ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް: ތިން ފައިނަލްގައި އިންޑިއާ ކުޅުންތެރިން

Jun 9, 2023, 5:04 PM
އަންހެން ސިންގަލްސް ފައިނަލުން ފުރުސަތު ހޯދި އިންޑިއާގެ ތަސްނީމް މީރް ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންހެން ސިންގަލްސް ފައިނަލުން ފުރުސަތު ހޯދި އިންޑިއާގެ ތަސްނީމް މީރް ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް 2023 ގެ ހަތަރު އިވެންޓްގެ ފައިނަލުގައި އިންޑިއާގެ ކުޅުންތެރިން ފުރުސަތު ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކަށް ފަހު، އިންޑިއާ އިން ފައިނަލަށް ދަތުރުކޮށްފައިވަނީ އަންހެން ސިންގަލްސް، ފިރިހެން ސިންގަލްސް އަދި އަންހެން ޑަބަލްސް އިވެންޓްގަ އެވެ. މީގެ ތެރެއިން އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރާ ދެ ކުޅުންތެރިން ވެސް ނިސްބަތްވަނީ އިންޑިއާ އަށެވެ.

އަންހެން ސިންގަލްސް ފައިނަލުން އިންޑިއާގެ ތަސްނީމް މީރް ފުރުސަތު ހޯދީ ތުރުކީގެ ނެސްލިހާން ޔިޖިތުގެ މައްޗަށް 21-11، 21-10 އިން ކުރިހޯދައިގެންނެވެ. ތަސްނީމް އަކީ އަންހެން ސިންގަލްސްގެ ދުނިޔޭގެ ރޭންކިންގެ 52 ވަނަ އެވެ. އަދި ނެސްލިހާން އަކީ ދުނިޔޭގެ ރޭންކިން 60 ވަނައިގައި އޮތް ކުޅުންތެރިއެކެވެ. ތަސްނީމްއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ދުނިޔޭގެ ރޭންކިން 46 ވަނައިގައި އޮތް އިންޑިއާގެ އަޝްމިތާ ޗާލިހާ އެވެ. އަޝްމިތާ ވަނީ ސެމީ ފައިނަލުގައި އިންޑޮނޭޝިއާގެ އައިސިޔާ ސަތީޔާ ފަތެތާނީ އަތުން 21-16، 21-18 އިން މޮޅުވެފަ އެވެ.

އިންޑިއާ ޓީމުގެ ރަވީ މިއަދުގެ ސެމީ ފައިނަލް މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފިރިހެން ސިންގަލްސް ފައިނަލުން އިންޑިއާގެ ރަވީ ރަވީ ފުރުސަތު ހޯދީ ހަ ވަނަ އަށް ސީޑްކޮށްފައިވާ ޖަރުމަނުގެ ކައި ޝޭފާ އަތުން މޮޅުވެގެންނެވެ. ސެމީއާ ހަމައަށް ސެޓެއް ވެސް ނުގެއްލި އައި ޝޭފާ އަތުން ރަވީ ސީދާ ދެ ސެޓުން މޮޅުވިއިރު، ސެޓުތައް ގެންދިޔައީ 21-11، 21-14 އެވެ. ރަވީ ވަނީ މުބާރާތުގެ ފިރިހެން ސިންގަލްސް އެއް ވަނަ އަށް ސީޑްކޮށްފައި އޮތް އިންޑިއާގެ މިތުން މަންޖުނާތު އަތުން ކުއާޓާ ފައިނަލުގައި މޮޅުވެފަ އެވެ. ފައިނަލުގައި ރަވީ ކުޅެން ޖެހެނީ މެލޭޝިއާގެ ސޫންގް ޖޫ ވެންއާ ދެކޮޅަށެވެ. ދުނިޔޭގެ ރޭންކިންގެ 72 ވަނައިގަިއ އޮތް ސޫންގް ވަނީ ސެމީ ފައިނަލުގައި އިންޑިއާގެ ކިރަން ޖޯޖް އަތުން 2-1 ސެޓުން މޮޅުވެފަ އެވެ. ދުނިޔޭގެ ރޭންކިން 46 ގައި އޮތް ކިރަން އަތުން ސޫންގް މޮޅުވިއިރު، ސެޓުތައް ގެންދިޔައީ 13-21، 21-17 އަދި 21-16 އިންނެވެ.

އަންހެން ޑަބަލްސް ފައިނަލަށް އިންޑިއާގެ އަޝްވިނީ ބަޓް އާއި ޝިކާ ގޯތަމްގެ ޕެއާ ދަތުރުކުރީ ސެމީ ފައިނަލުގައި ތައިލެންޑްގެ ފުންފާ ކޮރްޕޮތަމަކިޓް އާއި ޕަތީދާ ސްރިސަވަތުގެ ޕެއާ އަތުން 21-16، 21-19 އިން މޮޅުވެގެންނެވެ. ފައިނަލުގައި އަޝްވިނީ އާއި ޝިކާގެ ޕެއާ ބައްދަލުކުރާނީ ތައިލެންޑްގެ ލަކްސިކާ ކަންލަހާ އާއި ޕަތައިމާސް މުއެންވޯންގްގެ ޕެއާއާ އެވެ. ލަކްސިކާ އާއި މުއެންވޯންގްގެ ޕެއާ ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ފިލިޕީންސްގެ އަލީސާ ލެއޮނާޑޯ އާއި ތިއެ މަރީ ޕޯމާރްގެ ޕެއާ، 21-15، 21-13 އިން ބަލިކޮށްގެންނެވެ.

މިއަދު ކުރިއަށްދިޔަ ފިރިހެން ސިންގަލްސް ސެމީ ފައިނަލް މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފިރިހެން ޑަބަލްސް ފައިނަލުގައި ބައްދަލުކުރަނީ މެލޭޝިއާގެ ލޯ ޔަން ޔީ އާއި އެންގް ޝިއޯންގެ ޕެއާ އާއި ތައިލެންޑްގެ ޕަރާންޔޫ ކައޮސަމާން އާއި ވޮރަޕޯލް ތޮންގްސާގެ ޕެއާ އެވެ. މެލޭޝިއާގެ ލޯން ޔަން އާއި އެންގް ޝިއޯންގެ ޕެއާ ވަނީ ސެމީ ފައިނަލުގައި ސްރީ ލަންކާގެ ބުވަނެކަ ގޫނަތެލަކަ އާއި ވިރެން ނެތަސިންހޭ އަތުން 21-11، 21-10 އިން މޮޅުވެފަ އެވެ. ތައިލެންޑްގެ ޕަރަންޔޫ އާއި ވޮރަޕޯލްގެ ޕެއާ ވަނީ ފިލިޕީންސްގެ ކްރިސްޓިއަން ބެނާޑޯ އާއި އަލްވިން މޮރާޑާގެ ޕެއާ 21-10، 21-16 އިން ބަލިކޮށްފަ އެވެ.

މިކްސް ޑަބަލްސްގެ ފައިނަލުން ފުރުސަތު ހޯދީ އެމެރިކާގެ ވިންސަން ޝިއޫ އާއި ޖެނީ ގާއީގެ ޕެއާ އާއި މެލޭޝިއާގެ ހޫ ޕަން ރޮން އާއި ތެއޯ މެއި ޒިންގެ ޕެއާ އެވެ. ދުނިޔޭގެ ރޭންކިން 32 ވަނައިގައި އޮތް ވިންޝަން އާއި ޖެނީގެ ޕެއާ ސެމީ ފައިނަލް މެޗުން މޮޅުވީ ފިލިޕީންސްގެ އަލްވިން މޮރާޑާ އާއި އަލީސާ ލެއޮނާޑޯ އަތުން 21-18، 23-21 އިންނެވެ.

މިކްސް ޑަބަލްސް އަނެއް ސެމީ ދިޔައީ ފޯރިގަދަކޮށެވެ. ދުނިޔޭގެ ރޭންކިންގެ 49 ވަނައިގައި އޮތް މެލޭޝިއާގެ ހޫ ޕަން އާއި ތެއޯ މެއިގެ ޕެއާ ވަނީ 21-17، 22-20 އިން ދުނިޔޭގެ 41 ވަނައިގައި އޮތް ރުތަނަޕަކް އޯތުޕޮން އާއި ޖެނިކާ ސުދްޖައިޕްރަޕަތުގެ ޕެއާ ބަލިކޮށްފަ އެވެ.

މުބާރާތުގެ ފަސް ފައިނަލް ވެސް އޮންނާނީ މާދަމާ އެވެ. މެޗުތައް ފަށާނީ މެންދުރު ފަހު ތިނެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox