ހުލާސާކޮށް އިއްޔެ: ފޯން ކޯލުން މަޖިލީސް ހިންގުން

Jun 15, 2023, 1:21 AM
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، މަޖިލީހުގެ ރިޔާސަތުގައި. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، މަޖިލީހުގެ ރިޔާސަތުގައި. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދަން އިއްޔެ ބޭއްވި ޖަލްސާ ކުރިއަށް ގެންދިޔުމަށް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުން ހުރަސް އަޅައި ނިޒާމު ގެއްލުވާލި ވަގުތު، ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ލިބިވަޑައިގެންނެވި ފޯނު ކޯލަށް, "ނިންމާލަނީ" ކަމަށް ވިދާޅުވެ ޖަވާބު ދެއްވުމަށް ފަހު ޖަލްސާ ނިންމާލެއްވި އެވެ.

މަޖިލީހުގެ ޖަލްސާ ހިނގަމުންދާއިރު ރިޔާސަތުގައި އިންނެވި ބޭފުޅަކު މީގެ ކުރިން ފޯނު ނަންގަވައި ވާހަކަ ދެއްވި މަންޒަރު ފެނިފައެއް ނުވެ އެވެ.

އަފީފަށް ލިބިވަޑައިގެންނެވި ފޯނު ކޯލަކީ، ބައެެއް މީހުން ގަބޫލުކުރާ ގޮތުގައި، ރިޔާސަތު ބެލެހެެއްޓެވުމަށް ތަނާޒުލުވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އަފީފު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތަޅުމުގައި ވަޑައިގެން ނެތުމުންނެވެ. އެފަދަ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވަން އަފީފާ ހަވާލު ކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އިއްޔެ ޖަލްސާގައި މެމްބަރުންގެ އަރައިރުން ބޮޑުވުމުން، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަަން މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު ވެސް އެ އަރަައިރުން އުފެދުނު މައްސަލައާ މެދު އޮތީ ގޮތެއް ނުނިމި އެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނާއި އެޕާޓީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރައްވާ މެމްބަރުންނާ ދެމެދު އަރައިރުމެއް ފެށުނީ ކޮމިޓީތަކުގެ އެކުލެވުން ބަދަލުކުރުމުގެ މައްސަލައިގަ އެވެ.

ކޮމިޓީތަކުގެ މައްސަލަ އެޖެންޑާއިން ނުނަގައި މަޖިލިސް ޖަލްސާ ކުރިއަށްގެންދިޔުމަށް އެ މެމްބަރުން ހުރަސް އަޅުއްވައި އިހުތިޖާޖު ކުރެއްވި އެވެ. އަދި, ރިޔާސަތުގެ މޭޒުކޮޅު ކުރިމައްޗަށް ވަޑައިގެން އަޑު ގަދަ ކުރެއްވި އެވެ. އެހެން ނަމަވެސް, އެ މެމްބަރުންގެ ނަންތައް އިއްވާފައި ނުވެ އެވެ.

ނިޒާމު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް އަފީފަށް ކުއްލި ގޮތަކަށް ފޯނު ކޯލެއް ލިބުނު މަންޒަރު މަޖިލީހުގެ ލައިވް ފީޑުން ފެނެ އެވެ. އަދި, ރިޔާސަތުގައި އިންނަވައި ފޯނު ކޯލަށް ޖަވާބު ދެއްވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއިން އިން ހިއުމަން ރައިޓްސް ކޮމިޝަނަށް ދިޔުމުން، އެ ޕާޓީގެ އިސް ފަރާތްތަކާ ބައްދަލު ނުކޮށް އެތައް ގަޑިއިރެއް އެ ބޭފުޅުން އެ ކޮމިޝަންގެ ތެރޭގައި ހޭދަކުރެއްވެވި އެވެ. އެ ކަމާ ގުޅޭ ގޮތުން، ޕީޕީއެމްގެ ނައިބު ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ،

ރާއްޖޭގެ ޑިމޮކުރެސީގެ ހަޔާތުގައި މިއަދަކީ ހަޑި ދުވަހެއް، ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅަންދިޔަ ބަޔަކު ނެރެން ފުލުހުން ފޮނުވަންޖެހޭ ހިސާބަށް ކަންކަން ދިޔައީމަ،"

ދުވަހުގެ ފޮޓޯ

އިއްޔެގެ މަޖިލީހުގެ ޖަލްސާ ހުއްޓާލަން އައި ފޯން ކޯލް ނެގުމަށްޓަކައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، އޭނާގެ ޖީބުން ފޯނު ނަންގަވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
އިއްޔެގެ މަޖިލީހުގެ ޖަލްސާ ހުއްޓާލަން އައި ފޯން ކޯލް ނެގުމަށްޓަކައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، އޭނާގެ ޖީބުން ފޯނު ނަންގަވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

އިއްޔެގެ މަޖިލީހުގެ ޖަލްސާ ހުއްޓާލަން އައި ފޯން ކޯލް ނެގުމަށްޓަކައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، އޭނާގެ ޖީބުން ފޯނު ނަންގަވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox