ލިނިން މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް: ގަދަ 16 އިން ރާއްޖޭގެ ޕެއާތަކަށް މުބާރާތް ނިމިއްޖެ

Jun 7, 2023, 7:03 PM
އަންހެން ޑަބަލްސް މެޗެއްގެ ތެރެއިން ރާއްޖޭގެ ނަބާހާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންހެން ޑަބަލްސް މެޗެއްގެ ތެރެއިން ރާއްޖޭގެ ނަބާހާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ ގަދަ 16 ބުރުން ރާއްޖޭގެ އެއް ވަނަ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ޕެއާ އަށް މުބާރާތް ނިމިއްޖެ އެވެ.

މި ފަަހަރުގެ އިންޓަނޭޝަނަލް ޗެލެންޖްގައި ރާއްޖޭން އެންމެ ދުރަށް ދަތުރުކުރީ ވެސް މި ދެ އިވެންޓްގަ އެވެ.

އެ ގޮތުން، ރާއްޖޭގެ އެއް ވަނަ އަންހެން ޑަބަލްސް ޕެއާ، ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އަދި ރާއްޖޭގެ އެއް ވަނަ މިކްސް ޑަބަލްސް ޕެއާ، ނަބާހާ އާއި ޒަޔާން ޒަކީ ވަނީ މިއަދު ގަދަ 16 ބުރުގެ މެޗުތައް ކުޅެފަ އެވެ.

މި ފަހަރުގެ އިންޓަނޭޝަނަލް ޗެލެންޖްގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ޒަޔާން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި މިއަދު ކުޅުނު ގަދަ 16 ބުރުގެ މެޗުގައި ޒަޔާން އާއި ނަބާހާގެ ޕެއާ ވާދަކުރީ އިންޑިއާގެ އިންޑިއާގެ ދީޕް ރަމްބިއާ އާއި އަނާގާ އަރަވިންދާ ޕެއާއާ އެވެ. އެ މެޗުން، ދީޕް އާއި އަނާގާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-15، 21-19 އިންނެވެ.

އަންހެން ޑަބަލްސްގެ ގަދަ 16 ބުރުގެ މެޗުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ އަނާގާ އާއި ރިދީ ކޯރްގެ ޕެއާ އަތުން 21-18، 21-08 އިންނެވެ. އަދި އަންހެން ޑަބަލްސްގައި ރާއްޖޭގެ ޝުބާ މުހައްމަދު ޝަރީފް އާއި އައިޝަތު ޒޯޔާ ހުސެއިންގެ ޕެއާ ވަނީ 21-09، 21-10 އިން އިންޑިއާގެ ނިކީ ރަޕްރިއާ އާއި ނިޝޫ ރަޕްރިއާގެ ޕެއާ އަތުން ބަލިވެފަ އެވެ.

އަންހެން ސިންގަލްސް މެޗެއްގެ ތެރެއިން ނަބީހާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި ނަބީހާ ވަނީ ހަތް ވަނަ އަށް ސީޑުކޮށްފައިވާ މިޔަންމާގެ ތޭ ހޫތާ ހިޒާރްއާ ވާދަކޮށް، 21-05، 21-08 އިން ބަލިވެފަ އެވެ. މި ބުރުގައި އިންޑޮނީޝިއާގެ ޔޫލިއާ ޔޯސެފީން ސުސާންޓޯ އަތުން ރާއްޖޭގެ ޝުބާ މުހައްމަދު ޝަރީފް ބަލިވީ 21-05، 21-08 އިންނެވެ.

މި ފަހަރުގެ ލިނިން އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި މި އަހަރު 33 ގައުމަކުން 300 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ 30 އަށް ވުރެ ގިނަ ކުޅުންތެރިން ހިމެނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޗެލެންްޖް މުބާރާތެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2012 އާއި 2013 ވަނަ އަހަރު ވެސް ބޭއްވުމަށް ފަހު، 2014 ވަނަ އަހަރު ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމަކާ ހެދި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތް ހުއްޓުނެވެ. ހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޓަނޭޝަނަލް ޗެލެންޖާއި ބެޑްމިންޓަން ފިއުޗާ ސީރީސްގެ ނަމުގައި މުބާރާތްތަކެއް 2019 ވަނަ އަހަރު ބޭއްވި އެވެ. އެކަަމަކު، އޭގެ ފަހުން ކޮވިޑް-19އާ ހެދި ދެ އަހަރު މުބާރާތް ނުބޭއްވުނެވެ. އަލުން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ފެށީ މިދިޔަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox