އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މެޑިކަލް ސާމާނު އެތެތެރެކޮށް ވިޔަފާރި ކުރަމުންދާ އެއް ކުންފުނި، ލައިފް ސަޕޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ ދަށުން ހިންގާ ފިހާރަތަކުގައި ބޮޑު ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ހަފުތާއެއްގެ މުއްތަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ މުއްދަތުގައި އެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން 12 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެ ފިހާރަތަކުން ވިއްކާ ބޭހުގެ ބާވަތްތައް އެ ޕްރޮމޯޝަނުގައި ނުހިމެނޭނެ އެވެ.
ލައިފް ސަޕޯޓުގެ ފިހާރަތަކުން ވިއްކާ ސާމާނުގެ ތެރޭގައި ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑުތައް ހިމެނެ އެވެ. އޭގެތެރޭގައި ޕިޖަން، ޖީއީ މެޝިން، ޕްރިމް އަދި ސިނޮމަރިންގެ އިތުރުން ބެލާއާއި ސްޓާބްލަމް ހިމެނެ އެވެ.

ލައިފް ސަޕޯޓުން ވިއްކާ ސިނޮމަރިންގެ ބައެ އުފެއްދުންތައް --
އެ ކުންފުނީގެ އެނިވާސަރީ ޕްރޮމޯޝަނުގެ މުއްދަތުގައި ލައިފް ސަޕޯޓުގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިން ހޮވައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ޕްރޮމޯޝަނަށް ފަހު މިމަހުގެ 15 ގައި އޮންނަ ގުރުއަތުން ހޮވާ ނަސީބުވެރި، ފަސް ފަރާތަކަށް ލައިފް ސަޕޯޓުން ހުށަހަޅާފައި ވަނީ ގިފްޓު ހެމްޕަރެވެ.
މާލޭގައި ހިންގާ ހަތަރު ފިހާރައިގެ އިތުރުން ނިލަންދޫ އަދި އައްޑޫ ސިޓީގައި ލައިފް ސަޕޯޓުގެ ފިހާރަތައް ހިންގަމުންދެ އެވެ.











