ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

މަޖިލީހުގެ ރިޔާސަތު ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ވައްދާނެ --- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ރިޔާސަތު ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ވައްދާނެ --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ދާދި ދެންމެއަކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވީ 42 މެމްބަރުންނެވެ. އަދި, އެ މައްސަލަ ފާސްކޮށްފައި ވަނީ 36 މެމްބަރުންގެ ވޯޓާއެކު އެވެ.

"ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމީ ތަކުރާރުކޮށް މަޖިލިސް ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާތީ," އެކަމާ ގުޅޭގޮތުން "އަދަދު" ނޫހާ މައުލޫމާތު ހިއްސާކުރި މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.

އަދި, މި މައްސަލަ ހުށަހެޅުމުގެ ގޮތުން މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ވެސް އެމްޑީޕީން ވަނީ ފަށާފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލާގައި ސޮއިކުރަމުންދާ ލިސްޓު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލާގައި ސޮއިކުރަމުންދާ ލިސްޓު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލާގައި ސޮއިކުރަމުންދާ ލިސްޓު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ.

ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނަޝީދު ނިންމެވުމުން މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ވެސް ކުރި އެވެ.

މި މައްސަލާގައި އޭޖީ އެންމެ ފުރަތަމަ ޖަވާބުދާރީވެވަޑައިގެންނެވީ ލިޔުމުންނެވެ. އެހެން އޮއްވައި، ރިފްއަތު އިއްޔެ ހާޒިރުވެ ދިފާއުވެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން މެމްބަރުން ވަނީ އިންތިހާއަށް ނިޒާމީ ނުކުތާ ނަގައި ވާހަކަ މެދުކަނޑާލައިފަ އެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ގިނަ ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވި އެވެ.

އެހެން އެކަން އޮއްވައި މިއަދުގެ ޖަލްސާ ފެށުމާއެކު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވަނީ ރިފްއަތުގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރަން ފާސްނުވި ނަމަވެސް އެ މައްސަލައިގައި ގޮތެއް ނުނިންމާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅުން ވަކާލާތު ކުރި އެވެ. ރިޔާސަތުން ނިންމެވީ އިތުބާރުގެ ނެތްކަމުގެ މައްސަލަ ބާއްވާފައި އެޖެންޑާގައި ދެން އޮތް މައްސަލައަށް ދިޔުމަށެވެ.

އޭގެ އިތުރުން ވެސް, މަޖިލީހަށް އިދކޮޅުން ހުށަހަޅާ ގަރާރުތަކާއި ކުއްލި މައްސަލަތައް އެޖެންޑާގެ ކުރިއަށް ޖައްސަައި ސަރުކާރުން ހުށަހަޅާ ބިލުތައް ލަސްކުރާ ކަމަށް ބުނެ އެމްޑީޕީގެ ނުރުހުން ނަޝީދަށް އޮތީ އަމާޒުވެފަ އެވެ.

އޭގެ އިތުރުން, އެމްޑީޕީން ވަކިވި މަޖިލިސް ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ ވައްދާފަ އެވެ. އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ޖޫން 11, އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox