ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް ނަޝީދު އަންގަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ނިމެންދެން އެހެނިހެން ޒިންމާތައް އަދާ ކުރައްވާނެ ކަމަށް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ނިމެންދެން އެހެނިހެން ޒިންމާތައް އަދާ ކުރައްވާނެ ކަމަށް -- ފޮޓޯ: މަޖިލިސް

އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އަމީން އާންމަށް މިއަދު އަންގަވައިފި އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން އެ މަޖިލީހުން މާދަމާ ބާއްވަން ލާޒިމު ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެނީ ގަވާއިދުގައިވާ ގޮތުން އެ މަޖިލީހުގެ ރައީސެވެ.

"އެ މައްސަލައަށް ވަކި ގޮތެއް ނިމުމާ ހަމައަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަން. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގެ ދަށުން އަޅުގަނޑަށް މި އިހުތިޔާރު ލިބޭކަމުގައި އަޅުގަނޑު ދެކެން،" އަމީން އާންމު ފާތިމަތު ނިޔުޝާއަށް ކުރީގެ ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުން އުޒުރުވެރިވެއްޖެ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. ގައި ބުނަނީ "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސް" ކަމަށާއި "މަޖިލީހުގެ ރައީސް ހާޒިރު ނުވާ ނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް" ކަމަށާއި "ރައީސް އާއއި ނައިބު ރައީސް ހާޒިރު ނުވާ ނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ" ކަމަށެވެ.

ރިޔާސަތު ބެލެހެއްޓެވުމުން ނަޝީދު ދުރުވެވަޑައިގެންނެވި ނަމަވެސް ގަވާއިދު ތަންދޭ މިންވަރަކުން "މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގައި އަޅުގަނޑު ދެމިހުންނާނެ" ކަމަށެވެ. އޭގެ އިތުރުން، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުންދާއިރު އަމީން އާންމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ނަޝީދު ވަނީ އެ ސިޓީގައި އަރުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވަގުތެއްގައި މަޖިލީހަށް ވައްދާފައި އޮތުމުން މަޖިލިސް ހުއްޓިފައިވާ ކަމަށް އިދިކޮޅު މެމްބަރުން ދެކެ އެވެ. އެގޮތުން، ރައީސް ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ ނޯޓިސް ލިބިފައިވާތީ، ގަވާއިދުގައި އެގޮތަށް ބަޔާން ކުރި ނަމަވެސް ނަޝީދަށް އެ ޖަލްސާގައި ރިޔާސަތުގައި ނީންދެވޭނެ ކަމަށް އެ މެމްބަރުން ދެކެ އެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ދެކެނީ ނަޝީދަށް ރިޔާސަތުގައި ނުއިންނެވޭނީ މައްސަލައިގެ ނޯޓިސް ހަމަވުމުންނެވެ. އެހަންކަމުން، އީވާގެ މައްސަލައިގައި ނަޝީދަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އެ މެމްބަރުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު މާދަމާ އިއްވަން ޖެހުނު ނަމަވެސް އަދިވެސް އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެ އެވެ. އެއީ އެ ޖަލްސާގެ އިންތިޒާމުތައް އާންމު ކޮމެޓީން ކަނޑައަޅަންޖެހޭއިރު އެ ކޮމެޓީ އެކުލަވާލެވިފައި ނުވާތީ އެވެ.

ވެރިކަން ހިންގާ އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމުން ކޮމެޓީތަކުގެ ހަމަ ބަދަލުވެފައިވާ ކަމަށް ބުނެ އަމީން އާންމު ވަނީ އީވާގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް އަންގައިފަ އެވެ. ނަމަވެސް އެމްޑީޕީން ބުނަނީ ދާއިމީ ކޮމެޓީތައް އަބަދުވެސް ދެމި އޮންނާނެ ކަމަށާއި ކޮމެޓީތަކަށް ގޮވާލުމަކީ އަމީން އާންމުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox