ތޮއްޑޫގެ ތަރައްގީގެ ވިސްނުން އެހެން ހަރުފަތެއްގައި

އއ. އަތޮޅުގައި ވަކިން އޮންނަ ތޮއްޑޫ: ރާއްޖޭގެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނި ވަނީ ތޮއްޑޫގައި އުފައްދައި -- އަދަދު ފައިލް ފޮޓޯ

އއ. އަތޮޅުގައި ވަކިން އޮންނަ ތޮއްޑޫ: ރާއްޖޭގެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނި ވަނީ ތޮއްޑޫގައި އުފައްދައި -- އަދަދު ފައިލް ފޮޓޯ

އއ. އަތޮޅުގައި މުޅިން ވަކިން އޮތް ދެ ހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ތޮއްޑޫއަކީ އަބަދުވެސް ނަން ވިދާ ރަށެވެ. ލާމަރުކަޒީ ގާނޫނުން ލިބުނު ބާރުތަކުގެ ތެރެއިން، ތަރައްގީގެ ވިސްނުމުގައި އެންމެ ކުރީގައި ނަމޫނާ ދައްކަމުންދާ ރަށަކީ ތޮއްޑޫ އޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ތަރައްގީ ގެނައުމުގައި ގެންގުޅުނު ބޯދާ ވިސްނުން ބަދަލުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދައި އަމިއްލަ ފައި މައްޗަށް ހިންދަމާލުމުގެ މަސައްކަތް ތޮއްޑޫއިން ފަށައިފަ އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ 70 ވަނަ މާއްދާގެ ދަށުން ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (ޓީއެލްއޭސީ) އުފެއްދީ ކައުންސިލް އިން ހުރިހާ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށްވުރެ ކުންފުންޏަކުން ހިދުމަތްތައް ދިނުމުގައި ބޮޑެތި ފަސޭހަ ތަކެއް ލިބިގެންދާނެތީ އާއި ވިޔަފާރީގެ ފުރުސަތުތައް ވެސް އެކަމުން ފަހިވެގެން ދާނެތީ އެވެ.

"އެ ކުންފުނި ވާނީ 100 ޕަސެންޓް ކައުންސިލުގެ ކުންފުންޏަކަށް، ކުންފުނީގެ ބޯޑުގައި ކައުންސިލުގެ މެންބަރަކު ހިމެނޭނެ، ކުރިއަށް އޮތް ތަނުގައި ކައުންސިލްގެ ދައުރަކަށް ވާނީ ރެގިއުލޭޓް ކުރުން،" ކަރަމް ވިދާޅުވި އެވެ.

Advertisement
ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ކައުންސިލުގެ ބައެއް މަސައްކަތްތައް ހަވާލުކުރުން -- ފޮޓޯ ޓީއެލްއޭސީ
ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ކައުންސިލުގެ ބައެއް މަސައްކަތްތައް ހަވާލުކުރުން -- ފޮޓޯ ޓީއެލްއޭސީ

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ކައުންސިލުގެ ބައެއް މަސައްކަތްތައް ހަވާލުކުރުން -- ފޮޓޯ ޓީއެލްއޭސީ

ކަރަމް ވިދާޅުވި ގޮތުގައި ޓީއެލްއޭސީ އާ ހަވާލު ކުރާނެ ވިޔަފާރީގެ 13 ހަރަކާތެއް ކައުސިލުން ނިންމައި، ތިން ކަމެއް މިހާރު ވަނީ ކުންފުންޏާއި ހަވާލުކޮށްފަ އެވެ. ކުނި މެނޭޖުކޮށް ބެލެހެއްޓުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި ޓޫރިސްޓް ބީޗްތައް ތަރައްގީކޮށް ބެލެހެއްޓުން ވަނީ ޓީއެލްއޭސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތްތައް ޓީއެލްއޭސީން އަމަލީ ގޮތުން ވަނީ ފަށައިފަ އެވެ.

"ކައުންސިލްގެ ބެއެއް އެސެޓްތައް ވެސް ކުންފުންޏާއި ވާނީ ހާވާލުކޮށްފައި، ކުންފުންޏަށް އެ ކަންކަމުން އާމްދަނީ ވެސް ހޯދޭނެ،" ކަރަމް ވިދާޅުވި އެވެ.

ޓީއެލްއޭސީ އިން ކުރާނެ ކަންތައްތައް

  • ތޮއްޑޫގައި ތަރައްގީ ކުރެވޭ މިއުޒިއަމް ބަލަހައްޓައި ހިންގުން
  • ތޮއްޑޫގެ ކުނި މެނޭޖުކޮށް ބެލެހެއްޓުން
  • ތޮއްޑޫގެ ބަނދަރުގެެ ހިދުމަތް މެނޭޖުކުރުން
  • "ތޮއްޑޫ މޯލްޑިވްސް" ބްރޭންޑްގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރުން
  • ތޮއްޑޫ މަގުތައް މަރާމާތުކޮށް ބެލެހެއްޓުން
  • ތޮއްޑޫގެ ޕާކުތައް ބެލެހެއްޓުން
  • ތޮއްޑޫގެ ޓޫރިސްޓް ބީޗްތައް ތަރައްގީކޮށް ބެލެހެއްޓުން
  • ތޮއްޑޫގައި ދެމެހެއްޓެނިވި ގޮތެއް ގައި ދަނޑުވެރިކަންކުރުމަށް ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުން
  • ތޮއްޑޫގައި ކޮންވެންޝަން ސެންޓަރެއް ގާއިމުކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުލި ދައްކައިގެން ވިޔަފާރިކުރެވޭނެ ފުރުސަތު ހުޅުވާލުން
  • ތޮއްޑޫގައި ފައިބާ ލިންކް ނެޓްވޯކް އަޅައި މެނޭޖުކުރުން
  • ތޮއްޑޫގައި ނާސަރީއެއް ގާއިމުކޮށް ހިންގުން
  • ތޮއްޑޫގައި ޑޭކެއާ ސެންޓަރެއް ގާއިމުކޮށް ހިންގުން
  • ތޮއްޑޫގެ ޕްރީ ސްކޫލް ހިންގުން

ޓީއެލްއޭސީ އިން ގެންގުޅޭ ފައިސާ ހޯދުމުގެ ވިސްނުން ވެސް ތަފާތު

ރާއްޖޭގައި އޯޕަން އެކްސްސެސް ނެޓްވޯކް އަޅައި ފުރަތަމަ ސްމާޓް ރަށަށް ތޮއްޑޫ ހެދުމަށް، 10 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓެއް ބޭނުންވެ އެވެ. ޓީއެލްއޭސީ އިން މި ފައިސާ ހޯދަން ނިންމާފައި ވަނީ ކެޕިޓަލް މާކެޓް މެދުވެރިކޮށް ނުވަތަ ރާއްޖެ އާއި ރާއްޖެ އިން ބޭރަށް ހުޅުވާލެވޭ ޕްރައިވެޓް ޕްލޭސްމަންޓަކުންނެވެ. މި ކަމުގައި ލަފާ ދީ ފަންޑު ހޯދުމަށް ބޭނުން ވާނެ ހުރިހާ ކަމެއް ކުރުމަށް ލީޑް މެނޭޖަރެއް ހޯދަން ޓީއެލްއޭސީން ވަނީ އިއުލާނު ކޮށްފަ އެވެ.

"އޯޕަން އެކްސްސެސް ނެޓްވޯކް މެދުވެރިކޮށް ވަރަށް ގިނަ ހިދުމަތް ތަކެއް ފޯރުކޮށް ދެވިފައި، އާންދަނީ ވެސް ހޯދޭނެ، އަޅުގަނޑުމެން މި ބަދަލީ ދިރާގު، އޫރިދޫ އަދި މީޑިޔާ ނެޓުން ވެސް މި ނެޓްވޯކް ބޭނުން ކުރާނެ ކަމަށް، ބިލުތަކުން 20 ނޫނީ 25 ޕަސެންޓް ލިބޭ ކަމަށް ވަންޏާ، އެއީ ރަނގަޅު އާމްދަނީއަކަށް ވާނެ،" ކަރަމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަކަށް އޯޕަން އެކްސްސެސް ނެޓްވޯކެއް ގާއިމުކޮށްފައި ވަނީ އާބަންކޯ އިން ހުޅުމާލޭގަ އެވެ. ތޮއްޑޫ ކައުންސިލުން ވަނީ އެ ރަށުގައި އޯޕަން އެކްސްސެސް ނެޓްވޯކެއް އަޅައި ހިންގުމަށް ބޭނުންވާ ފަންނީ އެހީ ހޯދުމަށް އާބަން ކޯއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

ފުޅާދާއިރާ އެއްގައި ދަނޑުވެެރިކަން ކުރާ 172.6 ހެކްޓަރުގެ ތޮއްޑޫ އަކީ ލޯކަލް ޓޫރިޒަމް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ރަށެވެ. "ފްރުޓް އައިލެންޑް" ގެ ގޮތުގައި ގިނަ ޓޫރިސްޓުން ފާހަގަ ކުރާ ތޮއްޑޫގައި 58 ގެސްޓް ހައުސް ހިންގަމުން އަންނައިރު، އިތުރު ތިރީހަކަށް ގެސްޓު ހައުސް އަންނަނީ ހަދަމުންނެވެ.

ސަރުކާރަށް ހުރިހާ ކަމެއްގައި ބަރޯސާވުމުގެ ވިސްނުން ދޫކޮށް، އަމިއްލަ އަށް ފައިސާ ހޯދައިގެން ގިނަ ކަންތަކެއް ކުރެވިދާނެ ކަން ތޮއްޑޫ ކައުންސިލުން ގަބޫލު ކުރެ އެވެ. ލާމަރުކަޒީ ގާނުނޫގެ ދަށުން ތޮއްޑޫ ކައުންސިލުން ކުރިއަށް އެޅި މި ފިޔަވަޅަކީ، ނަމޫނާ ފިޔަވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox