މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބުނު ފައިދާއިން ހިއްސާއަކަށް 40ރ. ގެ މަގުން 215 މިލިއަން ރުފިޔާ ބަހަން އެ ބޭންކުގެ ހިއްސާދާރުން މިއަދު ފާސްކޮށްފި އެވެ.
މި އަދަދަށް ފައިދާ ބެހުމަށް ފާސްކުރީ މިރޭ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގަ އެވެ. މިއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި މިދިޔަ މަހު ހިއްސާދާރުންނަށް ބެހުނު 20ރ. ހިމަނައިގެން ދޫކުރެވޭ އަދަދެކެވެ.
އަޅުގަނޑުމެން އަލަށް އެކުލަވާލި ސްޓްރެޓަޖީ އަމާޒުކޮށްފައިވަނީ ދެމެހެއްޓެނިވި، ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުމަށާއި ޑިޖިޓަލައިޒޭޝަނަށް. މި ސްޓްރެޓަޖީގެ ދަށުން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ރައްޔިތުން ހިޔާރުކުރާ ބޭންކަށް ވުމަށް," ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމަކް ވިދާޅުވި އެވެ.
ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާގެ އިތުރުން 2022 ގެ ޓެކްސްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ.









