ގަވާއިދަކާ ގަވާއިދެއް! "މަޖިލިސް ކުރިއަށް ގެންދާނޭ ގޮތް އެނގޭނީ އަޅުގަނޑަށް!"

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފޮޓޯ: މަޖިލީހުގެ އިދާރާ

"އެމީހަކު ބޭނި ރޮނޑެއްގެ ހަން ދަމާނެ ގޮތް އެނގޭނީ އެ މީހަކަށެވެ."

މިއީ މީހަކަށް މިލްކުވެފައި އޮތް، ނުވަތަ އެ މީހެއްގެ ފުރިހަމަ އިހުތިޔާރުގައި ހުންނަ ކަންކަމުގައި އަމަލު ކުރާނީ އެމީހަކަށް ފެންނަ ގޮތަކަށޭ ބުނަން ދިވެހި ބަހުން ބުނެ އުޅޭ މުހާވަރާއެކެވެ. މީހަކު ބުނެފާނެ އެވެ. ބަލަ އެއީ އޭނާގެ އަމިއްލަ ގެ އެވެ. އެ ގޭގައި އިމާރާތް ކުރާނޭ ގޮތް އެނގޭނީ އޭނާއަކަށް ނޫން ހެއްޔެވެ. އެމީހަކު ބޭނި ރޮނޑެއްގެ ހަން ދަމާނެ ގޮތް އެނގޭނީ އެމީހަކަށެވެ.

މީހަކަށް ފުރިހަމަ އިހުތިޔާރު ލިބި އޮންނަ، އެމީހާގެ މިލްކު މުދަލާމެދު މި ވިސްނުން ހަމަ އެންމެ ރަނގަޅެވެ.

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ އަށް ވަނަ ޖަލްސާ ބޭއްވުނީ، މިހާރު ބަންޑާރަ ނައިބަކަށް ހުރި އިބްރާހީމް ރިފްއަތަށް އިތުބާރު ނެތް ކަމަށް ބުނެ އެ މަޖިލީހުގެ ބައެއް މެންބަރުން ހުށަހެޅި މައްސަލައިގެ ބަހުސް ކުރުމަށެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅަމުން ގެންދިޔަ ވަގުތު، ބައެއް މެންބަރުން ގެންދިޔައީ ނިޒާމީ ނުކުތާގެ ފުރުސަތު ހޯއްދަވައި ބަންޑާރަ ނައިބާ ސުވާލުކުރަމުންނެވެ. މެންބަރެއްގެ ހިތުގައި ސުވާލެއް އުފެދުމުން ނަގަނީ ނިޒާމީ ނުކުތާއެކެވެ. އެ ސުވާލުތަކަށް މަޖިލީހުގެ ރިޔާސަތުން ގެންދެވީ ފުރުސަތު ދެއްވަމުންނެވެ.

ބަންޑާރަ ނައިބަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށްވާތީ އޭނާއާ ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ލިބިގެންވާ ބާރެކެވެ. އޭނާގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަކީވެސް މަޖިލީހަށް އޮންނާނޭ ބާރެކެވެ. އެކަމަކު މިއީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން އެކަށައަޅައި ހިންގާ މުޅީން ތަފާތު ދެ އިޖުރާއަތެކެވެ.

ގާނޫނު އަސާސީގެ 98 ވަނަ މާއްދާގައި އޮންނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމާއި، އެމީހަކާ ސުވާލުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމުގަ އެވެ. އެކަމުގައި އަމަލުކުރާނޭ ގޮތުގެ އިޖުރާއީ ތަފްސީލުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 21 ވަނަ ބާބުގައި އެވަނީ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހަޅައި ހިންގާ އިޖުރާއަތަކީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުން ހިންގޭ ވަކި އިޖުރާއަތެކެވެ. އެކަމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލު މަޖިލިސް ގަވާއިދުގެ 44 ވަނަ ބާބުގައި ލިޔެވިފައި އެބައޮތެވެ. އެގޮތަކީ މައްސަލަ ހުށަހެޅުމާއި، އެ މައްސަލައާމެދު ދެކޭގޮތް ހާމަކޮށް ދިފާއުވުމަށް އެ މައްސަލަ ރައްދުވާ ވަޒީރަށް ފުރުސަތު ދިނުމާއި، އެ މައްސަލައާމެދު މަޖިލިސް މެންބަރުންގެ ރައުޔު ހާމަކުރުމަށް ފުރުސަތު ދިނުމަށްފަހު މައްސަލަ ނިންމުމަށް ވޯޓަށް އެހުމެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަ 'ގޮނޑިކޮއްކޮ' އަދާކުރަންޖެހޭ ދައުރަކީ މެންބަރުންނާއި ވަޒީރުގެ ފުރުސަތު އިއުލާނުކުރުމާއި މަޖިލިސް އޮމާންކޮށް ކުރިއަށް ގެންދިއުމަށް ހިންގަންޖެހޭ އަމުރުމައުރޫފު ހިންގުމެވެ.

އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި މަޖިލިސްގެ އިއްޒަތްތެރި، އަދި ތަންދޮރު ދަންނަ މެންބަރުން ބަންޑާރަ ނައިބާ ސުވާލުކުރަން ފެށުމުން ބަންޑާރަ ނައިބު އޭނާގެ ކުރީގެ މުވައްކިލަށް ސާފުކޮށްދެއްވަން މަސައްކަތްކުރެއްވީ ގާނޫނު އަސާސީގެ 98 ވަނަ މާއްދާއާއި 101 ވަނަ މާއްދާ އެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގެ އިޖުރާއަތާއި ވަޒީރުންނާ ސުވާލުކުރުމުގެ އިޖުރާއަތުގެ ތަފާތެވެ.

ބަންޑާރަ ނައިބުގެ މި ގާނޫނީ ވިސްނުން އޭނާގެ ކުރީގެ މުވައްކިލު ގަބޫލެއް ނުކުރެއްވި އެވެ. ބަންޑާރަ ނައިބުގެ ވާހަކަފުޅު މެދުކަނޑުއްވާލައްވައި ހަރުކަށި ރާގުގައި ވިދާޅުވި އެވެ.

އިއްޒަތްތެރި ބަންޑާރަ ނައިބު! މަޖިލީހުގެ އިޖުރާއަތު ބަލަހައްޓާނީ އަޅުގަނޑު! އަދި މަޖިލީހުގެ އިޖުރާއަތު ކުރިއަށް ގެންދާނޭ ގޮތް އެނގޭނީ މަޖިލީހުގެ ރިޔާސަތަށް!

އަޅުގަނޑު ހިތައިގެން ހުރީ މަޖިލީހުގެ އިޖުރާއަތު ކުރިއަށް ގެންދާނޭ ގޮތް ކަނޑައަޅަނީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުން ކަމަށެވެ. މިހާރު ސާފުވެއްޖެ އެވެ. ބަންޑާރަނައިބަށްވެސް މިހާރު ސާފުވާނޭ ތޯއްޗެކެވެ.

މަޖިލީހުގެ ރިޔާސަތުން އެމަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވުމަކީ މަޖިލިސް ގަވާއިދު މަނާކުރާ ކަމެކެވެ. އެކަމަކު މަޖިލީހުގެ އިޖުރާއަތުކުރިއަށް ގެންދާނޭ ގޮތް އެނގިވަޑައިގަންނަވަނީ މަޖިލީހުގެ ރިޔާސަތަށް ކަމަށްވާތީ ރިޔާސަތުން އެކަން ކުރައްވަ އެވެ. ކޮންމެ ނިޒާމީ ނުކުތާއަކަށްފަހު އެނުކުތާއާމެދު ރިޔާސަތުން ކަނޑައަޅުއްވާ ގޮތެއް އިއުލާނުކުރަން ގަވާއިދު ލާޒިމު ކުރެ އެވެ. އެކަމަކު އެކަން ކުރައްވަނީ ރިޔާސަތަށް ފެނިވަޑައިގަތުމުންނެވެ. މެންބަރުންގެ ބަހުސްގެ މެދުން ހުއްޓުވައި ހިޔާލުފުޅާއި ރައުޔު ފާޅުކުރެއްވުމާއި، ވާހަކަ ނިމުމުން އެވާހަކައަށް އުނިއިތުރު ގެންނެވުމާއި، މަޖިލީހަށް ހާޒިރުވާ ބޭބޭފުޅުންނާ މެންބަރުން ކުރައްވާ ސުވާލުތައް އަލުން އިބާރާތް ކުރެއްވުމާއި، ހާޒިރުވާ ބޭފުޅުން ދެއްވާ ޖަވާބުތައް ތަރުޖަމާކުރެއްވުން ފަދަ ކަންކަމަކީ 'މަޖިލީހުގެ އިޖުރާއަތު ކުރިއަށް ގެންދާނޭ ގޮތް އެނގޭނީ މަޖިލީހުގެ ރިޔާސަތަށް' ކަމަށް ވާތީ ހިނގާ ކަންކަމެވެ.

ކުރީގެ އިއުލާނުތަކުން ކަނޑައަޅާފައި ހުންނަ ގާނޫނުތައް އަޅުގަނޑކަމުދަނީ މިހެންވެގެންނެވެ. ސާފުކޮށް ބުނެފައި އޮންނާނެ އެވެ. އެވެނި މިވެނި ކަމަކީ މަނާކަމެކެވެ. އެކަން ކޮށްފި މީހަކާމެދު މި އިދާރާއަށް ފެނުނު ގޮތަކަށް އަމަލުކުރެވޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ލިބެނީ 'ރީނދުލުގެ ނަސީބެވެ'. ރިޔާސަތުން ބޭނުންވާ ހިނދުކޮޅެއްގައި ގަވާއިދުގެ އެތެރެއަށް ބަލާފައި، ބޭނުންވީމާ ގަވާއިދުގެ އަރިމަތިން ދަތުރުކޮށް ބައެއް ފަހަރު މުޅި ޗާޓުން ބޭރުވުމަކީ މަޖިލީހުގެ އާންމު ހަމައަށް ވެ ނިމިއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox