ހުލާސާކޮށް އިއްޔެ: ނަޝީދަށް މަޖިލީހުގެ ރިޔާސަތު ގެއްލެނީ!

Jun 7, 2023, 2:46 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މިއަދު މަޖިލީހަށް ވައްދާނެ އެވެ. މިއީ އެ މަނިކުފާނު މަގާމުން ވަކިކުރަން ބޭނުންވާ އަޣުލަބިއްޔަތަށް ވުރެ ގިނަ އަދަދެކެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅަން ނިންމީ އިއްޔެ މެންދުރު ބޭއްވި އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެއީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާތީ ކަމަށް އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ ޕީޖީން ބުނެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މެމްބަރުންގެ ސޮއި ހޯދަން އިއްޔެ ވަގުތުން ފެށި އެވެ.

"އަދަދު" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގަައި މިހާރު ވަނީ 54 މެމްބަރުން ސޮއި ދީފަ އެވެ. އަދި, މިއަދު އެ މައްސަލަ ހުށަހަޅާނެކަން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރަކު ވަނީ ކަށަވަރުކޮށްްދީފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ. އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ސޮއިނުކުރާ މެމްބަރުންގެ ނަންތައް ހާމަކޮށްފައި ނުވެ އެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ.

ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނަޝީދު ނިންމެވުމުން އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ވެސް ކުރި އެވެ.

ނަޝީދު ވަކިކުރަން އެމްޑީޕީން ނިންމި ސަބަބު

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ, ނަޝީދު ވަކިކުރަން ނިންމި ސަބަބު ތަފްސީލު ކޮށްދެއްވާފަ އެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީ ޕާލަމަންޓީ ގްރޫޕުން ރައީސް ނަޝީދާ މެދު ބައްލަވަނީ ހާއްސަ ނަޒަރަކުން ކަމަށާއި, އެއީ އެމްޑީޕީ އުފެދިގެން މިހިސާބަށް އައިއިރު ލީޑާޝިޕްގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކުރިން ވަރަށް ގިނަ ބައެއް ރުހުން ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ ކަމަށެވެ.

އަދި, އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވުމުން, ވަރަށް ގިނަ ކަންކަމުގައި ޕީޖީ ގްރޫޕުން އެމަނިކުފާނަށް ދޫދީގެން ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް, ގާނޫނާއި ގާނޫނު އަސާސީން މަތިކޮށްފައިވާ މުހިންމު މަސްއުލިއްޔަތުތައް އަދާކުރުމުގައި އެންމެ މީހަކަށް ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް އަޅުގަނޑުމެން އެއްވެސް މީހެއްގެ އަމިއްލަކަމެއް ނޫންކަން މީ. އަމިއްލަ ގެ ނޫންކަން މީ. ރައްޔިތުންގެ މަޖިލިސް ކުރާގެ ކަން. މިތަނަކީ މިތަނުގެ ރައީސްގެ ވެސް މިތަނުގެ އަމީންއާންމުގެ ވެސް އަމިއްލަ ގެ ކަމުގައި ދެކެވަޑައިގެން ނުވާނެ," ނަޝީދު ވަކިކުރަން ނިންމަން ޖެހުނު ސަބަބު ތަފްސީލު ކޮށްދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދަށް ގޮންޖައްސަވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ އަމިއްލަފުޅަށް ގޮތް ނިންމަވައިގެން, ވަކި ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ކަމަށެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން އަސްލަމް ވަނީ, މަޖިލިސް ރައީސަކީ ވަކި ފަރާތަކަށް ނުޖެހި އެންމެނަށް ހަމަހަމަކަމާއެކު މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށާއި, ވަކި މައްސަލައެއް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމުގެ ބާރު މަޖިލިސް ރައީސަށް ލިބިގެން ނުވާކަން ފާހަގަކުރައްވާފަ އެވެ.

އަސްލަމް ވިދާޅުވީ ކޮންމެ ދުވަހަކު މިފަދަ އަމަލުތައް ތަކުރާރުވެ, ރައީސް ނަޝީދަށް ހިތުގައި ދެވިފައިވާ ލޯތްބާއި ގަދަރު ކުޑަވަމުންދާ ކަމަށެވެ. އަދި, އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުގައި ބަހައްޓައިގެން އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ހިސާބަށް އާދެވިފައިވާ ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ؛

ރައީސް ނަޝީދު ރިޔާސަތުން ވަކި ކުރަންޖެހޭ ވަރުގެ ކަމެއް ކުރައްވައިފިއްޔާތާ ވަކި ކުރަންޖެހޭނީ. ރައީސް ނަޝީދު ރިޔާސަތުން ވަކި ކުރަންޖެހޭ ސަބަބެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ. ސަރުކާރުން ބޭނުންވާހާ ގޮތެއް ރައީސް ނަޝީދު ނުހައްދަވާތީ ކަންނޭނގެ [އެގޮތަށް ނިންމީ]،"

ދުވަހުގެ ފޮޓޯ

މީދޫ ދާއިރާގެ މެމްބަރު މަހުޖަނު އަހުމަދު ޝިޔާމް -- ފޮޓޯ: އަހުމަދު ޝިޔާމް
މީދޫ ދާއިރާގެ މެމްބަރު މަހުޖަނު އަހުމަދު ޝިޔާމް -- ފޮޓޯ: އަހުމަދު ޝިޔާމް

މީދޫ ދާއިރާގެ މެމްބަރު މަހުޖަނު އަހުމަދު ޝިޔާމް -- ފޮޓޯ: އަހުމަދު ޝިޔާމް

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox