ޖަލްސާ ނިންމަން އަފީފަށް ކޯލެއް، ފޯނު ނަންގަވައި ވިދާޅުވީ ނިންމާލަނީ ކަމަށް

ރިޔާސަތުގައި އިންނަވައި އަފީފަށް ފޯނު ކޯލު އައުމުން އަފީފް ފޯނު ނަންގަވަނީ. ޖަވާބުގައި ވިދާޅުވީ ނިންމާލަނީ ކަމަށް.

ރިޔާސަތުގައި އިންނަވައި އަފީފަށް ފޯނު ކޯލު އައުމުން އަފީފް ފޯނު ނަންގަވަނީ. ޖަވާބުގައި ވިދާޅުވީ ނިންމާލަނީ ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލިބިވަޑައިގެންނެވި ފޯނު ކޯލެއް ރިޔާސަތުގައި އިންނަވައި ނެންގެވުމަށް ފަހު "ނިންމާލަނީ" ކަމަށް ވިދާޅުވެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ޖަލްސާ ނިންމަވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އަފީފު ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތަޅުމުގައި ވަޑައިގެން ނެތުމުންނެވެ. އެފަދަ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވަން އަފީފާ ހަވާލުކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަދުގެ ޖަލްސާ ގައި މެމްބަރުންގެ އަރައިރުން ބޮޑުވުމުން، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަަން މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު ވެސް އެ އަރަައިރުން އުފެދުނު މައްސަލައާ މެދު އޮތީ ގޮތެއް ނުނިމި އެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނާއި އެޕާޓީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރައްވާ މެމްބަރުންނާ ދެމެދު އަރައިރުމެއް ފެށުނީ ކޮމިޓީތަކުގެ އެކުލެވުން ބަދަލުކުރުމުގެ މައްސަލައިގަ އެވެ.

Advertisement

ކޮމިޓީތަކުގެ މައްސަލަ އެޖެންޑާއިން ނުނަގައި މަޖިލިސް ޖަލްސާ ކުރިއަށްގެންދިޔުމަށް އެ މެމްބަރުން ހުރަސް އަޅުއްވައި އިހުތިޖާޖު ކުރެއްވި އެވެ. އަދި, ރިޔާސަތުގެ މޭޒުކޮޅު ކުރިމައްޗަށް ވަޑައިގެން އަޑު ގަދަ ކުރެއްވި އެވެ. އެހެން ނަމަވެސް, އެ މެމްބަރުންގެ ނަންތައް އިއްވާފައި ނުވެ އެވެ.

ނިޒާމު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް އަފީފަށް ކުއްލި ގޮތަކަށް ފޯނު ކޯލެއް ލިބުނު މަންޒަރު މަޖިލީހުގެ ލައިވް ފީޑުން ފެނެ އެވެ. އަދި, ރިޔާސަތުގައި އިންނަވައި ފޯނު ކޯލަށް ޖަވާބު ދެއްވި އެވެ.

ފޯނަށް ޖަވާބު ދެއްވައި "އާދެ. ނިންމާލަނީ. ނިންމާލަނީ," ވިދާޅުވެ ފޯނު ބޭއްވުމަށް ފަހު މަޖިލީހުގެ ނިޒާމު ގެއްލިފައިވާތީ އަފީފް ޖަލްސާ ނިންމާލެއްވި އެވެ.

މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވަނިކޮށް މައިކް އަތުލައި ހަޅޭލަވަމުން ގެންދެވި އިރު ވެސް އެއްވެސް މެމްބަރެއްގެ ނަން މިއަދު އަފީފް އިއްވާފައި ނުވެ އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ތަކުރާރުކުކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މަޖިލިސް ޖަލްސާތައް އާދައިގެ މަތިން ކުރިއަށް ނުދާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. ނަޝީދާއި އީވާ ވެސް ރިޔާސަތާއި ހަވާލު ނުވާތީ އިންނަވަނީ އަފީފެވެ. އޭގެ ސަބަބުން, އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް މަޖިލިސް ތެރޭގައި އިހުތިޖާޖުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox