގެ އެއް ވަނަ ކީޕަރުގެ މަގާމު ޑެހެއާ އަށް ޔަގީންނުވާތީ އޭނާ އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.

ޑެހެއާ، ޔުނައިޓެޑަށް ބަދަލުވީ އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު އެވެ. ޔުނައިޓެޑުން ވަނީ އޭރު ޑެހެއާ ގަންނަން އެތުލެޓިކޯ އަށް 18 މިލިއަން ޕައުންޑް (24 މިލިއަން ޑޮލަރު) ދީފަ އެވެ. ޑެހެއާ، ޔުނައިޓެޑް ދޫކޮށްލުމާ އެންމެ ގާތަށް ދިޔައީ 2015 ވަނަ އަހަރު އެވެ. އެ ފަހަރުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ޑެހެއާ އަށް ރެއާލް މެޑްރިޑަށް ސޮއިނުކުރެވުނީ ޔުނައިޓެޑުން ފަހު ވަގުތު ރެއާލަށް ބޭނުންވާ ލިޔެކިޔުންތައް ފެކްސް ނުކުރުމުންނެވެ. އޭގެ ފަހުން، ދޮޅު އަހަރެއްހާ ދުވަހުގެ މުއްދަތަށް ޔުނައިޓެޑާއި ޑެހެއާގެ ގުޅުން ހީނަރުވި އެވެ.

މިދިިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗުކަމާ ނެދަލެންޑްސްގެ އެރިކް ޓެން ހާގް ހަވާލުވި ފަހުން، ޑެހެއާގެ މުސްތަގުބަލާ ބެހޭގޮތުން އެކި ފަހަރު މަތިން މީޑިއާގެ ސުވާލުތައް ކުރިމަތިވި އެވެ.

ޕްރިމިއާ ލީގުގެ މޮޅު ކީޕަރަށް ދޭ "ރަން އަންގި" މިދިޔަ ސީޒަނުގައި ހޯދި ޑެހެއާ އަށް ޔުނައިޓެޑްގެ އެއް ވަނަ ކީޕަރުގެ ގޮތުގައި އެ ކްލަބްގައި މުސްތަގުބަލެއް އޮތްކަމުގެ ޔަގީން ޖަވާބެއް ނުދީ ޓެން ހާގް ބުނީ ކުރިއަށް އޮތް ޓްރާންސްފާގައި ޔުނައިޓެޑުން އާ ކީޕަރެއް ހޯދާނެ ކަމަށެވެ.

އެއާ އެކު، މި ފަހަރުގެ ޓްރާންސްފާގައި ޑެހެއާ އެހެން ކްލަބަކާ ގުޅުމުގެ ފުރުސަތު އޮތީ ބޮޑުވެފަ އެވެ.

ޔުނައިޓެޑުން އާ ކީޕަރެއް ހޯދަން ފާރަލަމުން އަންނަނީ، ބަޔާން މިއުނިިކްގައި ހުރި ސްވިޒަލެންޑްގެ ޔެން ސޮމާ، އިންޓަ މިލާނަށް ކުޅެމުން އަންނަ ކެމަރޫންގެ އަންދްރޭ އޮނާނާގެ އިތުރުން ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އަންނަ ޑިއޮގޯ ކޮސްޓާ އަަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox