ޕެލޭގެ ނަމުގައި ސްޓޭޑިއަމެއް ހުޅުވުމުން ފީފާގެ ރައީސް ރާއްޖެ އަށް މަރުހަބާ ކިޔައިފި

May 30, 2023, 4:51 AM
މަހިބަދޫ ދަނޑު، "ޕެލޭ ސްޓޭޑިއަމް" އަށް ބަދަލުކޮށް ހުޅުވުމަށް ކުޅެވުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މަހިބަދޫ ދަނޑު، "ޕެލޭ ސްޓޭޑިއަމް" އަށް ބަދަލުކޮށް ހުޅުވުމަށް ކުޅެވުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މަހިބަދޫގައި އަޅާފައިވާ ޓާފް ދަނޑު ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ލެޖެންޑަރީ ތަރި، ޕެލޭ އަށް ހާއްސަކޮށް ހުޅުވުމާ އެކު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެކަމަށް ރާއްޖެ އަށް މަރުހަބާ ކިޔައިފި އެވެ.

މީގެ ތިން ދުވަސް ކުރިން، މި މަހު 27 ވަނަ ދުވަހު ހަވީރު މަހިބަދޫ ޓާފް ދަނޑު ވަނީ "ޕެލޭ ސްޓޭޑިއަމް" ގެ ނަމަށް ރީބްރޭންޑްކޮށް ހުޅުވައިފަ އެވެ. އެ ކަން ފާހަަގަކުރަން ގައުމީ ފުޓްބޯޅަ ޓީމާއި މަހިބަދޫން ހޮވާލެވޭ ޓީމެއްގެ މެދުގައި ކުޅުނު މެޗުން ގައުމީ ޓީމު މޮޅުވީ 5-0 އިންނެވެ.

އެ ހާއްސަ މެޗުގެ ފޮޓޯތައް ފީފާގެ ރަސްމީ ވެބްސައިޓްގައި ޝާއިކޮށް ރާއްޖެ އަށް ފީފާގެ ރައީސް އިންފަންޓީނޯގެ މެސެޖެއް ހިމެނޭ ގޮތަށް ވަނީ ހަބަރެއް ވެސް ޝާއިއުކޮށްފަ އެވެ.

"ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ބައްސާމް އަދި މަހިބަދޫގެ އެންމެނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ޕެލޭގެ ނަން ގުޅުވައިގެން ސްޓޭޑިއަމެއް ބާއްވަން ނިންމީތީ،" އިންފަންޓީނޯ ވިދާޅުވި އެވެ. "ޕެލޭގެ ރޫހު އަހަރެެމެންނާ އެކު އަބަދުވެސް ވާނެ. އަންނަން އޮތް ޖީލުތަކުގެ ކޮންމެ ފިރިހެން ކުއްޖެއް ނޫނީ ކޮންމެ އަންހެން ކުއްޖަކަށް ވެސް ޕެލޭގެ ހަނދާން ހުންނަން ޖެހޭނެ. އަދިވެސް އެއް ފަހަރު ރާއްޖެ އަށް މަރުހަބާ ކިޔަން ޕެލޭގެ ނަން ދިރުވަން ތިކުރި މަސައްކަތައްޓަކައި،"

ފީފާގެ ރައީސް އިންފަންޓީނޯގެ އިސްނެންގެވުމާ އެކު ކޮންމެ ގައުމެއްގައި ޕެލޭ އަށް ހާއްސަ ސްޓޭޑިއަމެއް ގާއިމްކުރުމުގެ މަަސައްކަތް މިދިޔަ އަހަރު ފެށުނުއިރު މިހާތަނަށް އެކި ގައުމުތަކުގައި ވަނީ އެކަން ކުރެވިފަ އެވެ. ޕެލޭގެ ޝަރަފުގައި އެންމެ ފުރަތަމަ ފުޓްބޯޅަ ދަނޑެއް ހުޅުވީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ - ބިސާއުގެ ސްޓޭޑިއަމް ކަށެވެ. އޭގެ ފަހުން، ރުވާންޑާ، ކޭޕް ވާޑޭގެ އިތުރުން ކޮލަމްބިއާގެ ސްޓޭޑިއަމަކަށް ވެސް ޕެލޭގެ ނަމުން ނަންދީފައިވެ އެވެ.

ރާއްޖެ އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރަސްމީކޮށް ޕެލޭގެ ނަމާ ގުޅުވައިގެން ދަނޑެއް ހުޅުވި ފުރަަތަމަ ގައުމެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފީފާ ރައީސް އިންފަންޓީނޯގެ އިސްނެންގެވުމާ އެކު ފެށި މި ކަމުގައި ބައިވެރިވެ، ރާއްޖޭން ވެސް ޕެލޭގެ ނަމުގައި ސްޓޭޑިއަމެއް ހުޅުވަން ކުރެވުނު މަސައްކަތާ މެދު ހިތްހަަމަޖެހޭ ކަމަށެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރެއިން އެކަކީ ޕެލޭ އެވެ. އަދި، ދެވަނަ ކުޅުންތެރިޔަކީ އާޖެންޓީނާއަށް 1986 ގެ ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ޑިއޭގޯ މަރަޑޯނާ އެވެ.

ޕެލޭގެ އާދަޔާ ހިލާފު ހުނަރު މުޅި ދުނިޔެއަށް އެންމެ ފުރަތަމަ ފެނިގެންދިޔައީ 1958 ގެ ވޯލްޑް ކަޕްގަ އެވެ. އޭރު އޭނާގެ އުމުރުން އެންމެ 17 އަހަރެވެ. ސްވިޑެންގައި އޮތް ވޯލްޑް ކަޕްގައި 5-2 އިން ބްރެޒިލް ފައިނަލުން މޮޅުވި މެޗުގައި އޭނާ ދެ ލަނޑު ޖެހި އެވެ. އެ ފައިނަލަށް ފަހު ވޯލްޑް ކަޕްގެ ޓްރޮފީ ހިފަހައްޓައިގެން މީހެއްގެ ކޮނޑު މަތީގައި ޕެލޭ އިންނަ ފޮޓޯއަކީ ތާރީހުގައި ވެސް ނެގި އެންމެ 'އައިކޮނިކް' އެއް ފޮޓޯ އެވެ. ބްރެޒިލުން 1962 ގައި ވޯލްޑް ކަޕްގެ ތަށި ދިފާއުކުރި އިރު އިންޖަރީގެ ސަބަބުން ޕެލޭއަށް ކުޅެން ލިބުނީ އެންމެ ދެ މެޗެވެ. ނަމަވެސް، 1970 ގައި ޕެލޭ ވެގެންދިޔައީ އަނެއްކާ ވެސް ބްރެޒިލްގެ އެންމެ ވިދުންގަދަ ކުޅުންތެރިޔާއަށެވެ. ފައިނަލުގައި 4-1 އިން ބްރެޒިލް މޮޅުވި މެޗުގައި އޭނާ އެއް ލަނޑު ޖެހި އެވެ.

އޮކްޓޯބަރު 23، 1940 ގައި އުފަންވި ޕެލޭ ކުޑައިރު ފުޓްބޯޅަ ކުޅެން ބޭނުންވާ ތަކެތި ހޯދުމަށް ކުރި މަސައްކަތަކީ ބޫޓު ޕޮލިޝް ކުރުމެވެ. އޭނާއަށް ސަމާލުކަން ލިބެން ފެށީ އުމުރުން 11 އަހަރުގައި ސަންޓޯސްގެ ޔޫތު ޓީމާ ގުޅުނު ހިސާބުންނެވެ. އުމުރުން އެންމެ 16 އަހަރުގައި އޭނާ ސަންޓޯސްގެ ރަސްމީ ޓީމުން ޖާގަ ހޯދި އެވެ. ޕެލޭގެ މަގުބޫލުކަން އޭނާގެ މޮޅު ކުޅުމާ އެކު ދުނިޔޭގެ ހުރިހާ ބައްރަކަށް ވެސް އޮތީ ފެތުރިފަ އެވެ. ޕެލޭގެ މެޗެއް ނައިޖީރިއާގައި ކުޅުމަށްޓަކައި އެ ގައުމުގައި 1967 ގައި ހިނގަމުންދިޔަ ދާހިލީ ހަނގުރާމާގައި ހަމަލާ ބަދަލުކުރުން ހުއްޓާލި އެވެ. އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ދެވަނަ ވަނީ 1997 ގައި ޕެލޭއަށް 'ނައިޓްހުޑް' އަރުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox