ގައުމީ ހޭންޑްބޯލް ޖޯޒީ: މުހިންމު މެސެޖެއް ދޭ "ޖާޒިއާ"ގެ އުފެއްދުމެއް

ގައުމީ ހޭންޑްބޯލް ޖޯޒީ: މުހިންމު މެސެޖެއް ދޭ "ޖާޒިއާ"ގެ އުފެއްދުމެއް

ދާދި ފަހުން ބަންގްލަދޭޝްގައި ނިމިިދިޔަ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީ މުބާރާތުގައި 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ އަންހެން ހޭންޑްބޯލް ޓީމުތަކުން ލޯ މެޑަލް ހާސިލްކުރިއިރު، އެ މުބާރާތުގައި ގައުމީ ހޭންޑްބޯޅަ ޓީމުތަކުން ބޭނުންކުރި ޖޯޒީ އަކީ ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ކުޅިވަރު ބްރޭންޑް، "ޖާޒިއާ"ގެ ވަރަށް ފުރިހަމަ މަސައްކަތެކެވެ.

ހޭންޑްބޯލް އެސޯސިއޭޝަން އިން މި މަހުގެ ނުވަ ވަނަ ދުވަހު، ގައުމީ ހޭންޑްބޯލް ޓީމުތަކުން ބޭނުންކުރާނެ ޖޯޒީ ލޯންޗްކުރިއިރު، ހޭންޑްބޯލް އެސޯސިއޭޝަނުގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވެސް ވަނީ ޖޯޒީ އަކީ ވަރަށް އަގުހުރި، ގައުމީ ވަންތަ މަސައްކަތެއްކަން ފާހަގަކުރައްވައިފަ އެވެ.

"މިއީ ޔަގީނުން ވެސް ރާއްޖޭގެ ގައުމީ ޓީމަކުން ބޭނުންކުރާނެ އެންމެ ފުރިހަމަ އެއް ޖޯޒީ، އެހެންވީމަ މި ވަރުގެ މަސައްކަތެއް ކޮށްދެއްވީތީވެ، ޖާޒިއާ އަށް ވަރަށް ޝުކުރު އަދާކުރަން،" މުޖުތަބާ ވިދާޅުވި އެވެ.

ގައުމީ ހޭންޑްބޯޅަ ޓީމުތަކަށް ޖާޒިއާ އިން ފަރުމާކުރި ފެހި ޖޯޒީ: ގައުމީ ޓީމުތަކުން ބައިނަލްއަގުވާމީ ލެވަލްގައި އަވޭ ޖޯޒީއެއްގެ ގޮތުގައި ބޭނުންކުރާ އެއް ކުލަ އަކީ ފެހި ކުލަ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހޭންޑްބޯޅަ ގައުމީ ޓީމުތަކުން ބޭނުންކުރާނެ ޖޯޒީ ލޯންޗްކުރުމާ އެކު، އޭގެ އަށް އޮތް ޑިމާންޑް ވެސް ފެނިގެންދިޔައީ ބޮޑުކޮށެވެ. އެ ޖޯޒީގެ ޑިޒައިން ފުރިހަމަ ކަމަށް ގިނަ ބަަޔަކު އެއްބަސްވިއިރު، ބިނާކުރަނިވި ހިޔާލުތަކާއި ވިސްނުންތައް އެކުލެވޭ ގޮތަށް އެ ޑިޒައިނާ ބެހޭގޮތުން މީހުން ޝުއޫރު ފާޅުކުރަމުންދިޔަ އެވެ.

މާނަ ފުން "މެސެޖެއް" ދޭ ޑިޒައިނެއް

ހޭންޑްބޯލް މޯލްޑިވްސް އިން "ޖާޒިއާ" އާ އެކު މަސައްކަތް ފަށައި، ގައުމީ ޓީމުތަކުގެ ޖޯޒީއެއް ޑިޒައިން ކުރުމުގެ ޒިންމާ ހަވާލުކުރުމުން، ޖާޒިއާގެ ކޯ ފައުންޑަރު، ހަސަން ދިލްޝާން މަސައްކަތް ފެށީ ޝައުގުވެރި މަސައްކަތެއް ކުރުމުގެ ގޮތުންނެވެ.

އެ ގޮތުން، ހޭންޑްބޯލް އެސޯސިއޭޝަނުން އެދުނު ގޮތަށް، "ގައުމީ ވަންތަ" ކަން އެކުލެވިގެންވާ ޑިޒައިނެއްގެ ހަވާސާގައި ދިލްޝާންގެ ވިސްނުން ގެންގުޅުނެވެ. އަދި ސިކުނޑީގައި ކުރެހެމުން އައި ވިސްނުންތައް، ޑިޒައިނާ ހަމައަށް ގެނައުމުގެ މަސައްކަތް ފެށި އެވެ.

"ބޮޑަށް ބެލީ ނެޝަނަލް ލެވަލްގައި ރިޕްރެޒެންޓް ކުރާ އެއްޗެއްސަށް، މިސާލަކަށް ފިނިފެންމާ، ރުއް. ދެން ބެލީ ބޮޑަށް ރުކަށް. ރާއްޖޭގައި ނީންނާނެ ރުކެއް ނީންނަ ރަށެއް. ދެން، އެނގިފައި އޮތް ގޮތުގައި ހޭންޑްބޯޅަ ޓީމު އެންމެ ފަހުން ނެގީ ވަރަށް ބޮޑަށް ރާއްޖޭގެ އެކި ރަށްރަށަށް ނިސްބަތްވާ ޕްލޭޔަރުން،" ޖޯޒީ ޑިޒައިން ކުރިއިރު ވިސްނި ކަންކަމަށް އިޝާރާތްކޮށް ދިލްޝާން، "އަދަދު" އަށް ކިޔައިދިނެވެ.

"އެހެންވީމަ، ޑިޒައިން ގުޅުވާލީ އެ ގޮތަށް، ރުކަކީ ރާއްޖޭގެ ރަށްތަށް ރިޕްރެޒެންޓް ކުރާ އެއްޗަކަށް ބަލާފައި. ރުކުގެ ފަންތައް އެއީ ރަށްރަށުގެ ޕްލޭޔަރުން ރެޕްރެޒެންޓް ކުރާ އެއްޗެއްގެ ގޮތަށް. ދެން އެކި ޕާމް ލީވްސް އެކުވެގެން ޑިޒައިން ޑިރައިވް ކޮށްފައި އޭނީ، ގައުމީ ޓީމަކީ ގިނަ ރަށްތަކެއްގެ ކުޅުންތެރިންގެ ކޮމްބިނޭޝަނެއް ގޮތަށް،"

ގައުމީ ހޭންޑްބޯޅަ ޓީމުގެ ހޯމް ޖޯޒީ އަކީ ރަތް ކުލަ: ހޭންޑްބޯޅައިގެ އާ ގައުމީ ޖޯޒީގައި ގައުމުގެ ނަން ޖަހާފައިވަނީ އަކުރުތަކުން އެކަނި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިލްޝާން ބުނީ ޖޯޒީއެއްގެ ޑިޒައިން ހަގީގަތުގައި މޮޅުވާ އެންމެ ބޮޑު ސަބަބަކީ އެ ޑިޒަައިންގެ ތެރެއިން "ސްޓޯރީ" އެއް އިނުން ކަމަށެވެ.

އެ ގޮތުން، "ޖާޒިއާ" އިން ޑިޒައިންކުރާ ޖޯޒީ ތަކުގައި އެ ބައި ހިމެނޭތޯ ހުރިހާ ގޮތަކުން ވެސް މަސައްކަތް ކުރާ ކަމަށް ދިލްޝާން ވަނީ ބުނެފަ އެވެ.

"ކުރިން ސޮނީ ސްޕޯޓްސްގައި މަސައްކަތް ކުރި އަހަރެންގެ ބޭބެ ބުނި އެއްޗެއް ހަނދާން ހުރޭ ވަރަށް. ނައިކީ ނޫނީ އެޑިޑާސް އެއްޗެއް ލާއިރުގައި ހުރޭ ވިނިން ސްޕިރިޓެއް (މޮޅުވުމުގެ ރޫހެއް)، ޖާޒިއާގެ ޑިޒައިންތަކުގައި އެ ސްޓޯރީ ގެެނެވޭތޯ ވެސް ވަރަށް ބަލަން،" ދިލްޝާން ބުންޏެވެ.

ރާއްޖޭގައި މި ވަގުތު އެންމެ ހިނގަމުން އަންނަ ދިވެހި ސްޕޯޓްސް ބްރޭންޑް، "ޖާޒިއާ"ގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި ހުރި ދިލްޝާން ބުނީ ޖާޒިއާގެ ވިޝަން އަކީ ދިވެހިން ފަހުރުވެރިވާ ކަހަލަ އަމިއްލަ ވަންތަ، ގައުމީ ބްރޭންޑެއްގެ ގޮތުގައި ޖާޒިއާ ދެމި އޮންނަން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

ޖާޒިއާގެ ކޮންމެ އުފެއްދުމެއްގައި ވެސް، މޮޅުވުމުގެ އެ ރޫހު އެކުލެވިގެންވާ ގޮތަށް ކަންކަން ރޭވުމަކީ ދިލްޝާން އާއި މުޅި "ޖާޒިއާ" ޓީމުގެ ވިސްނުމެވެ. ގައުމީ ޓީމެއްގެ ކޮންމެ މަސައްކަތެއްގައި ވެސް ޖާޒިއާ ބައިވެރިވަނީ ގައުމު ތަމްސީލްކުރާއިރު، ވީ އެންމެ ރަނގަޅު ކޮލިޓީއެއް ދެއްކުމުގެ ގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox