ނަޝީދު އެދެނީ އިތުބާރުގެ މައްސަލާގައި ލިޔުމުން ޖަވާބުދެވޭނެތޯ ސުޕްރީމް ކޯޓުން ބަލަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ހަފްލާއެއްގެ ތެރެއިން ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ހަފްލާއެއްގެ ތެރެއިން ވާހަކަ ދައްކަވަނީ.

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި މަޖިލީހަށް ލިޔުމުން ޖަބާދެއްވުމުން އުފެދުނު ހިޔާލުތަފާތުވުން ތަކަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

އެ މައްސަލާގައި އޭޖީ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އިރު އޭނާ ޖަވާބުދެއްވީ ލިޔުމުންނެވެ. އެގޮތަށް ޖަވާބު ދެއްވިދާނެ ކަމާ މެދު މަޖިލީހުގައި ހިޔާލުތަފާތުވުން އުފެދުމުން ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ގޮތެއް ނިންމަން މަޖިލިސް މެދުކަނޑައިލި އެވެ.

ފަހުން ޖަލްސާ އަލުން ފެއްޓެވުމަށް ފަހު ރިޔާސަތުން ނަޝީދު ވިދާޅުވީ އެ މަޝްވަރާއިން ގޮތެއް ނުނިންމުނު ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން އެކަމާ އިންކާރުކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީންނެވެ.

"މިބާވަތުގެ ކަންތަކުގައި އަޅުގަނޑު ޖެހޭނީ [އިސްތިޝާރީ ލަފައެއް] ހޯދަން. ގާނޫނު އަސާސީ އެކުލަވައިލި އިރު [މާނަކޮށްފައި] އޮތް ގޮތާއި މިބާވަތުގެ ކަންތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމްކޯޓުން ނިންމުން،" ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި އޮތް ގޮތް

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮތީ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލައިގެ ބަހުސްގައި އަނގަބަހުންނާއި ލިއުމުން، އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

އޭޖީ ޖަވާބުދާރީ ވެވަޑައިގަންނަވަން މަޖިލީހަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ލިޔުމުން ޖަވާބު ދެއްވުމާއި އަނގަބަހުން ޖަވާބުދެއްވުމާ ދެމެދުން ގޮތެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ގަވައިދުގެ އެ މާއްދާ އަކުން ނުލިބެ އެވެ.

މައްސަލައިގެ ފަސްފަހަތް

އޭޖީގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހެޅީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަރީޒާތަކާ ދެމެދު ކަނޑުގެ އިން ވަކިކުރި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އެ މައްސަަލައާ ގުޅުވައިގެންނެވެ.

އެ މައްސަލަ މަޖިލީހަށް މިއަދު އެޖެންޑާ ކުރި އިރު، މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލާގައި އެޓާނީ ޖެނެރަލްގެ ޖަވާބު ލިޔުމުން ފޮނުއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް, މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ރިޔާސަތަށް އަންގާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ނިމުމުން އޭޖީގެ ޖަވާބު އިއްވަވަން ރިޔާސަތުން ނަޝީދު އަމީން އާންމަށް އަންގަވަނިކޮށް ނިޒާމާ ބެހޭ މައްސަަލައެއް ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ވަޒީރު ލިޔުމުން ޖަވާބު ދެއްވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މަޖިލީހުގައި ނެތް ކަމަށެވެ.

"އާއްމު ކޮމިޓީން ނިންމާފައި އޮންނާނީ ބަންޑާރަނައިބު މަޖިލީހަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވާ އިރު އަމަލުކުރާނެ އުސޫލެއް. އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓްގެ ވަގުތު، އަދި ބަހުސްގެ މެދުތެރެއިން ބޭނުންފުޅު ވަގުތެއްގައި 10 މިނެޓްގެ ވަގުތެއް އަދި ބަހުސް ނިމުމުގެ ކުރިން 10 މިނެޓްގެ ވަގުތެއް. ޖުމްލަ 30 މިނެޓްގެ ވަގުތެއް، އެއީ ޖަވާބުދާރީވާން މިތަނަށް ވަަޑައިގެން އަމަލުކުރައްވާނެ އުސޫލު. އާއްމު ކޮމިޓީން ނިންމާފައެއް ނެތް އިއްޒަތްތެރި ރައީސް، ޖަވާބުދާރީވާން ލިޔުމުން ހުށަހެޅުއްވީމާ އެ ލިއުން އިއްވާނެ ގޮތުގެ އުސޫލެއް،" ހަސަން ވިދާޅުވި އެވެ.

އެ މައްސަލާގައި އާއްމު ކޮމިޓީން ގޮތެއް ނިންމައިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ނިޒާމީ މައްސަލައެއް ކަަމަށް ރިޔާސަތުން ނަޝީދު ކަނޑައެޅުއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ވަޒީރަށް ޖަވާބުދާރީ ވެވަޑައިނުގެންނެވޭނެ ގޮތަކަށް މައްސަލަަ ކުރިއަށް ނުގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox