އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ މާޝިއަލް އަށް އެފްއޭ ކަޕް ފައިނަލްގައި ނުކުޅެވޭނެ

May 31, 2023, 4:19 AM
އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ މާޝިއަލް އަށް އެފްއޭ ކަޕް ފައިނަލްގައި ނުކުޅެވޭނެ

ލަންޑަން (މެއި 31) - އަންނަ ހޮނިހިރު ދުވަހު ކުޅޭ އިނގިރޭސި އެފްއޭ ކަޕް ފައިނަލް މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް ފޯވާޑް، އެންތަނީ މާޝިއަލް އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި، އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް މާޝިއަލްގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި މާޝިއަލްގެ ފަލަމަސްގަނޑުން ތަންކޮޅެއް ވަނީ އިރައިގެން ގޮސްފަ އެވެ.

އެހެންވެ، ދެން މި ސީޒަނުގައި އުމުރުން 27 އަހަރުގެ މާޝިއަލް ފެނުމުގެ ފުރުސަތެއް ނެތެވެ.

މާޝިއަލް ވަނީ ޔުނައިޓެޑުން ލުއީ ވެން ހާލްގެ ކޯޗުކަމުގައި 2016 ވަނަ އަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، ޔުނައިޓެޑަށް ފައިނަލުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެފަ އެވެ. އަނިޔާގެ ސަބަބުން މި ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލުނު މާޝިއަލް ޕްރިމިއާ ލީގުގައި 21 މެޗުގައި ކުޅުނުއިރު، ޖެހުނީ އެންމެ ހަ ގޯލެވެ.

ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ އެފްއޭ ކަޕް ފައިނަލުގައި އެ ޓީމުގެ ބްރެޒިލްގެ ވިންގް، އެންޓޮނީ އަށް ވެސް ކުޅެވޭނެކަން އަދި ކަށަވަރެއް ނުވެ އެވެ. އެންމެ ފަހުން ފުލަމް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި އެންޓޮނީ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނީ ސްޓްރެޗަރުގަ އެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ވަނީ ފެބްރުއަރީ މަހު ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކުރުމަށް ފަހު އެވެ. އެހެންކަމުން، އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑަށް ކާމިޔާބު ލިބިއްޖެނަމަ ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް ޔުނައިޓެޑްގައި ހޭދަކުރާ ފުރަތަމަ ސީޒަން ނިންމާލާނީ ދެ ތަށްޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox