މަޖިލީހުގެ އަމީން އާންމާއި ކައުންސެލް ޖެނެރަލްގެ ގަދަރު ކުޑަނުކުރަން ނަޝީދުގެ އިލްތިމާސެއް

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މަޖިލީހުގެ ޖަލްސާއެއްގައި ސިޓީއެއް އިއްވަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މަޖިލީހުގެ ޖަލްސާއެއްގައި ސިޓީއެއް އިއްވަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމެއް އިންތިޒާމު ނުކުރައްވާތީ އަމީން އާއްމު ފާތިމަތު ނިއުޝާއަށާއި ކައުންސެލް ޖެނެރަލަށް އެމްޑީޕީން ފާޑު ކިޔައި، އެޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އެ ދެބޭފުޅުންނަށް ފުރައްސާރަކުރަން ފެށުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައިގެ ނޯޓިސް މިއަދު ވަނީ ހަމަ ވެފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ މަޖިލީހަށް އެޖެންޑާ ނުކުރަނީ އާއްމު ކޮމިޓީން އެ މައްސަލަައިގެ ބަހުސްގެ ވަގުތު ކަނޑަނާޅާތީ އެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް ނުބާއްވަނީ ، އެމްޑީޕީގެ މެމްބަރުންތަކެއް އެޕާޓީން ވަކިވެވަޑައިގެންނެވުމުން ކޮމިޓީތައް އަލުން އެކުލަވައިލަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

އެމްޑީޕީން ދެކެނީ ކޮމިޓީތައް އަލުން އެކުލަވާލައި މަޖިލީހުގެ ތަޅުމުން ފާސްކުރުމާ ހަމައަށް މިހާރު އޮތް ގޮތަށް ކޮމިޓީތައް ހިންގޭނެ ކަމަށެވެ. އަމީން އާއްމު ނިއުޝާއަށާއި ކައުންސެލް ޖެނެރަލަށް އެމްޑީޕީގެ އެކްޓިވިސްޓުން ފާޑުކިޔަނީ ނަޝީދުގެ ރައުޔާ އެއްގޮތަށް އާއްމު ކޮމިޓީ ހުއްޓުވާފައި ބާއްވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ލެޑަހެޑްގައި ނަޝީދު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އަމީންއާއްމާއި ކައުންސެލް ޖެނެރަލަކީ މުސްތަގިއްލު ދެ މަގާމު ކަމަށެވެ. މަޖިލީހުގެ ގަދަރާއި ޝަރަފު އަމީންއާއްމު ހިފަހައްޓަވަން ޖެހޭ ހާއްސަ ވަގުތުތަކެއް މަޖިލީހުގެ ގަވައިދުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...ހާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނުހުންނަ ހާލަތުގަ އެވެ،" ބަޔާނުގައި ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސާއި ނައިބުރައީސް ވެސް ވަކިކުރަން ހުށަހަޅާފައިވާ ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ހިންގަން ޖެހޭ އިޖުރާއަތްތައް މަޖިލީހުގެ ގަވައިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ އިޖުރާއަތްތައް މަޖިލީހުގެ މެމްބަރުންނަށް ބުނެދިނުމުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވެން އޮތީ ގަވައިދު ބުނާ ގޮތުން ހަމަ އެކަނި ކައުންސެލް ޖެނެރަލަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"...ވީމާ ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތަށް އަރައިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެ އެވެ،" ބަޔާނުގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ އިތުބާރުނެތް ކަމަށް ކަނޑައަޅަން ހުށަހަޅާފައި ވާތީ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވުމަށް ފަހުގަ އެވެ.

މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާކުރި ނަަމެވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެ ޖަލްސާއަކަށް އެޖެންޑާއެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox