ކޮންޓުރެކްޓް ބާތިލްކޮށް، ރެއާލުން ހަޒާޑް ދޫކޮށްލައިފި

Jun 4, 2023, 3:37 PM
ކޮންޓުރެކްޓް ބާތިލްކޮށް، ރެއާލުން ހަޒާޑް ދޫކޮށްލައިފި

މެޑްރިޑް (ޖޫން 4) - ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ބެލްޖިއަމްގެ މިޑްފީލްޑަރު އެޑެން ހަޒާޑާ އެކު ހަދާފައިވާ ކޮންޓުރެކްޓް ދެ ފަރާތް އެއްބަސްވެގެން ބާތިލްކޮށް އޭނާ ދޫކޮށްލަން ނިންމައިފި އެވެ.

ޗެލްސީން 2019 ވަނަ އަހަރު ރެއާލަށް ހަޒާޑް ،32، ބަދަލުވީ 123 މިލިއަން ޑޮލަރު ޓްރާންސްފާ ފީއެއްގަ އެވެ. ރެއާލަށް ބަދަލުވިއިރު، އާދަޔާ ހިލާފު ފޯމެއްގައި ހަޒާޑް ހުރި ނަމަވެސް، ރެއާލްގައި އޭނާ އަށް "ޖާދޫ" ދެއްކޭ ގޮތެއްނުވި އެވެ. ރެއާލްގައި އޭނާ ހޭދަކުރި ހަތަރު ސީޒަނުގައި ވެސް އަނިޔާގެ މައްސަލަތަކާ ހެދި އޭނާގެ ބޭނުންހިފަން ރެއާލަށް ދަތިވިި އެވެ.

ހަތަރު ސީޒަންގެ ތެރޭގައި ރެއާލަށް ހަޒާޑް ކުޅުނީ 54 މެޗެވެ. ރެއާލްގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ ކަމަށްވާ ހަޒާޑް މި ސީޒަންގައި އޭނާ ކުޅުނީ އެންމެ ހަ މެޗެވެ.

ރެއާލާ އެކު ހަޒާޑް ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ 12 މަސް އޮތް ނަމަވެސް، ދެ ފަރާތުން އެއްބަސްވެގެން މި މަސް ނިމުން ކޮންޓުރެކްޓް ބާތިލްކުރަން ވަނީ ނިންމައިފަ އެވެ. އެހެންކަމުން، ހަޒާޑަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވެވޭނެ އެވެ.

"ރެއާލް މެޑްރިޑް އިން ހަޒާޑާ މެދު ގާތްކޮށް ދެކެން. އެދެނީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާ އަށް ކާމިޔާބު ލިބުން،" ރެއާލް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހަޒާޑްގެ އިތުރުން ރެއާލްގެ މިޑްފީލްޑަރު މާކޮސް އަސެންސިއޯ އާއި ތަޖުރިބާކާރު ފޯވަޑް ކަރީމް ބެންޒެމާ ވެސް ވަނީ މި ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލާނެކަން ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު، ބެލްޖިއަމް ޓީމުން ރިޓަޔާކުރި ހަޒާޑް، މީގެ ދެތިން އަހަރު ކުރިން، ކެރިއަރުގެ އެންމެ އުހުގައި ހުރެ ރެއާލަށް ހަޒާޑް ބަދަލުވިއިރު، ގިނަ ބަޔަކު އުންމީދުކުރީ މޮޅު ކުޅުމެއް އޭނާ ދައްކާނެ ކަމަށެވެ. ނަމަވެސް އަނިޔާގެ މައްސަލަތަކާއި ހުރެ އޭނާ އަށް ޓީމުން ޖާގަ ލިބުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox