ޑޯޓްމަންޑަށް ކުޅުނު ދާހޫދު ބްރައިޓަން އަށް

Jun 17, 2023, 4:11 AM
ޑޯޓްމަންޑަށް ކުޅުނު ދާހޫދު ބްރައިޓަން އަށް

ބްރައިޓަން (ޖޫން 17) - ޖަރުމަނުގެ ބޮޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު މަހުމޫދު ދާހޫދު، އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އަށް ބަދަލުވާ ގޮތަށް ހުރިހާ ކަމެއް ހަމަޖެހިއްޖެ އެވެ.

އުމުރުން 27 އަހަރުގެ ދާހޫދު، ރަސްމީކޮށް ބްރައިޓަން އަށް ބަދަލުވާނީ ޖުލައި އެއް ވަނަ ދުވަހު އެވެ. އެއީ މި މަހުގެ ނިޔަލަށް އޭނާ ބޮރޫޝިއާ ޑޯޓްމަންޑާ އެކު ހަދާފައިވާ އޮތް އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފާއެއްގަ އެވެ. ދާހޫދުގެ އިތުރުން މިދިޔަ އަށް އަހަރު ލިވަޕޫލަށް ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު، ޖޭމްސް މިލްނާ ވެސް ހިލޭ ޓްރާންސްފާއެއްގައި ބްރައިޓަން އަށް ބަދަލުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީ ވަނީ ދާހޫދުގެ ސޮއި ލިބުމުން އެކަމާ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. ޑި ޒާބީ ބުނީ އޭނާ އިޓަލީގެ ސަސުއޯލޯ އަށް ކޯޗުކޮށްދިންއިރު ވެސް ދާހޫދު ގަންނަން ބޭނުންވި ކަމަށެވެ.

Advertisement

ޑޯޓްމަންޑަށް 2017 ވަނަ އަހަރު ބަދަލުވުމުގެ ކުރިން، ދާހޫދު ކުޅެފައިވަނީ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަށެވެ.

ބްރައިޓަން އަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާ ވަނީ 50 މިލިއަން ޑޮލަރުގެ ފީ އަކަށް ލިވަޕޫލަށް ސޮއިކޮށްފަ އެވެ. މީގެ އިތުރުން، ބްރައިޓަން ޓީމުގައި ހިމެނޭ އެކުއެޑޯގެ މިޑްފީލްޑަރު، މޮއިސަސް ކައެސޭޑޯ އަންނަނީ ޗެލްސީ އަށް ބަދަލުވާން އެ ޓީމާ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox