އަދީބުއާ ބައްދަލެއް ނުކުރަން، ދޮގު ހެކި ދިން މައްސަލަ ކޯޓަށް ހުށަހަޅާނަން: ބޮންޑޭ

މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) : ވިދާޅުވީ އަދީބު އާ ބައްދަލެއް ނުކުރަން،  ދޮގު ހެކި ދިން މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) : ވިދާޅުވީ އަދީބު އާ ބައްދަލެއް ނުކުރަން، ދޮގު ހެކި ދިން މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ "ޑީލް" ހަމަޖެއްސުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައްދަލުކުރެއްވި ކަމަށް ބުނެ އިއްޔެ އަދީބު ކްރިމިނަލް ކޯޓުގައި ދިނީ ދޮގު ހެކިބަސް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބޮންޑެ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނަށް މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ، އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ ކޮށްފައިވެ އެވެ.

މި މައްސަލާގައި ހެކިބަސް ދެއްވަމުން މި މުއާމަލާތް ހިނގިއިރު ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަދީބު ވިދާޅުވީ، އެންމެ ފުރަތަމަ ދުބާއީ ކުންފުނި ހިންގަމުން ދިޔަ ބާރުގަދަ އިންޑިއާގެ ވިޔަފާރިވެރިންތަކާ ފުރަތަމަ ބައްދަލުކުރެއްވި އިރު އެ ބައްދަލުވުމުގައި މެންބަރު ރަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

Advertisement

މިކަމާ ގުޅިގެން ބޮންޑެ "އަދަދު" އަށް ވިދާޅުވީ، ދައުލަތުގެ ހެއްކެއްގެ ގޮތުން އަދީބު އިއްޔެ ޝަރީއަތުގައި ހެއްދެވީ ދޮގެއް ކަމަށެވެ. ދޮގު ހެކިބަސް ދިނުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށާއި އެ މައްސަލަ ބަޔާންކޮށް ކްރިމިނަލް ކޯޓުގެ ގާޒީއަށް ސިޓީއެއް ފޮނުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ އޭނަޔާ [އަދީބު] އާ އެންމެ ފަހުން ބައްދަލުވެފަ އޮންނާނީ މީގެ ގާތްގަނޑަކަށް އެތައް އަހަރެއް ކުރިން، ރައީސް ނަޝީދުގެ ވެރިކަމުގައި އޭނަ ޖަމްއިއްޔާއެއްގެ ފަރާތުން، ހަދާންވަނީ ވިޔަފާރިވެރިން ޖަމްއިއްޔާހެން.. ކޮމިޓީއަށް ހާޒިރުވިއިރު.. އޭގެ ފަހުން އޭނަޔާ ދިމައެއް ނުވޭ" ބޮންޑޭ މިއަދު ވިދާޅުވި އެވެ.

'އެވަރު ބޮޑު ދޮގުފުޅެއް ހައްދަވަން ނުވާނެ ނޫންތޯ' ބޮންޑެ ވިދާޅުވި ގޮތުން ފުއްގިރި ގަތް ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ނުވަތަ މަންދޫބެއްގެ ގޮތުން ހަރަކާތްތެރިވި ނަމަވެސް ޓޫރިޒަމް މިނިސްޓްރީއަށް ނުދާ ކަމަށާއި، އެކަމަށް އެތަނުގެ މުވައްޒަފުން ހެކިވާނެ ކަމަށާއި ސެކިއުރިޓީ ފުޓޭޖުތައްވެސް ބަލަންވީ ކަމަށެވެ. އަދި، އަދީބު މަޖިލީހުގެ މެންބަރެއްގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުއްގިރި މައްސަލާގައި ބޮންޑޭ ކުޅުނު ދައުރު ތަފުސީލު ކޮށްދެއްވަމުން ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ އޭނާ ވިޔަފާރީގާ އުޅުއްވާތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. އެގޮތުން, ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައިވެސް ރަށްރަށް ގަތުމުގެ މުއާމަލާތްތަކުގައި މެދުވެރިއެއްގެ ގޮތުން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"ވިލިވަރު ބިޔާދޫއަށް 11 ބައެއް ބިޑުކުރި އިރުގައި އަޅުގަނޑު ބިޑުކުރިން ރިޒް ކާލްޓަން-މެރިއޮޓާ އެކީ، އިންޓަނޭޝަނަލަ ހޮޓެލް ޗެއިންތައް ގެނެސްގެން ފުރަތަމަ އަޅުގަނޑުމެން އުޅުނީ، އޭގަ [އެއްބަސްވުމުގައި] އެމްޑީއެއްގެ ހައިސިއްޔަތުން ސޮއިވެސްކޮށްފަ އިންނާނީ އަޅުގަނޑު، މިކަހަލަ ކަންކަމުގައި އަޅުގަނޑު އުޅޭކަން މީހުންނަށް އިނގޭނެ" އޭނާ ވިދާޅުވި އެވެ.

އަދި، މިދިޔަ މަޖިލީހުގައި އޭނާ ނޫޅުއްވާކަން ފާހަގަކުރައްވާ ބޮންޑޭ ވިދާޅުވީ އެ ފަސް އަހަރު އޭނާ ބޮޑަށް މަސައްކަތް ކުރީ ފަތުރުވެރިކަމުގެ ދާއިރާގައި އޮތް އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން, ފުއްގިރި ގަތް ކުންފުނިން ރާއްޖެއަށް އިންޓަނޭޝަނަލް ބްރޭންޑެއް ގެންނަން ބޭނުންވެގެން އެޕްރޯޗުކުރި ކަަމަށާއި، ވިޔަފާރީގެ އެކުވެރިކަމުގެ ތެރެއިން ބޮންޑެ މަންދޫބެއްގެ ގޮތުގައި އައްޔަންކުރެވުނީ ކަމަށްވެސް ވިދާޅުވި އެވެ.

"އެމީހުން ބޭނުންވި ފުރަތަމަ ރަށެއް ނުލިބުނު، ދެވަނަ ރަށެއްވެސް ނުލިބުނު، ތިންވަނަ ރަށަކީ މީ [ފުއްގިރި]، ދެން އެދޭތެރެއިން މޭޑޭގަ އަޅުގަނޑު ޖަލަށްވެސް ލައިފި، ދެން މިތަނަށް ފުރަތަމަ ދެއްކި ފައިސާ ދައުލަތުން ނެގީ، 150،000 ޑޮލަރުގެ ޕޭމަންޓެއް ނެގީ، ނެގީމަ އަޅުގަނޑު އެ މައްސަލަ މިނިސްޓްރީ އަށާއި އޭސީސީއަށް ޖެއްސީ" އެކަން ތަފްސީލު ކުރަމުން ބޮންޑޭ ކިޔައިދިނެވެ.

އޭނާ ވިދާޅުވި ގޮތުން ފުއްގިރި މައްސަލަ ފަޅާއަރުވާލީ ނުވަތަ ވިސުލްބްލޯކުރީ އޭނާ އެވެ. އޭރު އޭސީސީގައި ފައިލްކުރި މައްސަލައާއި، ދިން ބަޔާންތައް އަދިވެސް ހުންނާނެ ކަމަށާއި މި މައްސަލާގައި މިއަދާ ހަމައަށް ވެސް ބޮންޑެއާ ސުވާލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެނެއް ނޫން، ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަޅުގަނޑު ޖަހާފަ އޮވޭ އަބަދުވެސް.. ހެއްކެއް ގޮތުގައި އޮވެފަ އަޅުގަނޑު ގެންގޮސްގެންތާ ސާފުވާނީ ކަން ހިނގި ގޮތް، ރަސްމީކޮށް އެހުރީ އަޅުގަނޑު މިނިސްޓްރީއަށް ފޮނުވި ސިޓީތައް، ސިއްރުން ކުރި ކަމެއް ނޫން މިއީ، އެވަރުގެ ފައިސާއަކަށް ހިޔާނާތްތެރިވީމަ އަޅުގަނޑުގެ ޒިންމާގެ ދަށުން އޮންނާނީ ރިޕޯޓު ކޮށްފަ،" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރައްވާގޮތުން އަދީބު ލައްވާ އިއްޔެ ދެއްކި ވާހަކަތަކަކީ ސިޔާސީ ގޮތުން ދެކެވުނު ވާހަކަތަކެއް ކަމަށެވެ. ބޮންޑޭ އަކީ އެމްޑީޕީ ދޫކޮށް އެ ޕާޓީގެ ރައީސް އިސްވެ އުފައްދަވާ އާ ޕާޓީ، ދަ ޑިމޮކްރެޓްސްއާ ގުޅުނު 13 މަޖިލިސް މެންބަރުންގެ ތެރެއިން އެއް މެންބަރެވެ.

ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު މި ހިޔާނާތުގައި ބޮންޑޭގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. ބޮންޑޭއަށް ލިބިފައި ހުރި މައުލޫމާތުތައް ހެކިބަހުގެ ގޮތުގައި އަދާކުރުމަށް ދައުލަތުން ވަނީ އޭނާ ހެކިވެރިޔެއްގެ ގޮތުގައި ހުށަހަޅާފަ އެވެ.

އިއްޔެގެ ޝަރީއަތުގައި ފުއްގިރީގެ ބައްދަލުވުމުގައި މެންބަރު ރަޝީދު ބައިވެރިވެވަޑައިގަތީ ކޮން ހައިސިއްޔަތަކުންތޯ، ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް އަދީބާ ސުވާލު ކުރެއްވި އެވެ. އެ ސުވާލުގެ ޖަވާބުގައި އަދީބު ވިދާޅުވީ ބޮންޑެ ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ނުވަތަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެއްބަސްވި އަގަކީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް ކްރިކް ރިޒާ މެދުވެރިކޮށް ފަހުން ގެންދިޔަ މަޝްވަރާތަކަށް ފަހު ހަތަރު ލައްކަ ޑޮލަރަށް ތިރިކުރަން ވެސް އެދުނު ކަމަށް އަދީބު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox