581 މިލިއަން ރުފިޔާއަށް ހަތް ޕްރޮޖެކްޓެއް ހިންގަން ސޮއިކޮށްފި

ދިއްފުށި ބަނދަރު ހެދުމުގެ ޕްރޮޖެކްޓުގައި ސޮއި ކުރުމަށްފަހު: އިއްޔެ އެމްޓީސީސީއާ ހަވާލު ކުރީ ފަސް ޕްރޮޖެކްޓު -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ދިއްފުށި ބަނދަރު ހެދުމުގެ ޕްރޮޖެކްޓުގައި ސޮއި ކުރުމަށްފަހު: އިއްޔެ އެމްޓީސީސީއާ ހަވާލު ކުރީ ފަސް ޕްރޮޖެކްޓު -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ޖުމްލަ 581 މިލިއަން ރުފިޔާގެ ހަތް ޕްރޮޖެކްޓެއް ހިންގުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އިއްޔެ ސޮއިކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީ ސޮއި ކުރީ އެކި ރަށްރަށުގެ ބަނދަރާއި މަގު ހެދުމަށެވެ. ޕްރޮޖެކްޓުތައް ހަވާލު ކުރީ ސަރުކާރުގެ މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށެވެ. އިއްޔެ ސޮއި ކުރި ހަތް ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 581،832،342ރ. އެވެ.

އޭގެ ތެރެއިން 461،077،338ރ. ގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާ އެވެ. ބާކީ 120،755،004ރ. ގެ މަސައްކަތް ހަވާލު ކުރީ އާރްޑީސީއަށެވެ.

އިއްޔެ ހަވާލު ކުރި އެންމެ ބިޔަ ޕްރޮޖެކްޓަކީ ކ. ދިއްފުށީ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތެވެ. އެ ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލު ކުރީ 169 މިލިއަން ރުފިޔާއަށެވެ.

އިއްޔެ ސޮއި ކުރި ޕްރޮޖެކްޓުތަކުގެ ތަފުސީލު

  • ސ. ފޭދޫ ބަނދަރު އަޕްގްރޭޑް ކުރުން - 79،874،770.68ރ. - (540 ދުވަސް)
  • ކ. ހުރާ ބަނދަރު އަޕްގްރޭޑް ކުރުން - 67،808،757.96ރ. - (540 ދުވަސް)
  • ކ. ދިއްފުށި ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުން - 169،921،000.80ރ. - (450 ދުވަސް)
  • ނ. ކެނދިކުޅުދޫ މަގުތަކުގައި ތާރުއެޅުން - 90،894،554.10ރ. - (540 ދުވަސް)
  • ހއ. ފިއްލަދޫ މަގު ހެދުން - 29،860،450.63ރ. - (240 ދުވަސް)
  • ތ. ގާދިއްފުށި ބަނދަރު އަޕްގްރޭޑް ކުރުން- 85،788،143.28ރ. - (580 ދުވަސް)
  • ގދ. ތިނަދޫގައި ޕިކްނިކް އައިލެންޑެއް ހެދުން - 57،684،668.40ރ. - (300 ދުވަސް)

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox