އިދިކޮޅު މެންބަރުން ދިއުމުން ރައީސް އޮފީހުން ބުނީ ރަސްމީކޮށް 241 ކޮމިޓީން ރައީސްގެ ސިޓީއަށް އެދެން

މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް : ވިދާޅުވީ ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީގެ ކޮޕީ ރައީސް އޮފީހުން ނުދިން ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް : ވިދާޅުވީ ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީގެ ކޮޕީ ރައީސް އޮފީހުން ނުދިން ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޗާގޯސް ޖަޒީރާގައި މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ޒަމާނުއްސުރެ ނަގަމުން އައި ސްޓޭންޑު ބަދަލުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯދުމަށް އެދި ފޯޅަވަހި ކޯލިޝަނުގެ މަޖިލިސް މެންބަރުން މިއަދު ރައީސް އޮފީހަށް ވަޑައިގަތުމުން އެ ސިޓީއަށް އެދި ރަސްމީކޮށް މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށް އެދެން ރައީސް އޮފީހުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން، ޖޭޕީ، އެމްއެންޕީ އަދި އަލަށް އުފައްދާ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުން ހިމެނޭ ވަފުދެއް މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވީ ރައީސް ސޯލިހު ފޮނުއްވި ސިޓީގެ ކޮޕީއެއް ހޯދުމަށް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

ރައީސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ރައީސްގެ ސިޓީގެ ކޮޕީއަކަށް އެދިވަޑައިގެންނެވުމުން ،އެ ސިޓީއަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ރަސްމީކޮށް ފޮނުވުމަށްފަހު ވަޑައިގަތުމަށް ރައީސް އޮފީހުގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވި ކަމަށެވެ.

Advertisement

"ރައީސުލްޖުމްހުރިއްޔާ ވިދާޅުވެފަ އެބައޮތް ތަކުރާރުކޮށް ރައްޔިތުން މަޖިލިސް ކޮންޓްރޯލް ކުރަނީ ރައީސުލްޖުމްހުރިއްޔާއޭ، އެހެންވީމަކާ ވަރަށް އުނދަގޫ ކަމެެއް އަޅުގަނޑުމެންނަށް އަނެއްކާވެސް 241 ކޮމިޓީން ރައީސް އޮފީހަށް [ރައީސްގެ ސިޓީއަށް އެދި] ސިޓީއެއް ފޮނުވަމީ.. އަށް މަސްދުވަސް ކޮށްފަ އަޅުގަނޑުމެން މި އައީ އެކަން 241 ކޮމިޓީން ނުކޮށްގެން" އާޒިމް ވިދާޅުވި އެވެ.

އާޒިމް މިހެން ވިދާޅުވި އިރު ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީ ހޯދުމުގެ މަސައްކަތް 241 ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އެ ކޮމިޓީ މެދުވެރިކޮށް ކުރައްވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާ ގުޅޭގޮތުން ގޮތެއް ނުނިންމިފައި އޮތީ ވެސް 241 ކޮމިޓީ ނުބޭއްވިގެން. 241 ކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު، އަޅުގަނޑު ޗެއާގައި އިތުރަށް އިންނަ ކަމުގައި ވަނީ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ހޯދަން ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވަން ވެސް މިހުރީ ގަސްދުކޮށްގެން،" އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވި އެވެ.

ރައީސް އޮފީހަށް ކުރެއްވި ޒިޔާރަތަށް ފަހު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް އޮފީހަށް ވަޑައިގެންނެވީ ރައީސްގެ ސިޓީގެ ކޮޕީއެއް އޮންނާނެ ކަމަށް ބެލެވޭތީ އެވެ. އެއީ މަޖިލީހުގެ ބައެއް މެންބަރުންވެސް އެ ސިޓީ ފެނިވަޑައިގެންފައިވާ ބީދައިން ވާހަކަދައްކަވަމުން ގެންދަވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޓީ ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކުރަމުން އަންނަ ކަމަށާއި ސިޓީގެ ކޮޕީ ނުލިބޭނަމަ މާދަމާވެސް އެ މެންބަރުން ރައީސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށް ކަމަށް އާޒިމް ވިދާޅުވި އެވެ. ރައީސް އޮފީހުގެ ފަރާތުން އެ މެންބަރުންނާ ބައްދަލުކުރެއްވީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަދި ތަރުޖަމާނު މިއުވާން މުހައްމަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox