ރިފްއަތު މައްސަލަަ ކުރިއަށް ނުގެންދިއުމުން އެމްޑީޕީ މެމްބަރުން އިހުތިޖާޖުކޮށްފި

އެމްޑީޕީ މެމްބަރުން މިއަދު އިހުތިޖާޖު ކުރަނީ: ރިޔާސަތުން ނިންމީ ރިފްއަތުގެ މައްސަލަ ބާއްވާފައި އެޖެންޑާގައި ދެން އޮތް މައްސަލަ ކުރިއަށް ގެންދަން -- ފޮޓޯ: ސްކްރީންކެޕްޗާ

އެމްޑީޕީ މެމްބަރުން މިއަދު އިހުތިޖާޖު ކުރަނީ: ރިޔާސަތުން ނިންމީ ރިފްއަތުގެ މައްސަލަ ބާއްވާފައި އެޖެންޑާގައި ދެން އޮތް މައްސަލަ ކުރިއަށް ގެންދަން -- ފޮޓޯ: ސްކްރީންކެޕްޗާ

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ދުވަސް މަތިން ވެސް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްނުގެންދިޔުމުން ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން މިއަދު އިހުތިޖާޖުކޮށްފި އެވެ.

ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާ ފުރަތަމަ ލިޔުމުން ޖަވާބު ދެއްވުމުން އެ ދުވަހު ރިޔާސަތުން ނިންމީ ވޯޓަށް ނޭހުމަށެވެ.

އެހެން އޮއްވައި، ރިފްއަތު އިއްޔެ ހާޒިރުވެ ދިފާއުވެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން މެމްބަރުން ވަނީ އިންތިހާއަށް ނިޒާމީ ނުކުތާ ނަގައި ވާހަކަ މެދުކަނޑާލައިފަ އެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ގިނަ ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވި އެވެ.

Advertisement

އެހެން އެކަން އޮއްވައި މިއަދުގެ ޖަލްސާ ފެށުމާއެކު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވަނީ ރިފްއަތުގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރަން ފާސްނުވި ނަމަވެސް އެ މައްސަލައިގައި ގޮތެއް ނުނިންމާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅުން ވަކާލާތު ކުރި އެވެ. ރިޔާސަތުން ނިންމެވީ އިތުބާރުގެ ނެތްކަމުގެ މައްސަލަ ބާއްވާފައި އެޖެންޑާގައި ދެން އޮތް މައްސަލައަށް ދިޔުމަށެވެ.

އެޖެންޑާގައި ދެން އޮތީ ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މައްސަލައެއް ހުށަހެޅުއްވުމެވެ. ނަމަވެސް, އެމްޑީޕީ މެމްބަރުން ވަނީ އެ ފުރުސަތު ނުދީ ރިޔާސަތުގެ މޭޒު ކައިރިއަށް ގޮސް އިހުތިޖާޖުކޮށްފަ އެވެ. ގާތްގަނޑަކަށް 15 ވަރަކަށް މެމްބަރުން އެތަނަށް ވަޑައިގެން އެ ޕާޓީގެ ވެސް ރައީސް ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވަމުން ގެންދެވި އެވެ.

"މުގާބޭ، މުގާބޭ، މުގާބޭ، މުގާބޭ،" ނަޝީދަށް އަމާޒުކޮށް އެމްޑީޕީ މެމްބަރުން ގޮވާ އަޑު ޓީވީގެ ލައިވްސްޓްރީމަށް އިވުނެވެ.

މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދެވި އެހެން އޮއްވައި ނަޝީދު ނިންމެވީ ސަޔަށް މަޖިލިސް މެދުކަނޑައިލުމަށެވެ. ސަޔަށްފަހު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ކަމަށް ނަޝީދު ވިދާޅުވި އެވެ. ހަސަން އަފީފު ރިޔާސަތު ބެލެހެއްޓުމާ އެމްޑީޕީ މެމްބަރުން ދެކޮޅު ހަދާތީ ސަޔަށްފަހު މަޖިލިސް ކުރިއަށްގެންދެވޭނެ ކަމަށް ނުބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox