ހަތަރު އަހަރަށް ފަހު ބެންފީކާ އަށް ޕޯޗުގީސް ލީގު ޗެމްޕިއަންކަން

May 28, 2023, 2:05 AM
ހަތަރު އަހަރަށް ފަހު ބެންފީކާ އަށް ޕޯޗުގީސް ލީގު ޗެމްޕިއަންކަން

ލިޒްބަން (މެއި 28) - ލީގުގެ ފަހު މެޗުގައި ސަންޓަ ކްލާރާ އަތުން 3-0 އިން މޮޅުވެ، ބެންފީކާ އިން ހަތަރު އަހަރަށް ފަހު ޕޯޗުގީސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބެންފީކާ އިން ރޭގެ ކުރިން، އެންމެ ފަހުން ޕޯޗުގީސް ލީގާގެ ޗެމްޕިއަންކަން ހޯދީ 2018-19 ވަނަ ސީޒަނުގަ އެވެ. މި ފަހަރުގެ ލީގު ތަށްޓާ އެކު، ބެންފީކާ އިން ޕޯޗުގަލްގެ ލީގު ތަށި ހޯދި އަދަދު މި ވަނީ 38 އަށް އަރައިފަ އެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް ބެންފީކާ އަށް މޮޅުވެގެން ތަށި ހޯދޭނެކަން އޮތީ ޔަގީންވެފަ އެވެ. އެންމެ ފަހުގެ ޗެމްްޕިއަން، ޕޯޓޯ އަށް ތަށި ދިފާއުކުރުމުގެ ފުރުސަތެއް އޮތީ ބެންފީކާ ބަލިވެގެންނެވެ. ބެންފީކާ އިން ލީގު ނިންމާލީ 34 މެޗުން 87 ޕޮއިންޓާ އެކު އެވެ. ޕޯޓޯ އަށް ލިބުނީ 34 މެޗުން 85 ޕޮއިންޓެވެ. ޕޯޓޯ ވަނީ ރޭ ކުޅުނު މެޗުން ވިޓޯރިއާ ގިމަރޭސް އަތުން 3-0 އިން މޮޅުވެފަ އެވެ.

Advertisement

ލީގުގެ ފުލުގައި އޮތް ސަންޓަ ކްލާރާ ދަނޑުގައި ރޭ ބެންފީކާގެ ގޯލުތައް ޖެހީ ގޮންޒާލޯ ރާމޯސް އާއި ރަފާ ސިލްވާ އަދި އަލެކްސް ގްރިމާލްޑޯ އެވެ. މި މެޗުގައި ބެންފީކާ އަށް އިތުރު ގޯލުތަކެއް ޖަހަން ވެސް ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް އޭގެއިން ބޯޅައެއް ގޯލަށް ފޮނުވާނުލެވުނެވެ.

މިއީ، ބެންފީކާގެ ކޯޗުު ރޮޖާ ޝްމިޑްޓްގެ ކޯޗިން ކެރިއަރުގައި ލީގު ތަށި ހޯދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ރެޑްބުލް ސަލްޒްބާގްގެ ކޯޗަކަށް ހުރެ 2014 ވަނަ އަހަރު އޮސްޓްރިއަން ބުންޑަސްލީގާގެ ތަށި ހޯދައިފަ އެވެ.

މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ބެންފީކާ އިން މުޅި ސީޒަނުގައި ބަލިވީ ހަތަރު މެޗުންނެވެ. އެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވީ މިދިޔަ އޭޕްރީލް މަހުގެ ނުވަ ދުވަސް ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox