ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނި، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި އެވެ.
އެސްޓީއޯގެ ބޯޑުގައި ތިއްބަވަނީ ކޮންމެ ދައުރެއްގައި ވެސް ސަރުކާރު ތަމްސީލު ކުރައްވާ ހަ މެންބަރުންނާއި ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ އެއް މެމްބަރެވެ.
އެސްޓީއޯގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކޮށްފައި ވަނީ މިރޭ ހުޅުމާލެ، ސެންޓުރަލް ޕާކުގައި ކުރިއަށް ގެންދާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 328 މެންބަރުންގެ ވޯޓުންނެވެ.
މިރޭގެ ޖަލްސާއަށް ހުށަހެޅި ހުރިހާ އައިޓަމްތަކެއް ވެސް ފާސްކުރުމަށް ލީ ވޯޓުގެ ނަތީޖާ ގުނާފައި ވަނީ ކޮންމެ ހިއްސާއަކީ ވޯޓެއްގެ ގޮތުގައި ބަލައިގެންނެވެ. މިރޭގެ ޖަލްސާގައި ބައިވެރިވި މެންބަރުން ތަމްސީލު ކުރި ޖުމުލަ ހިއްސާގެ އަދަދަކީ 949،446 އެކެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: މުހައްމަދުޝާބިން / އަދަދު
މިރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ފަރާތުން ނިންމާފައި ވަނީ މިދިޔަ ދައުރުގައި ވެސް ސަރުކާރު ތަމްސީލު ކުރި ޑިރެކްޓަރުން ކުރިއަށް އޮތް ދައުރުގައި ވެސް ބޯޑުގައި ދެމެހެއްޓުމަށެވެ.
ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ހުށަހަޅައި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:
- އަބްދުﷲ ސައީދު، މެނޭޖިން ޑިރެކްޓާ
- ހާމިދު ނަޝީދު މުހައްމަދު، ޗެއާމަން
- މުހައްމަދު ނިޒާމް، ޑިރެކްޓާ
- ޝިމާދު އިބްރާހިމް، ޑިރެކްޓާ
- ގައިސް އިސްމާއިލް، ޑިރެކްޓާ
- އިސްމާއިލް ޒުމައިލް ރަޝީދު، ޑިރެކްޓާ
އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކޮށްފައި ވަނީ މުހައްމަދު އަހުސަން ސަލީމް، މއ. ތިއުލިޕްވިލާ، ކ، މާލެ އެވެ. އޭނާ އިންތިހާބުވީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ 66.08 އިންސައްތަ ވޯޓުންނެވެ.

އެސްޓީއޯގެ ބޯޑަށް އައްޔަންކުރެއްވި ބައެއް މެންބަރުން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިރޭ ބާއްވާފައި ވާއިރު، އެ ބޭންކުގެ ކޮންމެ ހިއްސާދާރަކަށް ހިއްސާގެ ގޮތުގައި ބެހުމަށް ކަނޑައެޅީ 77ރ. އެވެ.
ފާއިތުވީ އަހަރަކީ އެސްޓީއޯއަށް ބޮޑު ފައިދާއެއްވީ އަހަރެކެވެ. އެގޮތުން, މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 18.2 ބިލިއަން ރުފިޔާ ލިބުނެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ވަނީ ތާރީހުގައި ވެސް އަލަށް އޮޕަރޭޓިން ހަރަދުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޯދައި ރެކޯޑެއް ހަދައިފަ އެވެ.











