ހުލާސާކޮށް އިއްޔެ: އިތުބާރު ނެތްކަމުގެ މައްސަލަތައް ތާވަލުކުރުން

May 26, 2023, 12:59 AM
ރިފްއަތު، ޝާހިދު އަދި އީވާ

ރިފްއަތު، ޝާހިދު އަދި އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އެޖެންޑާކޮށްފި އެވެ.

މި ތިން މައްސަލައިގެ ތެރެއިން އަންނަ ބުދަ ދުވަހަށް ރިފްއަތުގެ މައްސަލަ ތާވަލްކޮށްފައި ވާއިރު، ޝާހިދުގެ މައްސަލަ ތާވަލްކުރީ ޖޫން ހަ ވަނަ ދުވަހުގެ ޖަލްސާ އަށެވެ. އަދި އީވާގެ މައްސަލަ ތާވަލްކުރީ ޖޫން 11 ވަނަ ދުވަހަށެވެ.

އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސްް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ މެންބަރުން އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީއާ ގުޅިވަޑައިގަތް 12 މެންބަރުންގެ ތެރޭގައި އީވާ ހިމެނެ އެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 49 މެމްބަރުންނާއި މިނިވަން މެމްބަރަކާއެކު ޖުމުލަ 50 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައި ވާއިރު، އެއީ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާ ވޯޓަށް ވުރެ ވެސް އިތުރު އަދަދެކެވެ.

ނަމަވެސް އީވާ ހިޔާރުކޮށްފައިވަނީ އަމިއްލައަށް އިސްތިއުފާ ނުދެއްވުމަށެވެ.

ޝާހިދު އާއި ރިފްއަތުގެ މައްސަލަ މަޖިލީހަށްް ހުށަހެޅީ ރާއްޖެއާ ޗާގޯސްގެ ކަނޑުގެ މައްސަލައާ ގުޅިގެންް އިދިކޮޅުންނެވެ. އެ މައްސަލައިގައި ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ކޮންމެ މައްސަލައެއްގައި ވެސް ނަޝީދަށް ތާއިދު ކުރައްވާ މެމްބަރަކު ހިމެނެ އެވެ. އެގޮތުން ރިފްއަތުގެ މައްސަލައިގައި ސޮއި ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. ނަމަވެސް ޝާހިދުގެ މައްސަލައިގައި ސޮއިކުރީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ.

ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަޒީރާތަކާ ދެމެދު ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ރާއްޖޭގެ ކަނޑުގެ ސަަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާއި އެކަމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތައް ގުޅިގެން ސަރުކާރާ ދެކޮޅަށް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޗާގޯސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ލިބުނީ ކާމިޔާބެއް ކަމަށެވެ. ސަބަބަކީ މޮރިޝަސްއިން އިން ވަކިކުރަން ހުށަހެޅި ޕޮއިންޓުތަކުގެ ބަދަލުގައި އިން ވަކިކުރީ ރާއްޖެއިން ހުށަހެޅި މިނަށް، ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ކަމަށް ވާތީ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ލައިވްކުރުން ހުއްޓާލުމާ ގުޅޭ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވީ،

މަޖިލިސް ލައިވް ކުރާއިރު އަޅުގަނޑުމެންނަށް އޭގެ ކޮންޓްރޯލެއް ނޯންނާނެ އެ ދައްކާ ވާހަކައަކަށް. އަޅުގަނޑުމެން އެންމެން މަޝްވަރާކޮށްފައި ނިންމީ މި ވަގުތަށް ލައިވް ކުރުން ހުއްޓާލަން. މަޖިލީހުގެ ބަހުސްތައް މާ ހޫނު ވީމަ، ބޭނުންކުރާ ބަސްތަކާ މިކަހަލަ ކަންކަމަށް ބަލާފައި،"

ރޯދަ މަހު އުރީދޫން ކުރިޔަށް ގެންދިޔަ ހަދިޔާފޮށި ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބުނު ފަރާތާ އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ބޮޑު އިނާމުގެ ގޮތުގައި ދޭ ސައިކަލް ނަސީބުވެރިޔާއާ ހަވާލުކޮށް ދިނީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރޯދަ މަހު އުރީދޫން ކުރިޔަށް ގެންދިޔަ ހަދިޔާފޮށި ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބުނު ފަރާތާ އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ބޮޑު އިނާމުގެ ގޮތުގައި ދޭ ސައިކަލް ނަސީބުވެރިޔާއާ ހަވާލުކޮށް ދިނީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޯދަ މަހު އުރީދޫން ކުރިޔަށް ގެންދިޔަ ހަދިޔާފޮށި ޕްރޮމޯޝަންގެ ބޮޑު އިނާމު ލިބުނު ފަރާތާ އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ބޮޑު އިނާމުގެ ގޮތުގައި ދޭ ސައިކަލް ނަސީބުވެރިޔާއާ ހަވާލުކޮށް ދިނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox