މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ބިލަށް ބަހުސް ނުކުރާތީ ފައްޔާޒު، ނަޝީދަށް ފާޑުވިދާޅުވެއްޖެ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް : މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ދެ ބިލަށް ބަހުސް ނުކުރާތީ ފައްޔާޒު ވަނީ ނަޝީދަށް ފާޑުވިދާޅުވެފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް : މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ދެ ބިލަށް ބަހުސް ނުކުރާތީ ފައްޔާޒު ވަނީ ނަޝީދަށް ފާޑުވިދާޅުވެފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ މުހިންމު ދެ ބިލެއް މަޖިލީހުގައި އެޖެންޑާކޮށް ބަހުސްކުރުން ލަސްވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފާޑުވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި އިގުތިސޯދުގެ ކުރިއެރުމަށް ވަރަށް މުހިންމު ބިލުތަކެއް ކަމަށެވެ.

"މި އެޖެންޑާކޮއް ބަހުސްކޮއް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ގަރާރުތަކެކޭ އެއްފަދައިން މުހިއްމު" ނަޝީދު ޓެގް ކުރައްވާ ފައްޔާޒު ލިޔުއްވާފައިވެ އެވެ.

ފައްޔާޒު މިފަދައިން ނަޝީދަށް ފާޑުވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުގެ ތެރެއިން ސަރުކާރުގެ އެކި މަސައްކަތަކަށް ނަޝީދު އިސްވެ ހުންނަވާ ޖެއްސުން ކުރައްވާ ކަމަށް ސަރުކާރުގެ އެކި ފަރާތްތަކާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވަމުން ގެންދަވާ ވަގުތެއްގަ އެވެ.

ރައްޔިތުން މަޖިލީހުގައި ސަރުކާރުން ހުށަހަޅާ ބިލުތަކަށް އިސްކަން ނުދީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ގަރާރުތަކަށް އިސްކަންދޭ ކަމަށް މީގެ ކުރިން ވެސް ސަރުކާރުގެ އެކި ފަރާތްތަކުން ވަނީ ނަޝީދަށް ތުހުމަތުކޮށްފަ އެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުމަށްފަހު ނަޝީދު މިހާރު ވަނީ އެމަނިކުފާނު އިސްވެ ހުންނަވާ އާ ސިޔާސީ ޕާޓީއެއް ވެސް އުފައްދަވާފަ އެވެ. ނަޝީދު، އަދިވެސް އެމްޑީޕީގައި ހުންނެވި ނަމަވެސް، ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބަށްފަހު ޕާޓީ ތެރޭގައި އުފެއްދެވި 'ފިކުރެއްގެ ދިރުން' ފެކްޝަނުގެ ގިނަ މެމްބަރުން ދަނީ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅެމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނޭހެން 13 މެމްބަރަކު ވެސް ހިމެނެ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ މީގެ ކުރިންވެސް ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަދި ސަރުކާރުގެ އެކި ނިންމުންތަކަށް ސީދާގޮތުން އަދި ނުސީދާގޮތުން ވެސް ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox