މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގެ ސިންގަލްސް ޗެމްޕިއަންކަން އިންޑިއާ އަށް

Jun 11, 2023, 5:05 AM
އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އިންޑިއާގެ އަޝްމިތާ ޓްރޮފީ ހިފައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އިންޑިއާގެ އަޝްމިތާ ޓްރޮފީ ހިފައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2023 ގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން އިންޑިއާގެ ރަވީ އާއި އަޝްމިތާ ޗާލިހާ ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ކުޅެވުނު ފަސް އިވެންޓްގެ ފައިނަލް މެޗުގެ ތެރެއިން ތިން ފައިނަލުގައި ވާދަކޮށް އިންޑިއާ އިން ވަނީ ދެ އިވެންޓްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، ސިންގަލްސް ބައިންނެވެ.

ފިރިހެން ސިންގަލްސް ފައިނަލުގައި އިންޑިއާގެ ރަވީ ވަނީ ސީދާ ދެ ސެޓުން މެލޭޝިއާގެ ސޫންގް ޖޫ ވެން އަތުން މޮޅުވެފަ އެވެ. މި މެޗުގެ ދެ ވަނަ ސެޓުގެ ފަހުކޮޅުގައި ރަވީގެ ފައިގެ ކުޑަހުޅަށް އަނިޔާވި ނަމަވެސް ފަރުވާ ހޯދައިގެން އޭނާ ވަނީ މެޗު ފުރިހަަމަކޮށްފަ އެވެ. ރަވީ މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 21-19، 21-18 އިންނެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އިއްޔެގެ ފައިނަލް މެޗުގެ ތެރެއިން އިންޑިއާގެ ރަވީ އުފާފާޅުކުރަނީ: ސީޑްކޮށްފައިނުވި ނަމަވެސް ރަވީ ވަނީ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރީ އިންޑިއާގެ އަޝްމިތާ އާއި ތަސްނީމް މީރް އެވެ. އިއްޔެ، ކުޅުނު ފަސް ފައިނަލްގެ ތެރެއިން ހަމައެކަނި ތިން ސެޓަށް ދިޔައި މި ފައިނަލެވެ. އެ ގޮތުން، ފުރަތަމަ ސެޓުގައި ތަސްނީމް ވަނީ 21-19 އިން ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓު، 17-21 އާއި 11-21 އިން ގެންގޮސްގެން އަޝްމިތާ ވަނީ މޮޅުވެފަ އެވެ.

އިންޑިއާގެ ކުޅުންތެރިން ވަނީ އިއްޔެ ކުޅުނު އަންހެން ޑަބަލްސް ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ ގޮތުން، އެއް ވަނަ އަށް މުބާރާތުގައި ސީޑްކޮށްފައި އޮތް އިންޑިއާގެ އަޝްވިނީ ބަޓް އާއި ޝިކާ ގޯތަމްގެ ޕެއާ އަތުން ތައިލެންޑްގެ ލަކްސިކާ ކަންލަހާ އާއި ޕަތައިމަސް މުއެންވޯންގެ ޕެއާ މޮޅުވީ 22-24، 25-21 އިންނެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވެސް އިއްޔެގެ މެޗުތައް ބެލުމަށް އެކުވެނި އިންޑޯ އަށް ވަޑައިގެންނެވިއިރު، ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ތައިލެންޑްގެ ޕަރަންޔޫ ކައޮސަމާން އާއި ވޮރަޕޯލް ތޮންގްސާ-އެންގާގެ ޕެއާ އިން ވަނީ ހޯދައިފަ އެވެ. އެއީ މެލޭޝިއާގެ ލޯ ހެންގް ޔީ އާއި އެންޖީ އިންގް ޝިއޯންގްގެ ޕެއާ 19-21، 16-21 އިން ބަލިކޮށްގެންނެވެ.

ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2023ގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުތައް ބަލާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިކްސް ޑަބަލްސް ތަށި އުފުލާލީ، މެލޭޝިއާގެ ހޫ ޕަން ރޮން އާއި ތެއޯ މެއި ޝިންގެ ޕެއާ އިންނެވެ. އެއީ ފައިނަލުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ އެމެރިކާގެ ވިންސަން ޝިއޫ އާއި ޖެނީ ގާއީގެ ޕެއާ އަތުން 13-21، 18-21 އިން މޮޅުވެގެންނެވެ.

މި ފަހަރު އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި 33 ގައުމަކުން 300 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ 30 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނެ އެވެ. ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އެންމެ ދުރަށް ދަތުރުކުރީ މިކްސް ޑަބަލްސް އާއި އަންހެން ޑަބަލްސް އިންނެވެ. އެ ގޮތުން، އަންހެން ޑަބަލްސް ބައިން އައިމިނަތު ނަބީހާ އާއި ފާތުމަތު ނަބާހާގެ ޕެއާ އަދި މިކްސް ޑަބަލްސް ބައިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ވަނީ ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޗެލެންްޖް މުބާރާތެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2012 އާއި 2013 ވަނަ އަހަރު ވެސް ބޭއްވުމަށް ފަހު، 2014 ވަނަ އަހަރު ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމަކާ ހެދި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތް ހުއްޓުނެވެ. ހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޓަނޭޝަނަލް ޗެލެންޖާއި ބެޑްމިންޓަން ފިއުޗާ ސީރީސްގެ ނަމުގައި މުބާރާތްތަކެއް 2019 ވަނަ އަހަރު ބޭއްވި އެވެ. އެކަަމަކު، އޭގެ ފަހުން ކޮވިޑް-19އާ ހެދި ދެ އަހަރު މުބާރާތް ނުބޭއްވުނެވެ. އަލުން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ފެށީ މިދިޔަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox