އީވާގެ މައްސަލަ ނުހިމަނައި މާދަމާގެ ޖަލްސާގެ އެޖެންޑާ ނެރެފި

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ނިޔުޝާ: ވިދާޅުވެފައި އޮތީ މައްސަލަ އެޖެންޑާ ކުރެވޭނީ ކޮމެޓީތައް އެކުލަވާލެވިގެން ކަމަށް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ނިޔުޝާ: ވިދާޅުވެފައި އޮތީ މައްސަލަ އެޖެންޑާ ކުރެވޭނީ ކޮމެޓީތައް އެކުލަވާލެވިގެން ކަމަށް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރުމަށް ވައްދާފައިވާ ގަރާރު ހުށަހެޅުން ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ އެޖެންޑާ މިއަދު އެ މަޖިލީހުން ނެރެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު މާދަމާއަށް އެޖެންޑާ ކުރަން ލާޒިމެވެ. އެކަމަކު، އެ ޖަލްސާގެ ބައެއް މަސައްކަތްތައް އާންމު ކޮމެޓީން ކުރަންޖެހިފައި އޮތުމާއި ކޮމެޓީތައް އެކުލަވާނުލެވި އޮތުމުން، އެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ކުރިން ވަނީ އަންގައިފަ އެވެ.

އީވާގެ މައްސަލަ ނުހިނަމައި ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ އެޖެންޑާ ނެރެފައި މި ވަނީ އެ މައްސަލަ އެޖެންޑާކޮށްދިނުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ދެ ފަހަރެއްގެ މަތިން އެދިފައި އޮއްވަ އެވެ. އެ މައްސަލައިގައި ނިޔުޝާ ކުރިން ވިދާޅުވެފައި ވަނީ އީވާގެ މައްސަލަ އެޖެންޑާ ކުރެވޭނީ އާންމު ކޮމެޓީ އެކުލަވާލުމަށްފަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައި ބުނެފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ ވަކި ކުރަން ހުށަހެޅުމުން އެކަން އަމީން އާންމު ރައީސްއަށާއި މެމްބަރުންނަށް ރަސްމީ ތިން ދުވަހުގެ ތެރޭގައި އަންގައި ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި, އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށްފަހު ދެން އެންމެ އަވަހަށްޖެހޭ ރަސްމީ ބަންދު ނޫން ދުވަހެއްގައި ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ބާއްވަންޖެހެ އެވެ.

އިވާގެ މައްސަލައިގައި ނޯޓިސް ހަމަވެ، ޖަލްސާ ބާއްވަންޖެހޭ ތާރީހަކީ މާދަމާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބުު ރައީސް ވަކި ކުރަން ބާއްވާ ޖަލްސާއެއްގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމެޓީން ކަމަށެވެ.

ކޮމެޓީގެ މަސައްކަތްތައް މަޑުޖެހުނީ މެއި 17، 2023 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 12 މެމްބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ. އެ ހިސާބުން ޕާޓީތަކަށް މަޖިލީހުގައި ލިބިފައިވާ ޕަސެންޓޭޖަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އޭގެ ފަހުން އަދިވެސް ކޮމެޓީތައް އޮތީ ކަނޑަނޭޅި އެވެ.

ކޮމެޓީތައް އެކުލަވާލުމަށް މަޖިލީހުގައި ބުރާސްފަތި ދުވަހު މަޝްވަރާ ކުރި ނަމަވެސް ޕާޓީތަކުން އެއްބަސްވުމަކަށް ނާދެ އެވެ. އެމްޑީޕީއަސް ކޮމެޓީތަކުގެ 64 ޕަސެންޓު ދޭންޖެހޭއިރު ދޫދިން ނަމަވެސް މެޖޯރިޓީ ގެއްލޭކަށް އެ ޕާޓީން ބޭނުމެއް ނުވެ އެވެ. އެކަމަކު އިދިކޮޅު މެމްބަރުންނާއި ޕާޓީތަކުން ބޭނުންވަނީ ހުރިހާ ޕާޓީތަކެއް ތަމްސީލުވާ ގޮތަށް މިނިވަން މެމްބަރުންނަށް ވެސް ޖާގަ ދިނުމަށްފަހު ކޮމެޓީން އެކުލަވާލުމަށެވެ.

އެ މައްސަލައިގައި އެމްޑީޕީން ބުނީ ކޮމެޓީތައް އަލުން އެކުލަވާލަންޖެހޭ ކަމަށް ނުދެކޭ ކަމަށާއި އެ ކޮމެޓީގެ މަސައްކަތަށް ގޮވާލުމަކީ އަމީން އާންމުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އީވާ ވަކި ކުރަން ވައްދާފައި އޮތް ގަރާރު ހުށަހަޅަންޖެހޭއިރު ގަވާއިދު ބުނާ ގޮތުން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެނީ މަޖިލީހުގެ ރައީސް އެވެ. ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދާފައިވާތީ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު އަންގަވައިފަ އެވެ.

މަޖިލީހުގެ ރިޔާސަތު ނަޝީދު އެކަހެރިވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި އެ މައްސަލައިގެ ނޯޓިސް ދީފައިވާތީ، ގަވާއިދު ބުނި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވަކި ކުރަން ބާއްވާ ޖަލްސާގެ ރިޔާސަތުގައި އެމަނިކުފާނަށް ނީންދެވޭނެ ކަމަށް އިދިކޮޅު މެމްބަރުން ދިޔައީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox